Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ޚާން ޔޫނިސްގެ "ރައްކައުތެރި ސަރަހައްދު" އަކަށް އިޒްރޭލް ސިފައިން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ 12 މީހުން މަރާލައިފި

މި ހަމާލާގައި އެއް އާއިލާގެ ނުވަ މެމްބަރުން މަރުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 04:41
ޔަހޫދީ ސިފައިން ގާޒާ އަށް އަރާ ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ދަނީ މަރުވަން (ފައިލް ފޮޓޯ)

ޔަހޫދީ ސިފައިން ގާޒާ އަށް އަރާ ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ދަނީ މަރުވަން (ފައިލް ފޮޓޯ)

ޚާން ޔޫނިސްގެ "ރައްކައުތެރި ސަރަހައްދު" އަކަށް އިޒްރޭލް ސިފައިން އަންގާރަ ދުވަހު ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ 12 މީހުން މަރާލައިފިއެވެ.

މި ހަމާލާގައި އެއް އާއިލާގެ ނުވަ މެމްބަރުން މަރުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވެއެވެ.

އިޒްރޭލުން އަންގަމުންދަނީ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުން މީހުން ވަގުތުން ފައިބައިގެން ދިއުމަށެވެ. އެއާ އެކު ގެދޮރު ދޫކޮށްލަން ޖެހުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަގުމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އދ. އިން ލަފާ ކުރާ ގޮތުގައި ޚާން ޔޫނިސް އިން މީހުން ފައިބަން އިޒްރޭލުން އޯޑަރު ނެރުމުން މަދުވެގެން 250،000 މީހުން މަގުމަތިވެ ވަޒަން ގެއްލިފައިވާ މީހުންގެ ގޮތުގައި ވެގެން ދާނެއެވެ. ޚާން ޔޫނިސް އިން މީހުން ނުކުންނަން އިޒްރޭލުން އަންގަމުން ދާއިރު، މިހާރުވެސް ފަލަސްތީނުގެ 1.9 މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަކީ އަމިއްލަ ވަޒަން ގެއްލިފައިވާ މީހުންގެ ގޮތުގައި އދ އިން އަންދާޒާ ކުރެއެވެ.

ޚާން ޔޫނިސް އިން މީހުން ފައިބަން އެންގުމާއެކު އެ ސަރަހައްދުގެ ޔޫރަޕިއަން ހޮސްޕިޓަލުގައި ފަރުވާ ހޯދަން އެނދުމަތި ކޮށްފައި ތިބި ޒަޚަމްވެފައިވާ މީހުންނާއި ބަލި މީހުން މަޖުބޫރު ވެގެން ހޮސްޕިޓަލުން ވަނީ ނެރެފައެވެ. ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގައި ބާކީ މިހާރު ތިބީ އެންމެ 3 މީހުންނެވެ.

އިޒްރޭލުގެ ހަމަލާތައް ދޭ ތަނަކަށް ހޮސްޕިޓަލް ނުހެދުމަށް ޑަބްލިޔުއެޗްއޯ އިން އިޒްރޭލުގެ ކިބައިން އާދޭސް ކުރަމުންދާ ކަމަށް ޑަބްލިޔުއުޗްއޯގެ މަންދޫބް އާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން، ހުޅަނގު އައްސޭރީގެ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށްވެސް މި ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލް ސިފައިން ވައިގެ މަގުން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާގައި އެ ކޭމްފުގައި ދިރިއުޅޭ 6 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނަކާ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ޔަހޫދީ ސިފައިން ގާޒާ އަށް އަރާ ދެމުންދާ ހަމަލާތަކުގައި ހުސްވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 37،925 މީހުން ވަނީ ފަލަސްތީނުން މަރުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު 87،141ށް ވަނީ އަރާފައެވެ. މި މުއްދަތުގައި ފަލަސްތީނުގެ ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޚާން ޔޫނިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު