Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް-ޕީއެންސީ ޖަލްސާ

އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް

އަބްދުއްރަހީމަށް ޕީއެޗްޑީ ކިޔަންވެސް ނޭނގޭ

ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 20:50
މަލީހް ވިދާޅުވީ، ތަޢުލީމާއި އުނގެނުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ހާމަކޮށް އަބްދުއްރަހީމް ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ބިރުވެރި ވާހަކައެއް ކަމަށް

މަލީހް ވިދާޅުވީ، ތަޢުލީމާއި އުނގެނުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ހާމަކޮށް އަބްދުއްރަހީމް ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ބިރުވެރި ވާހަކައެއް ކަމަށް

އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަނެ މެންދުރު ގެއަށް ދާއިރު ޕާޓީ އޮފީހުން ފެންކޭސް ގެއަށް ގެންގޮސް އެ ބޮއެގެން އުޅުނު މީހެއް ކަމަށް މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހް ވިދާޅުވީ "އަދުރޭއަށް މިކަން ދޮގު ނުކުރެވޭނެ." ކަމަށެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް ވަނީ އާދިއްތަ ދުވަހުގެ ރޭގެ ޖަލްސާގައި އޭރު ޕީޕީއެމް-ޕީއެންސީ ކޯލިޝަން އަށް ލިބުނު ފައިސާ ރައީސް ޔާމީން މުޅިން ބޭނުން ކުރެއްވި ކަމަށް ދޭހަވާ ގޮތައް ވާހަކަ ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަބްދުއްރަހީމަށް ރައްދުވާ ގޮތައް ކުރިން ކޮމިއުނިކޭޝަން ވަޒީރުކަން ކުރެއްވި މަލީހް މިހެން ވިދާޅުވިއިރު، އާދިއްތަ ދުވަހުގެ ރޭ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީން އަށާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަލީހް ޖަމާލް އަށާއި ޑރ މުހައްމަދު ޖަމީލަށް ނިސްބަތްކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ފިނިކޮޓަރީގައި ގޭގައި ތިއްބަވައިގެން ބައިކިލޯ ހަމަނުވާ ދެތިން މީހުން ނެރެގެން ޕީއެންސީއާ ބެހެން ނޫޅުމަށް އެބޭފުޅުންނަށް ނިސްބަތް ކޮށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވެރިކަމަށް އަންނަން ޖެހޭނީ ވަކިފާހެއް އޮވެގެންނެއް ނޫން ކަމަށް ވިދާޅުވެ އަބްދުއްރަހީމް ގެ ވާހަކަ ކުރިއަށް ގެންދަވަމުން، ކުރިން ރާއްޖޭގެ ނައިބު ރައީސް ކަމާއި، ވަޒީރު ކަމުގެ މަގާމު ފުރުއްވާފައިވާ ޑރ. މުހައްމަދު ޖަމީލަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ޕީއެޗްޑީ އޮވެގެން ވީކަމެއް ނެތް ކަމަށާއި، ދުވަހަކު އެ ބޭނުންވާ ކަމެއް ޑރ. ޖަމީލަށް ހާސިލެއް ނުވި ކަމަށެވެ.

"ކީއްކުރާ ޕީއެޗްޑީ އެއް މި." އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންގެ ހިތުގައި ގަދަރު ނެތީއެއް ނޫނޭ، އެކަމަކު ތި މަލީހް އާ ޖަމީލް އާ ދެމީހުން ބަލައެއް ނުގަނެއޭ، އެމީހުން ގޮވައިގެން ތިކުރާ މަސައްކަތަކުން ކުރިއެރުމެއް ނެތޭ، އެއީ މިގައުމުގެ ރައްޔިތުން ދަންނަ ބައެއް ނޫނޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ މި ވާހަކައަށް ރައްދު ދެއްވާ "އެކްސް" ގައި މަލީހް ވިދާޅުވީ، ތަޢުލީމާއި އުނގެނުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ހާމަކޮށް އަބްދުއްރަހީމް ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ބިރުވެރި ވާހަކައެއް ކަމަށެވެ.

"ޕީއެޗްޑީ ކިޔަންވެސް އަދުރޭއަށް ނޭގޭނެ. ތައުލީމަކީ ކޯއްޗެއްކަން އަދުރޭއަށް އެނގޭނީ ސްކޫލަށް ދިޔާމަ. ޖާހިލުކަމަކީ ނުރައްކާތެރި ކަމެއް." މަލީހް ކުރެއްވި ޕޯސްޓްގައި އަބްދުއްރަހީމަށް ރައްދުކޮށް ވިދާޅުވެފައިވެއެވެ.

މަލީހު ޖަމާލްޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ޕީޕީއެމް-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު