Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ އިގްތިސާދީ ފިޔަވަޅުތައް

މާލީ ހާލަތު ގޯސްވެގެން ފިޔަވަޅު އަޅަން ފަށަންޖެހޭނީ ތިމާ ގާތުން، ކައުންސިލަރުން މަދުކުރުމަކީ ވި ވައުދާ ހިލާފުކަމެއް - އަނަސް

ހުށަހެޅުއްވި ހުށަހެޅުއްވުންތަކަކީ މެނިފެސްޓޯގައި އަދި ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޖުލައި 2024 | ބުދަ 18:46
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

މާލީ ހާލަތު ގޯސްވެގެން ފިޔަވަޅު އަޅަން ފަށަންޖެހޭނީ ތިމާ ގާތުން ކަމަށާއި، ކައުންސިލަރުން މަދުކުރުމަކީ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފުކަމެއް ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ހުށަހަޅުއްވާނެކަމަށް ވިދާޅުވި ބައެއް ބަދަލުތަކުގައި، އުސޫލެއްގެ ގޮތުން ރަނގަޅު ބައެއް ވާހަކަތައް އެބަހުރިކަމަށެވެ. ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންފައި ހުންނެވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާއި މެނިފެސްޓޯގައި ހުރި ވައުދުތައް ރައްޔިތުންނާއި ހަމައަށް ހިއްސާކުރުމަށް ކަމަށެވެ. ނަމަވެސް އެ ހުށަހެޅުއްވި ހުށަހެޅުއްވުންތަކަކީ މެނިފެސްޓޯގައި އަދި ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫން ކަަމަށެވެ.

އަނަސް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، އެމްޑީޕީ ނޫން ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮންނަކަމުގައިވާނަމަ، އެ ބައެއްގެ އަމާޒަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ނޫން ކަމަށެވެ. އަނަސް ވިދާޅުވީ ރައީސް މުއިއްޒު ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ވަޑައިގެން ކައުންސިލްތައް ބާރުވެރިކުރައްވާނެކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް އެ ވިދާޅުވި ކަންކަން ކުރައްވާތައް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އަނަސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 2000 އާއި ގާތްކުރާ ކަމަށާއި، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން، ސިޔާސީ މަގާމުތަކުގެ އަދަދު އެނގިވަޑައިގަންނަވާ އަދި ހާމަކުރައްވާނެ ބޭފުޅެއް މި ސަރުކާރުގައި ނެތް ކަމަށެވެ. އަނަސް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު އޮތްގޮތަށް ބަލާފައި ފިޔަވަޅު އަޅާނަމަ އެންމެ ފުރަތަމަ ސިޔާސީ މަގާމުތައް މަދުކުރަންޖެހޭ ކަމަށެވެ.

އަނަސް ވިދާޅުވީ ސަރުކާރު ޖަވާބު ދާރީކުރުމަށް އެމްޑީޕީން ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މަޖިލިސް މެންބަރުން މަޖިލީހުގެ ތެރެއިން އެކަން ކުރަމުން އަންނަ އިރު ރައްޔިތުންވެސް ދަނީ އަމިއްލައަށް ވެސް ސަރުކާރު ޖަވާބުދާރީކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ނަމަވެސް މައުލޫމާތު ހޯދުމަށް އާރުޓީއައި ލައިގެންވެސް މި ސަރުކާރުން ދެނީ ބީރު ކަންފަތެއް ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު