Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2024

ކެރިއަރުގެ 45 ވަނަ ތައްޓާއެކު، މެސީގެ ރެކޯޑަށް ފުރިހަމަ ކަމެއް!

15 ޖުލައި 2024 | ހޯމަ 06:16

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު 8 ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ އަކީ، ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2024 | ހޯމަ 06:16
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އެމެރިކާ ގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބުކޮށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކެރިއަރުގައި 45 ވަނަ ތަށި ކާމިޔާބު ކޮށްފި އެވެ.

އެމެރިކާ ގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް އާޖެންޓީނާ އިން ކާމިޔާބު ކުރީ ހޯމަ ދުވަހުގެ ފަތިހު ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި މެސީ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި މެސީ ބަދަލު ކޮށްފައި ވަނީ، ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

މެސީ ވަނީ ކެރިއަރުގައި ސްޕެއިންގެ ބާސެލޯނާގެ އިތުރުން، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެފަ އެވެ. މެސީ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ އިންޓަ މިއާމީ އަށެވެ. މެސީ ވަނީ ބާސެލޯނާ އާއެކު 34 ތަށި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން މެސީ ޕީއެސްޖީ އަށް ބަދަލުވީއިރު، އެ ކުލަބާއެކު މެސީ ވަނީ ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ އާއެކު މެސީ ވަނީ އެއް ތަށި ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން މެސީ ވަނީ އާޖެންޓީނާގެ ސީނިއާ ޤައުމީ ޓީމާއެކު ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން މެސީ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު، އަދި އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު ވެސް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު 8 ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ އަކީ، ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އެވެ. މެސީގެ ފަހަތުން މި ލިސްޓުގެ ދެ ވަނައިގައި އޮތީ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް އެވެ. އަލްވޭސް ވަނީ ކެރިއަރުގައި 43 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ޖުލައި 2017

މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި

09 ޖުލައި 2017
މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި
27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
17 މެއި 2017

ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި

17 މެއި 2017
ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި
13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް