Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ޕްރިންސް ވިލިއަމްގެ އިނގިރޭސި ޓީމަށް: މޮޅުނުވުމަކީ ދުނިޔެ ނިމުމެއް ނޫން

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޕްރިންސް ވިލިއަމް ޓީމަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވައިފި.

ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 11:05
ޕްރިންސް ވިލިއަމް އިނގިރޭސި ބައެއް ކުޅުންތެރިންނާ އެކު

ޕްރިންސް ވިލިއަމް އިނގިރޭސި ބައެއް ކުޅުންތެރިންނާ އެކު

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޕްރިންސް ވިލިއަމް ޓީމަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވައިފި އެވެ.

ޖަރުމަނުގެ ފްރޭންފަޓްގައި އިނގިރޭސިންނާއި ޑެންމާކް ކުޅުނު މެޗަށް ފަހު އޭނާ ވަނީ ސީދާ ޗޭންޖިމް ރޫމަށް ވަޑައިގެންނަވާފަ އެވެ. އަދި ކުޅުންތެރިން ގާތުގައި ވިދާޅުވީ ޑެންމާކް މެޗުން މޮޅު ނުވުމަކީ ދުނިޔެ ނިމުން ނޫން ކަމަށެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ ވިލިއަމް ވަނީ ކުޅުންތެރިންނާ ވާހަކަ ދައްކައި ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައި ކަމަށެވެ. އަދި އެއަށްފަހު ޓީމު ތިބޭ ކޭމްޕްގައި ކޯޗު ގެރެތް ސައުތުގޭޓްއާ ވަކި ބައްދަލުކޮށް މަޝްވަރާކުރެއްވި ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ވިލިއަމް ޓީމަށް ހިތްވަރު ދެއްވާފައިވީ ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗު ބައްދަލަވަން ދަނޑަށް ވަޑައިގަންނަވާނެކަން ޔަގީނެއްނޫނެވެ. މި މެޗުން އިނގިރޭސިން މޮޅުވެގެން ނޫނީ މުބާރާތުގެ ގަދަ 16ގައި ގަދަ ޓީމަކާ ވާދަކުރަން ޖެހުން ނިމުމަކަށް ނުގެނެވޭނެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް އިނގިރޭސިން ދަތުރުކުރި ނަމަވެސް އެގައުުގެ މީޑިއާތަކުން ދަނީ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަބަބަކީ މުބާރާތުގައި މިހާތަނަށް ދައްކާފައިވާ ގޯސް ކުޅުމެވެ. ގިނަ މީޑިއާތަކުން ބުނަނީ އިނގިރޭސިންގެ ކިބައިގައި މުބާރާތް ކާމިޔާބުކުރެވޭހާ ފެންވަރު ނެތް ކަމަށެވެ.

އިނގިރޭސިން މުބާރާތުގައި މިހާތަނަަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސާބިއާ އަތުން މޮޅުވީ 1-0އިންނެވެ. އަދި ޑެންމާކް މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. މިހެންވެ މިރޭގެ މެޗުން ބަލިވެއްޖެނަމަ އިނގިރޭސިން ގްރޫޕުގެ ތިން ވަނަ އަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޔޫރޯ 2024 (ޖަރުމަނު)

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު