Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހައްޖު 1438

ޖިއްދާގެ ހައްޖު ޓާމިނަލްއިން އެއްފަހަރާ 175000 މީހުންނަށް ޚިދުމަތްދެވޭނެ!

ހައްޖު ކޮމްޕްލެކްސްއަކީ 510000 އަކަ މީޓަރު ބޮޑު ޓާމިނަލްއެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 15:01
ރާއްޖެއިން ހައްޖަށް ދަތުރުކުރާ ބައެއް ފަރާތްތަށް

ރާއްޖެއިން ހައްޖަށް ދަތުރުކުރާ ބައެއް ފަރާތްތަށް

ޖިއްދާގައި ގާއިމުކުރެވިފައިވާ ހައްޖު ޓާމިނަލްއިން އެއްފަހަރާ 175000 މީހުންނަށް ޚިދުމަތްދެވޭނެ ކަމަށް ސައުދީގެ ހައްޖު ވުޒާރައިން ހާމަކޮށްފިއެވެ.

މިގޮތުން ޖިއްދާގެ އެއާޕޯޓުގައި ގާއިމު ކުރެވިފައިވާ އަންނަ މީހުންގެ ޓާމިނަލްގައި 91000 މީހުންނަށް އަދި ފުރާ މީހުންގެ ޓާމިނަލްގައި 84000 މީހުންނަށް އެއްފަހަރާ ޚިދުމަތްދެވޭނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ޖިއްދާ އެއާޕޯޓްގައި އަލަށް ގާއިމުކުރެވުނު ހައްޖު ކޮމްޕްލެކްސްއަކީ 510000 އަކަ މީޓަރު ބޮޑު ޓާމިނަލްއެކެވެ. މި ކޮމްޕްލެކްސްގައި އެއްފަހަރާ 26 މަތިންދާބޯޓަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރަށް ވެސް 143 އިމިގްރޭޝަން ކައުންޓަރު ގާއިމު ކުރެވިފައިވެއެވެ.

މައްކާގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް އަބްދުﷲ ބިން ބަންދާރް ބިން އަބްދުލް އަޒީޒު ވަނީ ޖިއްދާގެ އެއާޕޯޓުގައި ގާއިމު ކުރެވުނު އާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުންވެސް ލައިސެންސް ނެތި ހައްޖަށް މީހުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ސައުދީގެ ޑައިރެކްޓާ އޮފް ޕާސްޕޯރޓްސްވަނީ ބުނެފައެވެ. އެފަދަ ފަރާތްތަކުން ގެންދާ ކޮންމެ ހައްޖާޖީއަކަށް، 13000 ޑޮލަރުގެ ރޭޓުން އެފަރާތްތައް ޖޫރިމަނާ ކުރުމަށް ސައުދީއިން ވަނީ ނިންމާފައެވެ.

އިމިގްރޭޝަންގެ އުސޫލްތަކާ ހިލާފްވާ ކޮންމެ ފަރާތެއް ވެސް ވަގުތުން ޑީޕޯޓު ކޮށްލެވޭނެ ކަމަށް ސައުދީގެ ހައްޖު ވުޒާރާއިން މައުލޫމާތުދެވެއެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސައުދީއިން ނިންމާފައި ވަނީ ސަރުކާރަށާއި ހުއްދަ ހޯދައިގެން ހައްޖަށް މީހުން ގެންދާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ މަގު ފަހި ކޮށްދިނުމަށެވެ.

މިއަހަރުވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދެ މިލިއަން މީހުން ދާނެއެވެ. ދިވެހިރާއްޖެއިން މިއަހަރު 1000 ހައްޖާޖީން ހައްޖުވުމަށް ސައުދީއަށް ދަތުރުކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނީޝިއާ ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަދަހަ ކިޔާ ވީޑިއޯ އެއް ވައިރަލް ވެއްޖެ

އިންޑޮނީޝިއާ ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަދަހަ ކިޔާ ވީޑިއޯ އެއް ވައިރަލް ވެއްޖެ

23 އޯގަސްޓު 2017
މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!

މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!

21 އޯގަސްޓު 2017
ތާރީޚީ ގޮތުން ހައްޖު

ތާރީޚީ ގޮތުން ހައްޖު

18 އޯގަސްޓު 2017
ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި

ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި

15 އޯގަސްޓު 2017
ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!

ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!

14 އޯގަސްޓު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު