Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ މަރުގެ މައްސަލައިގައި ސިފާމް އުމުރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފު ކޮށްފި

އިސްތިއުނާފީ 2 ނުކުތާއެއް ހުށަހަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖޫން 2024 | ހޯމަ 10:20
ޒިޔަދަމް މަރާލުމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައި

ޒިޔަދަމް މަރާލުމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައި

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި 7 އަހަރަށްފަހު ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުޙައްމަދު ޝަނޫން މަރަން ޙުކުމްކޮށް، އެކަމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ސިފާމްގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވެ, ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ޤާނޫނު ނަންބަރު 17/2020 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާ ތަތުބީޤު ކުރުމުގައި ގޯހެއް ހަދާފައިވާކަމަށް ދެވަނަ އިސްތިއުނާފީ ނުކުތާގައި ވަކީލު ވިދާޅުވިއެވެ.

ސިފާމްގެ ވަކީލު ވިދާޅުވީ، އެކަމުގެ ސަބަބުން އޭނާގެ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އިސްތިއުނާފަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވަނީ ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ކަނޑައަޅައި ދެއްވުމަށް އެދިފައެވެ.

ސިފާމްގެ މައްޗަށް ގަސްތުމަރު ސާބިތުނުވިނަމަވެސް، އޭނާ އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ޒިޔަދަމްއަށް ސަލާމަތްވާން ލިބުނު ފުރުސަތުތައް ހަނިވެގެން ދިޔަކަމަށް ދައުލަތުން ދަށު ކޯޓުގައި ވަނީ ބުނެފައެވެ.

އެނާގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަ އަދި އެންމެ މަތީ ދަރަޖައިން އަދަބު ކަނޑައެޅޭ ޙާލަތުގައިކަމަށްވާތީ ދަށު ކޯޓުން ގާޒީ ވަނީ އޭނާގެ މައްޗަށް ސާބިތުވި ކުށަށް ކަނޑައެޅޭނެ އެންމެ މަތީ އަދަބުކަމަށްވާ 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. 

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްހައި ކޯޓު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު