Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޭމްގެ މައްސަލަ

ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް ސްކޭމްގެ މައްސަލަ އާ ގުޅިގެން އެކަކު ހައްޔަރުކޮށްފި

11 ޖުލައި 2024 | ބުރާސްފަތި 10:52

5 ވިޔަފާރިއަކުން އިލެކްޓްރޯނިކްސް އަގު ބޮޑެތި މުދަލަށް ހޭދަކޮށްފައިވާކަން ފާހަގަކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2024 | ބުރާސްފަތި 10:52
ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީހަކަށް އޮޅުވާލައިގެން އެމީހާގެ އަމިއްލަ އެކައުންޓުންނާއި، އެމީހާގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ ފަސްލައްކަ އަށްޑިހަ ހަތްހާސް ރުފިޔާގެ ސްކޭމްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައަކީ 12 ފެބްރުއަރީ 2024 ގައި އާއްމު ފަރުދަކަށް ނުދަންނަ ނަންބަރަކުން ގުޅައި ފްލެޓު ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައި އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި ވިކްޓިމްގެ މޯބައިލް ނަންބަރު އީސިމްއަކަށް ބަދަލުކޮށް އިންޓަނެޓް ބޭންކިން ކޮންޕްރަމައިޒްކޮށް އަދި އިންޓެނެޓް ބޭންކިންގެ އެކްސެސް ހޯދައި ވިކްޓިމްގެ ޕަރސަނަލް އެކައުންޓުން 25000 ރުފިޔާއާ ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން ފަސްލައްކަ ފަސްކޮޅަސް ދެހާސް ރުފިޔާ ނަގާފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ. މިމައްސަލާގައި އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އިތުރު ތަފްސީލު ދެއްވަމުން އެންޓި ސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ 587،149 ރުފިޔާ ނަގާފައިވާއިރު ބޭންކަށް މިމައްސަލަ ރިޕޯޓުކުރެވި މައްސަލައިން ވިކްޓިމްގެ އެކައުންޓުން 47 އިންސައްތަ ފައިސާ ސަލާމަތްވެ ޖަމިއްޔާގެ އެކައުންޓުން 42 އިންސައްތަ ފައިސާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ނިގުޅައިގަނެފައިވާ ފައިސާގެ ތެރެއިން 62 އިންސައްތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި 8 އޭޓީއެމްއަކުން ފައިސާ ވިތްޑްރޯ ކޮށްފައިވާކަން ފާހަގަކުރައްވައި ޝާމް ވިދާޅުވީ 5 ވިޔަފާރިއަކުން އިލެކްޓްރޯނިކްސް އަގުބޮޑެތި މުދަލަށް ހޭދަކޮށްފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ބޭނުން ނުކުރެވި ހުރި ފައިސާ 18 އިންސައްތަ ފައިސާ އެކައުންޓުތަކުގައި ފްރީޒް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާމް ވިދާޅުވީ މިމައްސަލައާ ގުޅިގެން ކ.މާފުށި ޖަލުގެ ތިން ޔުނިޓެއް 16 ސެލްއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލާ ފާސްކުރުމުގެ ތެރެއިން 21 މޯބަލައިން ފޯނު، 10 ހެޑްސެޓް، ތިން ޔޫއެސްބީ ޗާޖަރު، އެއް ޕެންޑްރައިވް، އެކައުންޓް ނަންބަރު ތަކާއި މޯބައިލް ނަންބަރުތައް ނޯޓުކޮށް ހަދާފައިވާ 9 ފޮތް، ދެ ސިމް ކާޑު އަދި މެމޮރީކާޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނިވިފައިވާ ކަމަށް ޝާމް ވިދާޅުވިއެވެ.

ފުލުހުން ބުނީ މިސްކޭމް ހިންގާފައިވަނީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް