Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ރޭންކިން

ދުނިޔޭގެ އެއްވަނަ އާޖެންޓީނާ އަށް، ސްޕޭނަށް ތިން ވަނަ

ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނަށް އެއްވަނަ ލިބުނީ 1901 ޕޮއިންޓާއެކުގަ އެވެ.

ރާއްޖެ އެމްވީ | 18 ޖުލައި 2024 | ބުރާސްފަތި 08:55
އާޖެންޓީނާ ޓީމު ކޮޕާ އެމެރިކާ ތައްޓާއެކު

އާޖެންޓީނާ ޓީމު ކޮޕާ އެމެރިކާ ތައްޓާއެކު

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނަ އާޖެންޓީނާ އަށް ދީފި އެވެ.

ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނަށް އެއްވަނަ ލިބުނީ 1901 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުން ކެޓި ފްރާންސެވެ. އެ ގައުމަށް ލިބިފައިވަނީ 1854 ޕޮއިންޓެވެ. ތިން ވަނާގައިވަނީ އެއްވެސް މެޗަކުން ބަލިވެ ޔޫރޯގެ ޗެމްޕިއަންކަން ހޯދި ސްޕޭނެވެ. އެ ގައުމަށް ލިބިފައިވަނީ 1835 ޕޮއިންޓެވެ. ކުރިން ސްޕޭން އޮތީ އަށް ވަނާގަ އެވެ.  ކުރިން ފަސް ވަނާގައި އޮތް އިނގިރޭސި ވިލާތް ވަނީ ހަތަރު ވަނަ އަށް ކުރިއަސް ޖެހިލައިފަ އެވެ. ޔޫރޯ ފައިނަލް ކުޅުނު އިނގިރޭސިނަށް ލިބިފައިވަނީ 1812 ޕޮއިންޓެވެ.

މަޝްހޫރު ބްރެޒިލް ލައްވާނީ ފަސް ވަނާގަ އެވެ. މިއީ އެއް ދަރަޖައިގެ ވެއްޓުމެކެވެ. މި ފަހަރުގެ ކޮޕާ އެމެރިކާގެ ދެ ވަނަ ބުރުން މުބާރާތުން ކެޓި ގައުމަށް ލިބިފައިވަނީ 1785 ޕޮއިންޓެވެ.

ގަދަ 10ގައި ދެން ހިމެނުނީ ބެލްޖިއަމާއި ނެދަލޭންޑްސް އަދި ޕޯޗުގަލް އާއި ކޮލަމްބިއާ އާއި އިޓަލީ އެވެ. މީގެ ތެރެއިން ހަ ވަނާގައިއޮތް ބެލްޖިއަމަކީ ކުރިން ރޭންކިންގެ ތިން ވަނަ ގައުމެވެ. ނެދަލޭންޑްސް ކުރިން ވެސް އޮތީ ހަތް ވަނާގަ އެވެ.  ކުރިން ހަ ވަނާގައި އޮތް ޕޯޗުގަލް އަށް ވަނަ އަށް ވެއްޓުނުއިރި ކޮޕާ އެމެރިކާގެ ފައިނަލް ކުޅުނު ކޮލަމްބިއާ ކުރިން އޮތީ 12 ވަނާގަ އެވެ.

އިޓަލީގެ މަގާމަށް ބަދަލެއް ނާދެ އެވެ. ނަމަވެސް ކުރިން ނުވަ ވަނާގައިއޮތް ކްރޮއޭޝިޔާ މި ފަހަރު ލައްވާލީ 12 ވަނާގަ އެވެ. ޖަރުމަނު ވަނީ 16 ވަނައިން 13 ވަނަށް އަރައިފަ އެވެ. ރޭންކިންގައި މި ފަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވެނެޒުއޭލާ އަށެވެ. އެ ގައުމު 17 ދަރަޖަ ކުރިއަށްދިޔަ އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމަކީ ސްޕޭނެވެ. މިދިޔަ މަހުގެ ރޭންކިން އާއި މި ފަހަރުގެ ރޭންކިންއާ ދެމެދު ސްޕޭން ވަނީ 105.75 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ބޮޑު ވެއްޓުމެއް ކުރިމަތިވީ ޗެކްރިޕަބްލިކަށެވެ. އެ ގައުމު ވަނީ ޖުމުލަ 13 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު