Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ކޭން ލިނެކާ އަށް: ފާޑުނުލިޔައި އެހީތެރިވެދީ

ފާޑުނުކިޔައި ގައުމީ ޓީމަށް ހިތްވަރުދީ މެޗުތައް ކާމިޔާބުކުރުމަށް އެހީތެރިވެދޭން ކުރީގެ އެއްވަނަ ފޯވަޑް ގެރީ ލިނެކާ އަށް އިނގިރޭސި ގައުމީ ކެޕްޓަން ހެރީކޭން ގޮވާލައިފި.

ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 11:51
ގެރީ ލިނެކާ އާއި ހެރީ ކޭން (ކ)

ގެރީ ލިނެކާ އާއި ހެރީ ކޭން (ކ)

ފާޑުނުކިޔައި ގައުމީ ޓީމަށް ހިތްވަރުދީ މެޗުތައް ކާމިޔާބުކުރުމަށް އެހީތެރިވެދޭން ކުރީގެ އެއްވަނަ ފޯވަޑް ގެރީ ލިނެކާ އަށް އިނގިރޭސި ގައުމީ ކެޕްޓަން ހެރީކޭން ގޮވާލައިފި އެވެ.

ކޭން މިފަދައިން ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސީން ދައްކަމުން އަންނަ ކުޅުމަށް ކުރީގެ ކުޅުންތެރިންނާއި އިނގިރޭސި މީޑިއާތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދަނިކޮށެވެ. ލިނެކާ އަކީ މީޑިޔާގައި ޝޯތައް ހުށަހަޅައިދީ ގައުމީ ޓީމުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ މީހެކެވެ. އޭނާ އަކީ ގައުމީ ޓީމަށް 1984 އިން 1992 އަށް 80 މެޗުން 48 ގޯލު ޖަހައިދީފައިވާ ފޯވަޑެކެވެ. އޭނާ އެންމެ ފަހުން ބުނެފައިވަނީ އިނގިރޭސި ކުޅުންތެރިންގެ ގުޅުން ރަނގަޅު ނޫން ކަމަށާއި ޓީމުގެ ތެރޭގައި އެއްބައިވަންތަކަން ވެސް ކުޑަކަަށެވެ. އަދި ކޯޗު ގެރެތް ސައުތުގޭޓާއި އިނގިރޭސި ކުޅުންތެރިންގެ މެދުގައި ވެސް މައްސަލައުޅޭ ކަމަށެވެ.

މިވާހަކަތައް ދޮގު ކުރަމުން ކޭން ބުނެފައިވަނީ މިފަދަ ވާހަކަތަކުން ދެރަ ލިބޭނީ އިނގިރޭސިންނަށް ކަމަށާއި ކާމިޔާބު ލިބުނަސް ނުލިބުނަސް މުޅި ގައުމުގެ އެންމެން އެކަމެއްގައި ބައިވެރިވާނެ ކަމަށެވެ.

ކޭން ބުނީ މީޑިއާތަކުން ދައްކާ ކޮންމެ ވާހަކައަކީ ތެދެއްނޫން ކަމަށާއި ޓީމުގެ ކުޅުންތެރިން އެކަކު އަނެކާމެދު މައްސަލަ އުފައްދައިގެން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ކުޅުންތެރިން ވެސް ތިބީ ސްލޮވީނިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން މޮޅުވެ ގްރޫޕުގެ ކުރި ހޯދަން އަމާޒު ހިފައިގެން ކަމަށެވެ.

ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗުން އިނގިރޭސިން ބަލިވެއްޖެނަމަ ޔޫރޯގެ ދެ ވަނަ ބުރުގައި ގަދަ ޓީމަކާ ކުޅެން ޖެހުން ގާތެވެ. އިނގިރޭސިންނަށް އެންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ނުޖެހި ފަރުޖެހޭނީ ގްރޫޕުގެ ކުރި ހޯދިގެންނެވެ. އެކަންވާނީ މިރޭގެ މެޗު ކާމިޔާބުކޮށްގެންނެވެ.

ޔޫރޯ 2024 (ޖަރުމަނު)

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
07 ޖުލައި 2024

ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ

07 ޖުލައި 2024
ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ
07 ޖުލައި 2024

ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް

07 ޖުލައި 2024
ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް
07 ޖުލައި 2024

ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް

07 ޖުލައި 2024
ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް
07 ޖުލައި 2024

ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!

07 ޖުލައި 2024
ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!
07 ޖުލައި 2024

ފުއެންޓޭ ސްޕެއިން ސިފަ ކުރީ މޮޅުވާ އަހެއްގެ ގޮތުގައި!

07 ޖުލައި 2024
ފުއެންޓޭ ސްޕެއިން ސިފަ ކުރީ މޮޅުވާ އަހެއްގެ ގޮތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު