Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޓީސް ރެސިލިއެންސް

މާލެ ސިޓީ ކައުންސިލާއި އެންޑީއެމްއޭ ގުޅިގެން މުޖުތަމައު ވިލުންތެރި ކުރުމުގެ ހަރަކާތެއް ފަށައިފި

އެމްސީއާރު 2030ގެ ދަށުން އަންނަ އާދިއްތަ ދުވަހު ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 14:41
މާލެ ސިޓީގެ މަގުމަތި

މާލެ ސިޓީގެ މަގުމަތި

މަލޭ ސިޓީ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އެންޑީއެމްއޭ ގުޅިގެން މުޖުތަމައު ވިލުންތެރިކުރުމުގެ ގޮތުން މޭކިން ސިޓީސް ރެސިލިއެންސް 2030 (އެމްސީއާރު 2030)ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ މަޤްސަދަކީ، ދިމާވާ ކާރިސާތަކަށް އިޖާބަ ދިނުމުގެ ގާބިލްކަން އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ބައިވެރިވުމާއެކު އެ ކަމުން އަރައިގަތުމަށް ކުރާ މަސައްކަތް އެއް ނިޒާމެއްގެ ދަށުން ކުރުމަކީ ވެސް މި ހަރަކާތުގެ މަޤްސަދެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން މާލޭގައި ކާރިސާއެއް ހިނގުމަށް މެދުވެރިވެދާނެ ކަންކަމާއި، ކާރިސާތަކުން އަރައިގަތުމަށް މާލޭގައި ހުރި ވަސީލަތްތައް އަދި ވިލުންވެރިކަން ހުރި މިންވަރު ބަލާނެ އޮނިގަނޑަކާއި ޕްލޭނެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ ޕްލޭންގެ ސަަބަބުން ކާރިސާއަކުން ލިބިދާނެ ގެއްލުންތައް ކުރިއާލާ ދެނެގަނެވޭނެ ކަމަށާއި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެނގިގަނެވޭނެ ކަމަށް ވެސް މި ދެ ފަރާތުން ފާހަގަކުރެއެވެ. މި ހަރަކާތުގެ ދަށުން އެކުލަވާލާ އެކްޝަން ޕްލޭންގައި އިންފްރާންސްޓްރަކްޗަރ ފަރުމާކުރުމާއި ދިރިއުޅުމާއި މުޖުތަމައުގެ ސަލާމަތަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކަށަވަރުކޮށްދޭ އުސޫލެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަނީ މުޖުތަމައުގެ ހިރާސް ކުޑަކުރުމަށް އެކުގައި ތަރުތީބުން މަސައްކަތް ކޮށްގެން މަސައްކަތްކުރަމުން ދަނީ މާލެ ސިޓީއާއި އެ ސިޓީގެ ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވެފައެވެ.

އަދި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން މުޖުތަމައު ވިލުންތެރި ކުރުމަށް ބޭނުންވާ ވަސީލަތްތަކާއެކު، ކުރިއަށް ހުރި ގޮންޖެހުންތަކުން ސަލާމަތްވެ ހިމާޔަތް ކަށަވަރު ކުރެވޭނެ ކަމަށެވެ.

އެމްސީއާރު 2030ގެ ދަށުން އަންނަ އާދިއްތަ ދުވަހު ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު