Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމް

ރައްޔިތުން ތަމްސީލްކުރަން ގިނަ މީހުން ކައުންސިލްގައި ތިބޭކަށް ނުޖެހޭ، ކައުންސިލްގެ ސައިޒްކުޑަކުރަން ހުށަހަޅާނަން - ރައީސް ޑރ.މުއިއްޒު

ގިނަ އަދަދެއްގެ ކައުންސިލަރުން ތިއްބެވުމުން ދައުލަތުގެ ބަޖެޓުން އެ ފަރާތްތަކަށް މުސާރަ ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖުލައި 2024 | ހޯމަ 01:50
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައްޔިތުން ތަމްސީލްކުރަން ގިނަ މީހުން ކައުންސިލްގައި ތިބެން ނުޖެހޭ ކަމަސާއި ކައުންސިލްގެ ސައިޒްކުޑަކުރަން ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުން ތިއްބެވުމުން ދައުލަތުގެ ބަޖެޓުން އެ ފަރާތްތަކަށް މުސާރަ ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަަމަށެވެ. އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތައް ނުކަތާ މިންވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ ޚާރަދު ބޮޑު ނިޒާމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ރަށެއްގެ 300 މީހުން 500 މީހުންގެ ރަށެއްގައި 3 މީހުން 5 މީހުން ހޮވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި އާބާދީތައް ހުންނަ ރަށްރަށުގައި ކައުންސިލުގައި ރައީސާއި ނައިބު ރައީސް ތިބުމުން ފުދޭނެ ކަމަށާއި އާބާދީގެ މިންވަރަށް ބެލުމަށް ފަހު އެއަށް ވުރެ ކުޑަ ތަންކޮޅެއް މެމްބަރުން ކައުންސިލަށް އިތުރުކުރުން އެންމެ ރަނގަޅުކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޓީތަކުގައި އެހެން ހިސާބުތަކަށް ވުރެ އިތުރަށް ކައުންސިލް މެމްބަރުން ތިބުން ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވަނީ އަތޮޅު ކައުންސިލްތައް ހޮވާގޮތަކީ މާނައެއް ނެތް ގޮތެއް ކަމަށް ސިފަކުރައްވާފައެވެ. މިހާރު އެކަން ކުރާ ގޮތުން އަަތޮޅު ކައުންސިލަރުން ވާހަކަދައްކަނީ ވަކި ރަށެއްހެ މަސްލަހަތުގައި އެކަނި ކަމަށާއި އެ ނިޒާމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިގޮތަށް ކަންކަން ބަދަލުކުރުމުން ލާމަރުކަޒީ ނިޒާމް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ހިނގާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ނިޒާމް ޚަރަދުކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަމުގެ ސަބަބުން ބަޖެޓުން ބޮޑު ބައެއް ޚަރަދު ކުޑަ ވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅުތަކަކީ ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑުވާލުން ކަމަށް ބައެއް އާއްމުންނާއި ސިޔާސީ ފަރާތްތަކުން ވެސް ދަނީ ސިފަކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ. އަދި ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކައުންސިލްތަކުގެ ސައިޒް ބޮޑުވެގެން އެކަން ބަދަލުކުރައްވާނެކަން ރައީސް ހާމަކުރެއްވި އިރު މި ސަރުކާރުން ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އެއް އުފައްދާފައެވެ. އެ ވުޒާރާ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މަސައްކަތްތައް ދާދި އެއްގޮތްވުމުން އެއީ ސަރުކާރުން ކުރާ ބޭކާރު ޚަރަދެއްގެ ގޮތުގައި ބައެއް އާއްމުން ދަނީ ސިފަކުރަމުންނެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމް ފުނޑާލާކަމަށް ބުނެ އާއްމުން ދަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު