Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ޖަލުގައި މީހަކު ނިޔާވުން

ޖަމީލުގެ މަރުގެ މައްސަލައިގައި ހިންގާނީ ވަށާޖެހޭ ތަހުގީގެއް، އިހުމާލުވެފައިވޭތޯ ބަލާނަން - ފުލުހުން

ޖަމީލަށް ދޭން ޖެހޭ ބޭސްފަރުވާގެ ކަންކަން ވެސް ބަރާބަރަށް ފުރިހަމަކޮށްފައިވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ޖޫން 2024 | ހޮނިހިރު 14:56
 ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ޝަރީޢަތް ނިމެންދެން މާފުށީ ޖަލުގައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލުގެ މަރުގެ މައްސަލައިގައި ހިންގާނީ ވަށާޖެހޭ ތަހުގީގެއް ކަމަށާއި، އޭނާ އާއި މެދު އިހުމާލުވެފައިވޭތޯ ބަލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ އޭނާގެ މަރާއި މެދު ޝައްކު ކުރެވޭ ކަމެއް ހުރި ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަ ނުވާ ކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑުގައި އަނިޔާތަކުގެ ނިޝާންތަކެއް ހުރި ނަމަވެސް އެއީ އަނިޔާކޮށްގެން ލިބުނު ނިޝާންތަކެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އަށް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ އެއް ދީފައިވާކަން ޔަޤީންކުރުމަށް ކުރީގެ ފުޓޭޖްތައް ބަލާފައިވޭތޯ ސުވާލުކުރުމުން ފުލުހުން ބުނީ މި މައްސަލަ އަކީ އަދި ތަހުގީގު ކުރިއަށްދާ މައްސަލަ އެއް ކަމަށެވެ. އަދި ޖަލުގެ ފުޓޭޖް ބަހައްޓާފައި ހުންނަނީ 7 ދުވަސް ވަންދެން ކަމަށާއި އެ ހުރިހާ ފުޓޭޖެއް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖަމީލް އާއި މެދު އިހުމާލުވެފައިވޭތޯ ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ ކަަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގަައި ޖަމީލުގެ މަރާއި މެދު ސުވާލު އުފެއްދޭނެ އެއްވެސް ކަމެއް ނުބެހެއްޓުމުގެ ގޮތުން ފުލުހުންގެ ތަހުގީގަށް ބެލެން ހުރި ހުރިހާ ކަމެއް ބަލަމުންދާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ. އެގޮތުން ޖަމީލްގެ ސީޓީ ސްކޭނެއް ވެސް ހަދާފައިވާނެ ކަމަށާއި އޭގެ ނަތީޖާ އިން ވެސް އިތުރު ކަންތައްތަކެއް ފާހަގަވޭތޯ ބަލާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޖަމީލްގެ ފޮޓޯތަކުގައި ހަށިގަނޑުގެ އެކި ތަންތަނަށް ލޭ ކުލަ އަރާފައިވާ މަންޒަރު ފެނުނު ނަމަވެސް އެއީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑު ޑީކޮމްޕޯސްވަމުންދާއިރު އާއްމުކޮށްވެސް ފެންނަ ނިޝާންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެކަން އެގޮތަށް ދިމާވަނީ ހަށިގަނޑުގެ ގުދުރަތީ ލޭ ހިނގުމުގެ ނިޒާމު މީހާ ނިޔާވުމުން، އެއް ދިމާލަކަށް ލޭ ޖަމާވުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޖަމީލަށް ދޭން ޖެހޭ ބޭސްފަރުވާގެ ކަންކަން ވެސް ބަރާބަރަށް ފުރިހަމަކޮށްފައިވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލް އެވެ. އޭނާ ނިޔާވީ ހުކުރު ދުވަހުއެވެ. ހޮނިހިރު ދުވަހު ފުލުހުންވަނީ މުހައްމަދު ޖަމީލް ގޮޅީގައި ހޭދަކުރި ފަހު ވަގުތުތައް ފެންނަ ސީސީޓީވީ ފުޓޭޖްވެސް ނޫސްވެރިންނަށް ދައްކާލާފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު