Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެން އަޑުއެހުންތައް 1 މަސް ދުވަހަށް ފަސްކުރަން އެދިއްޖެ

ދިވެހިރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއްގެ ހެކިބަސް ނެގުމުގައި ވަކި އިޖުރާއަތަކުން އަމަލުކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖުލައި 2024 | އާދީއްތަ 15:03
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުގެ ހެކިން ހާޒިރުނުކުރެވިގެން އަޑުއެހުންތައް 1 މަސް ދުވަހަށް ފަސްކޮށްދިނުމަށް ޕީޖީ އޮފީހުން އެދިއްޖެއެވެ.

މިކަން ހާމަކޮށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ 11:00ށް މި މައްސަލައިގައި އަޑުއެހުމެއް ތާވަލުކުރެވުނު ކަމަށެވެ. އަދި އަޑުއެހުން ތާވަލުކުރެވުނީ އިންޑިއާގައި ތިބި ދައުލަތުގެ ހެކިންތަކެއްގެ (ޑޮކްޓަރުންތަކެއް) ހެކިބަސް ނެގުމަށް ކަމަށެވެ.

Advertisement - newsAdvertisement

އަދި ހެކިބަސް ނެގުމަށް އަޑުއެހުން ތާވަލުކުރެވިފައިވަނިކޮށް، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅިގެން ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާގެ ހައިކޮމިޝަނުން ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއަށް އަންގާފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއްގެ ހެކިބަސް ނެގުމުގައި ވަކި އިޖުރާއަތަކުން އަމަލުކުރުމަށް އޭނާ ނިސްބަތްވާ ގައުމުގެ ކަމާއިބެހޭ ފަރާތުުން އެދިވަޑައިގެންފައިވާނަމަ، އެ ގައުމަކުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބަންޑާރަ ނައިބުގެ ލަފާ ދެއްވާފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ޕީޖީ އޮފީހަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް އިންޑިއާގެ ސެންޓްރަލް އޮތޯރިޓީއަށް ފޮނުވުމަށްޓަކައި ހާރިޖީ ވުޒާރާއަށް ފޮނުވާފައިވާތީ 28 ޖުލައިގައި ތާވަލުކުރެވިފައިވާ އަޑުއެހުން 1 މަސް ދުވަހަށް ފަސްކޮށްދެއްވުމަށް އެދި 24 ޖުލައިގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެކޯޓުން ބުނެއެވެ.

މި މައްސަލައިގައި އެންމެ ފަހުން ހެކި ނަގާފައިވަނީ މޭރީގެ ފިރިމީހާ މާވިން އާއި މޭރީ އާ އެއް އެޕާޓްމަންޓެއްގައި އުޅުނު ނަރުހެއްގެ ހެކިބަހެވެ. މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުވާއުފުލާފައިވަނީ އޭނާގެ ފިރިމީހާ މާވިން އަދި އޭނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އައިޖީއެމްއެޗްގައި މަސައްކަތްކުރި ހަލީމަތު ލަމްހާއަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު