Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

ދިމާވާ ގިނަ މީހުންގެ ބަހަކީ މިހާރު ކަމުނުދާ ވާހަކައެވެ. އެއްގޮތަކަށްވެސް ރަނގަޅު ނޫން ވާހަކައެވެ. ކުރެވުނު ކަންކަތަކާމެދު ދެރަވެއޭ ބުނާ މީހުންވެސް މަދެއް ނޫނެވެ. ބަދަލަކަށް ކުރެވުނު ކަންތަކުގެ ނަތީޖާ ބަލައިގަންނަން ދަތިވެއްޖެ ވާހަކައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 ފެބުރުއަރީ 2025 | ހޯމަ 07:05
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

މީހުން ބުނެއެވެ. ގެންދަވާނީ ދައްކަވާނެ ތަނެއް ދައްކަވާފައެވެ. އެއީ އިލާހީ ގާނޫނެވެ. މަތިން ގަޑިޖެހުނީމާ ލަހެއް ފަހެއް ނުވެ އެކަން ވެދެއެވެ.

އެބީދައިން ބަލާއިރު އޭގެ ދިރިހުރި އެއް މިސާލަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ނުވަތަ އަދުރޭއެވެ.

ގިނަބަޔަކަށް އެނގޭ ގޮތުގައި އަދުރޭގެ ސިޔާސީ ކާމިޔާބުގެ ފެށުމަކީ ރައީސް ޔާމީނެވެ. ޑީއާރުޕީ ތެރެއިން ފެންނަން ފެށި އަދުރޭގެ ސިޔާސީ ކާމިޔާބީތަކާ ގުޅިފައިވަނީ ރައީސް ޔާމީނެވެ. އެހެންކަމުން އަދުރޭ ވެގެން ގޮސްފައިވަނީ ރައީސް ޔާމީންދެކެ ނުހަނު ލޯބިވި ބޭފުޅަކަށެވެ. ޚާއްސަކޮށް ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު އެންމެބޮޑަށް ދެރަފުޅުވި އެއްބޭފުޅަކީ އަދުރޭއެވެ. އަދުރޭ އޭރު ކީރިތި ކުރެއްވިއެވެ. އެމަނިކުފާނުގެ ދިފާއުގައި މުޒާހަރާއަށް ވަޑައިގެންނެވިއެވެ. ޝަރީއަތްތައް ލައިވްކޮށް އަޑުއައްސަވަން ކޯޓަށް ވަޑައިގެންނެވިއެވެ. އަދި އަދުރޭގެ އޭރުގެ ހާލަތު ކުރުކޮށް ސިފަކުރައްވާނަމަ އެންމެ ފަސޭހަ މިސާލަކީ އަދުރޭ ވިދާޅުވި ވާހަކަފުޅެވެ. "ޔާމީންގެ ބަދަލުގައި ޖަލުގައި އޮންނަވަން ތައްޔާރު" ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ބަދަލުވީ ކުއްލިއަކަށެވެ. ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް ޕީއެންސީގެ ޓިކެޓް ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންނެވުމާއެކު އަދުރޭގެ އުޅުއްވުމާއި ރާގު އެކޮޅުކޮޅުން ޖެހުނެވެ. މުޅިން ބަދަލުވިއެވެ. ރައީސް ޔާމީން ދޫކޮށްލައްވާ ރަނގަޅަށް މުއިއްޒު ވެލެއްވިއެވެ. އެންމެ ބާރުގަދަ އަދި އެންމެ އަރިސް މީހާގެ ގޮތުގައި ހުންނެވީކީ އެކަންޏެއް ނޫނެވެ. ރަތްމަހަކަށް ނުގޮވާވަރަށް ރައީސް ޔާމީނަށް ބަސްވިދާޅުވާން ފެށްޓެވިއެވެ. ރައީސް ޔާމީނާ ނުލައި ނޫޅެވުނު އަދުރޭ ރައީސް ޔާމީން ދުކޮށްލައްވައި ސިޔާސީ ހަތުރަކަށް ހެއްދެވިއެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ގެންނެވުމަކީ މާކުރިން ރޭވި، ވަކި އިންތިޒާމަކުން ކުރެއްވި ކަމެއްކަމށް ވިދާޅުވެ އެތައް ބަޔަކަށް ނޭނގޭ ބޮޑު ސިއްރު ހާމަކޮށްލެއްވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އަދި މިއުޅެނީ ވެރިކަމަށް ދެއަހަރު ނުވެއެވެ. އަދުރޭ މިއަދު އެހުރީ ބާކީވެފައެވެ. ގަދަބަސްވިދާޅުވެފައި އުޅުއްވި މަޖިލީހުގެ ރައީސް މިއަދު އެހުރީ "ނަގޫ ފިތިފަ"އެވެ. ހެދިހާ އެއްޗެއް ހެދޭހާ ކުޑަވެފައެވެ. ދިފާއުގައި ބަހެއްވިދާޅުވާން ކެރިވަޑައި ނުގަންނަވާވަރަށް ސައިޒްކޮށްފައެވެ. ނުވަތަ ސައިޒްވެފައެވެ. ނުގޮތަކަށް ކުޑަވައި އިނގިލި ހިއްލާލިއަސް ދެންވާނެގޮތް އެނގޭހާލު ހަމަހިމޭންވެފައެވެ.

ދައްކާން މިއުޅެނީ އެވާހަކައެއް ނޫނެވެ. އަދުރޭގެ އެސައިޒްވުން ނުވަތަ އެސައިޒްކުރުމާ ގުޅިފައިވާ އަނެއް ހަގީގަތުގެ ވާހަކައެވެ. ބާރުގަދަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނަށް ވާނެ ގޮތެވެ. އަދުރޭވެސް އެހާލަތާ ކުރިމަތިލާން ޖެހިވަޑައިގަތީ އަދުރޭ ރައީސަކަށް އިންނަވައިގެން މެންބަރުންގެ ގޮނޑިގެއްލުވާލުމުގެ ބާރު ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް އަމިއްލައަށް ހިލޭ ދޫކޮށްލެއްވި ދޫކޮށްލެއްވުމެވެ. އެދަންމަޅި ޖެހީ އެބޭފުޅުން އަމިއްލައަށެވެ. ފުރަތަމަ އެވައްޓާލެވުނީ އެންމެ އިސްކޮށް ރިޔާސަތުގައި އިންނެވި އަދުރޭގެ ކަރަށެވެ. އިސާހިތަކު އަދުރޭގެ މަޖިލިސް ރައީސް ކަމާއި މަޖިލިސް މެންބަރު ކަމުގެ ގޮނޑި ގެއްލިދާނެއެވެ. ހަމަ އެމޭރުމުން ޕީއެންސީގެ ދެންތިބި މެންބަރުންނަށް ވެގެން ދާނީ އިބުރަތަކަށެވެ. އެވެރިންގެ ގޮނޑި މުޅި ދައުރު ނިމެންދެން އޮންނާނީ ދެފެންދޭތެރޭގައެވެ. ނުމިޔަ ނުދިރިއެވެ. ސުވާލު މާކެއްގެ ތެރޭގައެވެ. ދީނަކީ އިސްލާމްދީނެއް ނޫނޭ ބުނާށޭ ބުންޏަސް އެގޮތައް ވޯޓު ނުލައިފިނަމަ ގޮނޑި ގެއްލުމަކީ ފެންތައްޓެއް ބޮއެފައި ވައެއް ލުން ފަދަ ފަސޭހަ ކަމަކެވެ.

ކޮންމެއަކަސް އަމިއްލައަށް ފޭހުނު އިލޮށިގަނޑު އެއަމާޒުވީ ސީދާ އަމިއްލަ ލޮލަށެވެ. ޖެއްސެވި މަޅި އެމެހުނީ އަމިއްލަ އަރަށެވެ. މިއަދު މުއިއްޒުގެ ސައިޒުން ސިފަކޮށްދެނީ ދެން ތިއްބެވި މެންބަރުންނަށް އިންޒާރަކަށެވެ.  

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
28 ޖެނުއަރީ 2025

ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

28 ޖެނުއަރީ 2025
ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް
24 ޖޫން 2024

އަބްދުއްރަހީމް ކުރުދޮށިން ރައީސް ޔާމީނަށް ދެއްވުން: މަޖާ އާ ފިލްމެއްގެ ފެށުން

24 ޖޫން 2024
އަބްދުއްރަހީމް ކުރުދޮށިން ރައީސް ޔާމީނަށް ދެއްވުން: މަޖާ އާ ފިލްމެއްގެ ފެށުން
23 ޖޫން 2024

އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް

23 ޖޫން 2024
އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު