Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނދުން ހޮހޮޅައެއް ހޯދުން

ސައިންސްވެރިން ހަނދުން ފުރަތަމަ ފަހަރަށް ބޮޑު ހޮހޮޅައެއް ހޯދައިފި

އިންސާނުން ހަނދުގައި ގާއިމްވުމަށް ދާއިމީ ބޭސް އެއް ހެދުމަށް އެކަށީގެންވާ ތަނަކަށް މި ހޮހޮޅަ ވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެއެވެ.

ރާއްޖެ އެމްވީ | 15 ޖުލައި 2024 | ހޯމަ 19:54
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަނދުގައިވާ މިފަދަ އެތައް ހޮހޮޅައެއްގެ ތެރެއިން އެއް ތަނަށް ވުމީ އެކަށީގެންވާ ކަމެއް

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަނދުގައިވާ މިފަދަ އެތައް ހޮހޮޅައެއްގެ ތެރެއިން އެއް ތަނަށް ވުމީ އެކަށީގެންވާ ކަމެއް

ސައިންސްވެރިން ހަނދުން ފުރަތަމަ ފަހަރަށް ބޮޑު ހޮހޮޅައެއް ހޯދައިފިއެވެ. މި ހޮހޮޅައިގެ ފުން މިނުގައި 100 މީޓަރު ވަރު ހުންނާނެ ކަމަށް ސައިންސްވެރިން ލަފާ ކުރެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިއީ އިންސާނުން ހަނދުގައި ގާއިމްވުމަށް ދާއިމީ ބޭސް އެއް ހެދުމަށް އެކަށީގެންވާ ތަނަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަނދުގައިވާ މިފަދަ އެތައް ހޮހޮޅައެއްގެ ތެރެއިން އެއް ތަނަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ހަނދުގައި އެސްޓްރޮނަޓުން ބޭތިއްބުމަށް ހަލުއި މަސައްކަތްތަކެއް ބައެއް ގައުމުތަކުން ކުރަމުން ދާއިރު، ހަނދުގައި ތިބޭ ބަޔަކަށް ރޭޑިއޭޝަނުން ސަލާމަތް ވެވޭނެ ގޮތަކާއި، ޖައްވީ މޫސުމުން ރައްކާތެރިކަން ލިބޭނެ މާހައުލެއް ތަނަވަސް ވުމަކީ މުހިންމު ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އިނގިރޭސިވިލާތުގެ ފުރަތަމަ އެސްޓްރޮނަޓް ހެލެން ޝާމަން ބީބީސީ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، މުޅިން އަލަށް މި ހޯދުނު ހޮހޮޅައަކީ ހަނދުގައި އެސްޓްރޮނަޓުން ގާއިމްވެ ތިބެން ބޭސް އެއް ހެދުމަށް އެކަށީގެންވާ ތަނަކަށް ވެދާނެއެވެ. އެހެން ނަމަވެސް އޭނާ ބުނެފައިވަނީ މި ހޮހޮޅަ ފުން ކަމުން އެތަނުން އަރާފައިބަން ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ.

މި ހޮހޮޅަ ހޯދީ އިޓަލީ ވިލާތުގެ ޓްރެންޓޯ ޔުނިވަރސިޓީގެ ދެ ސައިންސްވެރިން ކަމަށްވާ ލޮރެންޒޯ ބްރުއްޒޯނީ އާއި ލިއޮނާޑޯ ކައްރޭރާ އެވެ.

ހޮހޮޅަ ހޯދީ ސައިންސްވެރިން ކިޔާ ގޮތުން ހަނދުގެ "މާރޭ ޓްރެންކުއިލިޓާޓިސް" ސަރަހައްދުން ނެވެ.

ސައިންސްވެރިން ބުނާ ގޮތުން "މާރޭ" އަކީ ކުރިން ބޮޑު ކަނޑެއް އޮތް ތަނެއް ކަމަށް ބެލެއެވެ. މިއީ ދުނިޔެއިން ހަމަ ލޮލަށް ފެންނަން ހުންނަ ސަރަހަދެކެވެ. އަދި މއީ 1969 ވަނަ އަހަރު އެޕޯލޯ 11 ހަނދުގައި ޖެއްސި ތަނެވެ.

ސައިންސްވެރިން އަލަށް މި ހޯދި ހޮހޮޅައާ ބެހޭ ގޮތުން އަދި އެގެން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. މި ތަނުގެ ޗާޓު ކުރެހުމުގައި ބިންގަނޑުގެ އަޑި ދެނެގަނެވޭ ރާޑަރާއި، ކެމެރާ އާއި ރޮބޮޓްގެ ބޭނުން ހިފިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ހަނދުގައި ހޮހޮޅަ ހުންނަ ކަން މީގެ 50ށް އަހަރު ކުރިން ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ލޫނާ ރިކޮނިސެންސް އޮބިޓަރގެ މިޝަންގައި ބޭނުން ކުރި ކެމެރާ އިން ނަގާފައިވާ ފޮޓޯ ތަކުގައި ހުރި ބައެއް ވަޅުގަނޑުގަނޑުން އެއީ ހޮހޮޅައިގެ އަނގަމައްޗަށް ވެދާނެ ކަމަށް ސައިންސްވެރިން ވަނީ ލަފާ ކޮށްފައެވެ. އެހެން ނަމަވެސް އެކަން ޔަގީން ކުރެވޭ ވަރަށް އެ ހިސާބަށް އައި އިރު އެކަށީގެންވާ މައުލޫމާތު ސައިންސްވެރިންނަށް ލިބިފައެއް ނުވެއެވެ.

ޕްރޮފެސަރ ބްރުއްޒޯނީ އާއި ޕްރޮފެސަރ ކައްރޭރާ ގެ މަސައްކަތުން ކުރިން ޖަވާބު ނުލިބޭ އެތައް ސުވާލަކަށް ވަނީ ޖަވާބު ލިބިފައެވެ. އެހެން ނަމަވެސް ހަނދުގައި ހުންނަ ހޮހޮޅައާ ބެހޭ ގޮތުން އަދި ސައިންސްވެރިންނަށް އެނގެން ބޭނުންވާ ގިނަ މައުލޫމާތުތަކެއް އެބަހުއްޓެވެ.

ސައިންސްވެރިން ދެކޭ ގޮތުގައި ހަނދުގެ ހޮހޮޅައިގެ ދިރާސާ އަކީ ހަނދުގެ ތާރީޚާއި، އުފެދުމާއި، އަދި ދުނިޔޭގެ ސޯލާ ސިސްޓަމް އާ ބެހޭ ގިނަ ސުވާލުތަކަކަށް ޖަވާބު ހޯދުމަށް މުހިންމު ކަމެކެވެ.

ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި ހޮހޮޅައިގެން ތެރެއިން ނަގާ ހިލައަކީ ރަނގަޅަށް ރައްކާތެރި ވެފައި ހުންނަ އެއްޗެއްސަށް ވުމާއެކު އެފަދަ ހިލައިގެ ދިރާސާތަކުން އެތައް ބިލިއަން އަހަރެއްގެ މައުލޫމާތު ހޯދިގެން ދާނެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު