Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

އަނިޔާވެރި ވެރިޔެއް އުފެދި ބޮޑުވުމަށް ރައްޔިތުން ފުރުސަތުދީގެން ނުވާނެ: އީސަ

11 އޯގަސްޓު 2017 | ހުކުރު 18:22

އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 އޯގަސްޓު 2017 | ހުކުރު 18:22
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަ، ބަންދުގެ މަޖިލީހަށް ކްރިިމިނަލް ކޯޓަށް ހާޒިރުކުރުން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަ، ބަންދުގެ މަޖިލީހަށް ކްރިިމިނަލް ކޯޓަށް ހާޒިރުކުރުން

އަނިޔާވެރި ވެރިޔެއް އުފެދި ބޮޑުވުމަށް ރައްޔިތުން އެއްވެސް މިންވަރަކަށް ފުރުސަތުދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ބޭއްވި ސުލްހަވެރި ހަރަކާތެއްގެ ތެރެއިން ހައްޔަރުކޮށް، ފަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު މިނިވަންވުމާއެކު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައިވެސް ހުންނެވި އީސަ ވިދާޅުވީ، ދޫކޮށްލައިގެން ތިބެގެން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އީސަ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަނިޔާވެރި ވެރިޔަކު އުފެދި ބޮޑުވާން އެއީ ރައްޔިތުން އެއްވެސް ވަރަކަށް ފުރުސަތުދިގެންވާނެ ކަމެއް ނޫން. ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއެއް މި ޤައުމުގައި އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަކީ. އެ މަސައްކަތް އަޅުގަނޑުމެން ހުއްޓާލައިގެނެއް ނުވާނެ. އެ މަސައްކަތުގައި އަޅުގަނޑުމެން ނާއުންމީދުވެގެންވެސް ނުވާނެ. އަޅުގަނޑުމެންނަށް ނާއުންމީދުވެވޭކަށްވެސް ނޯންނާނެ. އެނގޭތޯ" އީސަ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީން ބޭއްވި ސުލްހަވެރި އެއްވުމުގައި ބައިވެރިވި ގިނަ ބަޔަކު ހުކުރު ދުވަހު ކޯޓަށް މުއްދަތު ޖެހުމަށް ހާޒިރުކުރުމުން އެ މީހުން ދުކޮށްލުމަށް ކޯޓުން ނިންމެވި ނިންމެވުމަށް އިޝާރަތްކުރައްވާ އީސަ ވިދާޅުވީ، ފެނުނު މަންޒަރަކީ، ކޯޓުތަކާއިމެދު އަދިވެސް އެއްކޮށް އުއްމީދު ގެއްލިގެން ނުދާކަން ކަމަށެވެ. އަދި އެއީ ކޯޓުތައްވެސް އިސްލާހުކުރެވިދާނެކަމުގެ ހެއްކެއްކަމަށް އީސަ ވިދާޅުވިއެވެ.

"މިއަދު އިންނެވި ފަނޑިޔާރު ވަރަށް އިންސާފުވެރިކޮށް، ހުރިހާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށްފަހު ކަންކަން ނިންމަވަމުން ގެންދެވިތަން ފެނުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. އަޅުގަނޑަށް އުއްމީދު އާވެގެންދިޔަ ރައްޔިތުން މި ކުރާ މަސައްކަތުގައި މި ޤައުމު ސަލާމަތްކުރެވޭނެކަމަށް. އަދި ޝަރުއީ ދާއިރާވެސް އެއްކޮށް ގެއްލިގެން ނުދާކަން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" އީސަ ވިދާޅުވިއެވެ.

އަހްމަދު އީސާއާއި އެމްޑީޕީގެ ބައެއް މެމްބަރުން ހައްޔަރުކުރީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ. އަހްމަދު އީސާ ދޫކޮށްލީ އޭނާގެ ތަހްގީގަށް ކޯޓުން ޖަހައިގެން ފަސް ދުވަހުގެ މުއްދަތު ހަމަވާތީވެ، މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ހުކުރު ދުވަހު ކްރިމިނަލް ކޯޓުންނެވެ. އަހްމަދު އީސާގެ އިތުރުން އޭނާއާއެކު އެއްވުމުން ހައްޔަރުކުރި ދެ މީހުން ވަނީ ކުރިން ދޫކޮށްލައިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް