Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނު އަސާސީ

ބަންޑާރަ ނައިބް މުޅި ނިޒާމް ގަޑުބަޑު ކޮށްލައިފި: މާރިޔާ

އަނިލް މަސައްކަތް ކުރައްވަނީ ރައީސް ޔާމީނަން ވަކި މަންފާއެއް ހޯދާދެއްވުމަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2017 | ހޮނިހިރު 20:26
ބަންޑާރަ ނައިބު މުހައްމަދު އަނިލް

ބަންޑާރަ ނައިބު މުހައްމަދު އަނިލް

ބަންޑާރަ ނައިބް މުހައްމަދު އަނިލް މުޅި ނިޒާމް ގަޑުބަޑުކޮށްލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ދައުލަތުގެ ބަންޑާރ ނައިބް އަކީ ޒުވާން މުސްތަގްބަލް އޮތް ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން އެނގިހުރެ ގާނޫނު އަސާސީ އާއި ހިލާފަށް ނުފޫޒުގެ ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީންނަން ވަކި މަންފާއެއް ހާސިލްކޮށްދިނުމަށް މަސައްކަތް ކުރަތީ ބަންޑާރ ނައިބް އަނިލްގެ އިތުބާރު ނެތް ކަމުގެ މަސައްލަ ހުށައެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މަޖުބޫރުވީކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެކަން ކުރާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ދައުލަތުގެ ބަންޑާރ ނައިބް އަކީ ވެސް ހަމަ ޒުވާން ބޭފުޅެއް. ކުރިއަށް މުސްތަގްބަލް ވެސް އޮތް ބޭފުޅެއް.، އެހެންނަމެވެސް އަޅުގަނޑުމެންނަން މަޖުބޫރުވެފައި ވަނީ އެބޭފުޅާއިގެ ދައުލަތް ތަމްސީލްކުރެއްވުމުގައި، އެބޭފުޅާއި ޕީޕީއެމްގެ ވައި ފެކްޝަން ތަމްސީލް ކުރެއްވުމަށް ބުރަވެޑައިގެން އަދި އެކި ގޮތްގޮތް ހޯދާއިދެއްވުމަށް ވެސް މަސައްކަތް ކުރައްވަނީ ދައުލަތުގެ ތެރެއިން ވަކި ބަޔަކަށް ވަތީ. އަދި ގާނޫނު އަސާސީގެ ވަކި މާއްދާތަށް ހުރި ގޮތް ވެސް ކަނޑައެޅިގެން އެނގިވަޑައިގެން މުޅި ނިޒާމް އެ ގަނޑުބޮޑު ކޮށްލަނީ" ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން އޯގަސްޓް މަހުގެ 11 ވަނަ ދުވަހު ވަނީ ބަންޑާރ ނައިބް އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައެވެ. އެ މައްސަލައިގައި ބުނެފައިވަނީ ބަންޑާރަނައިބުގެ މަގާމުގައި އަނިލް ހުންނަވައިގެން ބާރުތައް ވަކިވެފައިވާ ނިޒާމް ގަނޑުބަޑުކޮށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަމުންގެންދަވާ ކަމަށެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެމީހަކު އިންތިޚާބުވެފައިވާ މަގާމުގއި ދެމި ހުންނާނެ ކަމަށް ބުނެފައިވާއިރު، އެ މާއްދާއަށް ބެލުމެއްނެތި ސުޕްރީމް ކޯޓުގައި ވަކާލާތުކޮށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑާލާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، މިއަދު ކޯޓްތަކަށް ވަކާލާތް ކުރަމަށްދާ ދައުލަތުގެ ވަކީލުން ވަކާލާތު ކުރަނީ ރައީސް އަބްދުﷲ ޔާމީން ނިންމަވާ ނިންމެވުންތަކަށް ބާރުލިބޭ ގޮތަކަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި މަސައްކަތަށް ފުލުހުންނާއި ސިފައިން ހުރަސް ނޭޅޭނެ ކަމަށާއި ، މިއަދު މަޖިލީހަށް ވަދެވަޑައިގަތުމަށް މަޖިލީސް މެމްބަރުން ވަޑައިގަތުމުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

" އޯގަސްޓް ބާރަ ތޭރަ އައިރު، މި ދަންނަވާނީ ދެ ވަނަ އޯގަސްޓް ބާރަ ތޭރަ އައި ދުވަހު، އެތަން ބައިވަރު ކަންތަށްތަކެއް ހިނގަމުން ދިޔަ އިރުވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުގަނޑު ހަދާން އެބަހުރި އޭރު ފ. އަތޮޅު ތަމްސީލް ކުރައްވާ މެމްބަރު ހަމްޒާއާއި، ދ. އަތޮޅު ތަމްސީލް ކުރައްވާ މުހައްމަދު ސިހާބާއި، އެހެން ގޮސް އެތަށް ބައިވަރު މެމްބަރުންތަކެއް ވަދެވަޑައިގެންނެވި މަޖިލީސް ކުރާ ގެއަށް" މާރިޔާ ވިދާޅުވިއެވެ.

\

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު