Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސަށް ސިހުރުހެދިކަމަށް ކުރާ ތުހުމަތު

ޝަމްނާޒް މަޤާމުން ވަކިކޮށް، ރަމީޒް ސަސްޕެންޑްކޮށްފި

27 ޖޫން 2024 | ބުރާސްފަތި 14:42

ޝާމްނާޒް މަޤާމުން ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖޫން 2024 | ބުރާސްފަތި 14:42
ޝަމްނާޒް އަދި ރަމީޒު. އެކުގައި ނަގާފައިވާ ފޮޓޯ އެއް

ޝަމްނާޒް އަދި ރަމީޒު. އެކުގައި ނަގާފައިވާ ފޮޓޯ އެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާތިމަތު ޝަމްނާޒް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ވަކިކޮށް، އޭނާގެ ކުރީގެ ފިރިމީހާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަޒީމު ވަޒީރުކަމުން ސަސްޕެންޑްކޮށްފިއެވެ.

ރަމީޒަކީ މީގެ ކުރިން ރައީސް ޑރ.މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ރަމީޒު ސަސްޕެންޑްކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލަ އަކާއި ގުޅިގެންކަން އަދި ހާމައެއް ނުކުރެއެވެ.

ޝަމްނާޒް މަޤާމުން ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އޭނާ މިހާރު ހިމަނާފައި ވަނީ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ.

ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅގެން ކުރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ޖޫން 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަނެއް ދެމީހުންގެ މައުލޫމާތެއް ފުލުހުން ހާމަނުކުރެއެވެ.

އަދި މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. އަދި އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިންނެވެ. އަދި އެގެއިން ފުލުހުން ބައެއް ސާމާނުވެސް ވަނީ ގެންގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ގާތްވުމަށް ސިހުރި ހެދިކަމުގެ ތުހުމަތުވެސް ޝަމްނާޒުގެ މައްޗަށް ވަނީ ކޮށްފައެވެ. ޝަމްނާޒު އަކީ ރައީސް އޮފީހުގެ މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ގާތް އެއް ބޭފުޅާކަމުގައިވާ އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން އަދި މި ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ފުރަތަމަ މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ މުލީއާގޭގައެވެ. ނަމަވެސް ފަހުން އޭނާ ބަދަލުކޮށްފައިވަނީ ތިމާވެއްޓާ ބެހޭ ވުޒާރާއަށެވެ. ތިމާވެއްޓާބެހޭ ވުޒާރާއަށް އޭނާ ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލަވަކިޔުއްވާ ވީޑިއޯތަކެއް އާންމުވި ފަހުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއާއެކު ބައެއް ފަރާތްތަކުން ބުނެފައިވަނީ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ތިމާވެއްޓާ ބެހޭ ވުޒާރާއަށް ބަދަލުކުރީ އެ ވީޑިއޯ އާންމުވިފަހުން ރައީސްގެ އަނބިކަނބަލުން އެކަމާއި ހިތްހަމަޖެހިވަޑައިނުގެންއެވެ. އަދި އެ ވީޑިއޯ އާންމުކުރީ ޝަމްނާޒް ކަމަށްވެސް އަޑުތައް ފެތުރުނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
09 މާރިޗު 2017

މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި

09 މާރިޗު 2017
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި
09 މާރިޗު 2017

މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި

09 މާރިޗު 2017
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް