Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަަންދައިގަ ހަރުދަނާ ނިޒާމެއް ނެތުން

ހުސްނުވާ އާސަންދަ މެޑިކަލް މާފިޔާ އަކަށް ހަދާފައި ވާއިރު، އަދިވެސް ރަނގަޅު ނިޒާމެއް އެކުލަވާ ނުލެވޭ: ޝިފާޒު

15 ޖުލައި 2024 | ހޯމަ 13:05

މިއަދު ޕެންޝަން ފަންޑާ މެދު ވެސް ރައްޔިތުން ސުވާލު އުފައްދާ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2024 | ހޯމަ 13:05
ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަދައްކަވަނީ

ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަދައްކަވަނީ

ހުސްނުވާ އާސަންދަ މެޑިކަލް މާފިޔާއަކަށް ހަދާފައިވާއިރު، އަދިވެސް ރަނގަޅު ނިޒާމެއް މިސަރުކާރަށް އެކުލަވާނުލައި އާއްމު ރައްޔިތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނާ ގުޅުންހުރި ވަރަށް ގިނަކަންކަން ގާނޫނު އަސާސީގެ ތެރެއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާސަންދައަށް އިޝާރާތް ކުރައްވައި ޝިފާޒު ވިދާޅުވީ ސިޔާސީގޮތުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވުރެ މޮޅަށް ކަންކަން ކުރެއްވުމުގެ މަގުސަދުގައި އާސަންދަ ސްކީމް ވެސް ހުސްނުވާ އާސަންދައަށް ހަދާފައިވާ ކަމަށެވެ. އަދި މިއަދު އެ ސްކީމް މެޑިކަލް މާފިޔާއަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަތީޖާއެއް ގޮތުން ދައްކަން ޖެހޭ ފައިސާ ނުދެއްކި، އިންޑިއާއިން ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ ޚިދުމަތް ހޯދާ ހޮސްޕިޓަލް މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗާއި އޭޑީކޭއަށް ދޭންޖެހޭ ފައިސާ ވެސް ނުދޭ ކަމަށް ޝިފާޒު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ޝިފާޒު ވިދާޅުވީ ސަރުކާރަށް ހަރަދު ބޮޑުވެ ގައުމުގެ އިގްތިސާދަށް ކާރިސާއެއް ކުރިމަތި ވާއިރު، ރައްޔިތުންނަށް ވާނުވާ އެނގެން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ސްޓޭންޑް ފެންނަމުންދަނީ ސަރުކާރުގެ ބޭފުޅުން އާއްމު ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކާ އިނާއަތްތާއެކު މެދު ސުވާލު އުފައްދައި، ރައްޔިތުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ މަންޒަރު ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މިއަދު ފެންޝަން ފަންޑާމެދު ވެސް ރައްޔިތުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ މިއަދު ވާނުވާ ނޭނގޭ ކަންތައް ގަނޑެއްގެ ތެރޭގައި ކައުންސިލަރުން ތާށިވާ މަންޒަރު ފެންނަ ކަމަށާއި، ދޮށީ އުމުރުގެ މީހުންނަށް ދޭ އެލަވަންސާއި ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ހިންގާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ސަރުކާރުން މިއަށްވުރެ ރަނގަޅަށް މެނޭޖްކުރަންޖެހޭ ކަމަށެވެ. ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރާނަމަ އެކަމަކަށް މަރުހަބާ ކިޔާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ފެންނަނީ ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ބޭކާރު ހަރަދުތައް ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ފެންނަނީ ހާމަކަން ކުޑަ ސަރުކާރެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ޝިފާޒު ވިދާޅުވީ ރަނގަޅު އެއްވެސް ވެރިއަކު ނޫސްވެރިންގެ ސުވާލުތަކަށް ނުފިލާނެ ކަމަށެވެ. ހާމަކަންބޮޑުވުން ނުވަތަ ޓްރާންސްޕޭރެންސީ އަކީ ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ އާއްމުންނާއި އިދާރާތަކާއި މުއައްސަސާތައް އަދި ވެރިންނާއި މެދު އޮންނަ ގުޅުން ހަރުދަނާކޮށް އިތުބާރު ގާއިމްކުރަން ލިބޭ ފުރުސަތެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ

26 މާރިޗު 2017
ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް