Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

އައު އެއްބަސްވުމެއްގައި ސޮއި ކުރަން ސްކަލޯނީ ތައްޔާރު

16 ޖުލައި 2024 | އަންގާރަ 06:12

އާޖެންޓީނާ އާއެކު މިހާރު ސްކަލޯނީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2024 | އަންގާރަ 06:12
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގައި ދެމި ހުރުމަށްޓަކައި، އައު އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރު ކަމަށް ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ އާޖެންޓީނާ އިން، އެމެރިކާ ގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އުމުރުން 46 އަހަރުގެ ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ވަނީ އާޖެންޓީނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އޭނާގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ކަމަށެވެ. އެ ދެ އަހަރުގެ ތެރޭގައި ވެސް ކުރަން ޖެހޭ މަސައްކަތް ކުޑަ ކަމަކަށް ސްކަލޯނީ ޤަބޫލެއް ނުކުރެ އެވެ. އަދި އޭނާ ހުރީ ވެސް، އާޖެންޓީނާ އާއެކު އަދި ވެސް ކާމިޔާބީތައް ހޯދަން ބޭނުން ވެފަ އެވެ.

ސްކަލޯނީ ބުނީ، އޭނާގެ އެއްބަސްވުން އިތުރު 15 އަހަރަށް އައު ކުރުމަށް އާޖެންޓީނާ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ގާތު ބުނަން ޖެހޭ ކަމަށެވެ. އަދި އައު އެއްބަސްވުމުގައި ސޮއި ކުރަން އޭނާ ތައްޔާރަށް ހުރި ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ އަނެއްކާ ވެސް މިއީ އުފާ ފާޅު ކުރަންވީ ވަގުތު ކަމަށާއި، އާޖެންޓީނާ އަކީ މޮޅުވާ ޓީމެއް ކަމަށެވެ.

އާޖެންޓީނާއާ ހަވާލުވެ ސްކަލޯނީ ވަނީ އެ ޓީމަށް ކާމިޔާބުތަކެއް ހޯދައިދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ވަނީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކުރީ އިޓަލީ ބަލިކޮށްގެންނެވެ. ރަނގަޅު ރޫޙެއްގައި އޮތް އާޖެންޓީނާ އިން ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 36 އަހަރަށް ފަހު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕަށްފަހު އާޖެންޓީނާ އިން ވަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އާންމު ކުރާ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ވެސް ޖެހިލައިފަ އެވެ. އެއް ވަނައިގައި މިވަގުތު ވެސް އާޖެންޓީނާ އޮތްއިރު، އެ ޓީމުން ވަނީ މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއާއެކު އާޖެންޓީނާ އިން ވަނީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް