Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫގައި ބިދޭސީން މުޒާހަރާކުރުން

ތިނަދޫގައި މުޒާހަރާކުރި ބިދޭސީން ޑީޕޯޓްކޮށްލަން ހޯމް މިނިސްޓްރީން ނިންމުމުން އެކަމުގެ ކަންބޮޑުވުން 3 ޖަމިއްޔާއަކުން ފާޅުކޮށްފި

26 ޖުލައި 2024 | ހުކުރު 13:33

ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވައިދަކާއި ހިލާފުނުވާހާ ހިނދަކު ދިވެހިރާއްޖޭގައި ތިބޭ ބިދޭސީން ހައްޔަރުކޮށް, ވަޒީފާއިން ވަކިކޮށް އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖުލައި 2024 | ހުކުރު 13:33
ތިނަދޫގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން

ތިނަދޫގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން

މިދިޔަ ހަފްތާގައި ގދ. ތިނަދޫގައި ބޭއްވުނު މުޒާހަރާ ރޭވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރިން ހައްޔަރުކޮށް އަނބުރާ ފޮނުވާލުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނިންމި ނިންމުމާމެދު 3 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް, ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އދ ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ 20 ވަނަ މާއްދާގެ ދަށުންް, ކޮންމެ މީހަކަށްވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި ޖަމްއިއްޔާ ހެދުމުގެ ހައްގުު ލިބިގެންވާ ކަމަށެވެ. މި ހައްގުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވެސް ކަށަވަރުކޮށްފައިވާ ހައްގުތަކެކެވެ. އަދި ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ލިބިދެއެވެ.

Advertisement - newsAdvertisement

ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ 25 ޖުލައި 2024 ގައިރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެފައިވަނީ، ބިދޭސީން "ސިޔާސީ ހަރަކާތް" ކުރުމުގައި ބައިވެރިވުމަކީ ވިސާއާ ހިލާފުވުން ކަމަށްވާތީ، މުޒާހަރާ އިންތިޒާމުކުރި ފަރާތްތައް އަނބުރާ ފޮނުވާލަންޖެހޭ ކަމަށެވެ. ގދ. ތިނަދޫގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ރޭވިސުލްހަވެރި މުޒާހަރާއަކީ ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭއްވި މުޒާހަރާއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނިގުޅައިގަންނަ ގޮތަށް ވިސާގެ ޝަރުތެއް ކަނޑައެޅުމަކީ ޤާނޫނާ ހިލާފު ކަމެއް ކަމަށާއި، މަސައްކަތްތެރިންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅާ މިފަދަ ހަނިކުރުންތައް ބޭނުންކޮށްގެން ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވައިދަކާއި ހިލާފުނުވާހާ ހިނދަކު ދިވެހިރާއްޖޭގައި ތިބޭ ބިދޭސީން ހައްޔަރުކޮށް, ވަޒީފާއިން ވަކިކޮށް އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވުމެއް ކަމަށް ބުނެފައިވެއެވެ.

މި ޖަމިއްޔާތަކުން 3 ކަމަކަށް ގޮވާލާފައިވެއެވެ.

ދިވެހި ރާއްޖޭގެ މަސައްކަތު އާބާދީގެ 32 އިންސައްތައަަކީ ބިދޭސީިންނެވެ. ބިދޭސީން ރާއްޖޭގެެ މުޖުތަމައުުގައި މުހިންމު ދައުރެއް އަދާކޮށް ހުރިހާ ދާއިރާއެއްގައިވެސް ބޮޑެތި ހިިދުމަތްތަކެއްކޮށްދޭ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ މީހަކަށްވެސް ތަފާތުކުރުމަކާ ނުލައި، ޖަމްއިއްޔާތައް އުފެއްދުމުގެ ހައްގާއި، މުޒާހަރާ ކުރުމުގެ ހައްގާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ.

އަދި ދައުލަތާއި އެނޫންވެސް ފަރާތްތަކަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މި އަސާސީ، ގާނޫނީ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް މި ތިން ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް