Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ނެދަލެންޑްސް ބަލިކޮށް، ޖެހި ޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑު ފައިނަލަށް

މެޗު އިންގްލެންޑުން ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، 2-1ންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2024 | ބުދަ 21:19
މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ނެދަލަންޑްސް ބަލިކޮށް، އިންގްލެންޑުން ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، 2-1ންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތްކޮށް، ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ނެދަލެންޑްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އިންގްލެންޑުގެ އޭރިޔާ ކައިރިން ޒަވީ ސިމޮންސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ، އިންގްލެންޑުގެ ގޯލި ކީޕަރު ޖޯޑަން ޕިކްފޯޑުގެ އަތުގައި ޖެހިފަ އެވެ.

ނެދަލެންޑްސް އިން ލީޑު ނެގި ފަހުން އިންގްލެންޑަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބިފަ އެވެ. އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި އެއް ބޯޅަ ނެދަލެންޑްސްގެ ކީޕަރު މަތަކުރިއިރު، އަނެއް ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން ނެދަލެންޑްސްގެ އޭރިޔާ ތެރެއިން ކޭން އަށް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ ޕެނަލްޓީ ދީފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ 17 ވަނަ މިނެޓުގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޭން އެވެ.

ނަތީޖާ ހަމަހަމަ ކުރި ލަނޑަށް ފަހި، އިންގްލެންޑުން ވަނީ ރަނގަޅަށް ކުޅެފަ އެވެ. އެ ޓީމުން ވަނީ މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދައިފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި އިންގްލެންޑު މޮޅުވީ އޮލީ ވަޓްކިންސް ޖެހި ލަނޑުންނެވެ.

މޮޅާއެކު އިންގްލެންޑުން މުބާރާތުގެ ފައިނަަލަށް ގޮސްފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހު ކުޅޭ ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތުގެ ފައިނަލްގައި ވެސް އިންގްލެންޑު ވަނީ ކުޅެފަ އެވެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު