Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރަށް ކުރީގެ ރައީސް ޔާމީންގެ ފާޑުކިޔުން

މިއީ ސިއްރު ދައުލަތަކަށް ވެއްޖެ، އެހެން މީހުންނަށް ވިސްނަން ނޭނގޭ އެތައް ކަމެއް އެބަ ހިނގާ - ރައީސް ޔާމީން

ވެރިކަމަށް އައިސް ދަރަނި ނުދެއްކޭނެ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް އެ މަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 18:08
ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

މިއީ ސިއްރު ދައުލަތަކަށް ވެފައިވާ ކަމަށާއި އެހެން މީހުންނަށް ވިސްނަން ނޭނގޭ އެތައް ކަމެއް އެބަ ހިނގާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކަންކަމުގެ މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ރަނގަޅު ނޫން ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަދި މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށާއި ނާމާން އެތައް ކަމެއް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމުގެ އިގްތިޞާދީ ހާލަތާއި މެދު ވެސް ރަނގަޅު މައުލޫމާތު ސަރުކާރުން ފޯރުކޮށްދެމުންދާތީ އެކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.

މި ސަރުކާރަކީ ދެ ފުށް ފެންނަ ސަރުކާރެއް ނޫންކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް ޔާމީން ވަނީ މި އަހަރުގެ މާލީ ހިސާބުތައް މާރޗް މަހުން ފެށިގެން ހާމަ ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ނުލިބިގެން ފިނޭންސާއި އެހެނިހެން ތަންތަނަށް ލިޔަން ޖެހޭ ކަމަށާއި ކޮންމެ މައުލޫމާތެއް ވެސް ސާފު ނުވެގެން އިންފޮމޭޝަން ކޮމިޝަނާއި ހިސާބަށް ދާން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއީ އުނދަނގޫ މަރުހަލާ އެއް ކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް ޔާމީން ވަނީ އެއީ "މުއިވަލަށް ވެއްޓުނު ގެރި" ނެގުން ކަހަލަ ކަމެއް ކަމަށް ސިފަކުރައްވާފައެވެ.

މި ސަރުކާރުން ސިއްރު ކުރަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން އެކަނި ނޫން ކަމަށާއި އާއްމުންނާއި ގުޅުން ހުރި ތަފާސްހިސާބުތަކާއި މައުލޫމާތުތައް ވެސް ސިއްރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދު ގޯސްވެ ހިތި ބޭސް ބޯން ޖެހިދާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އަސަރު ކުރާނީ އާދައިގެ ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ އިގްތިޞާދީ ހާލަތު ގޯސް ނަމަ ވެރިކަމަށް ވަޑައިގެން ރައީސް ޑރ.މުއިއްޒު ބޮޑެތި ޚަރަދުތަކެއްް ކުރެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ހުވާކުރަން 26 މިލިއަން، މުލިއާގެ މަރާމާތަށް 21 މިލިއަން ރުފިޔާ، ހިލާލީގެ އަށް 15 މިލިއަން ރުފިޔާ ޚަރަދުކުރީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. ހަމައެހެންމެ ތުރުކީން ޑްރޯންތައް ގަންނަން ހޭދަކުރި 500 މިލިއަން ރުފިޔާ ވެސް ވީ ބޭކާރު ކަމަށާއި އެކަމުގެ ނަތީޖާ އެއްވެސް ނުފެންނަ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ދެމެދު އޮތް ބްރިޖްގެ ޚަރަދަކީ މި ވަގުތަށް ކުރުން އެންމެ ރަނގަޅު ޚަރަދެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމްޕީއެލް ވިއްކާލާ ވާހަކަ ދެކެވެމުންދާތީ އެއީ ސަރުކާރުން ނިންމާ ގޯސް ނިންމުމެއް ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ފާޑު ވިދާޅުވިއެވެ.

މީގެ އިތުރުން އީދަށް ބޮކި ދިއްލުންމާއި، މަޖިލިސް އިންތިޚާބަށް ކުރި ހޭދަ އާއި ސަސްޕެންޝަންގައި ތިއްބެވި ނައިބު ރައީސުންނަށް ކުރި ޚަރަދުތަކަކީ ވެސް ކުރަން ނުޖެހޭ ބޭކާރު ޚަރަދުތައް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ކުރެއްވީ ޤައުމުގެ ހާލަތު ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އެނގިވަޑައިގެން ހުންނަވާ ނޫންތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. ޔާމީން އިތުރަށް ވިދާޅުވީ ވެރިކަމަށް އަންނަ އިރު ކޮންމެ ސަރުކާރެއްގައި ވެސް ދަރަނި ހުންނަ ކަމަށެވެ. އެހެންކަމުން ވެރިކަމާއި ހަވާލުވަނީ އެކަން ވާނެ ކަމަށް ދެކިގެން ކަމަށާއި ވެރިކަމަށް އައިސް ދަރަނި ނުދެއްކޭނެ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު