Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

މަކަރުވެރި ރޭވުމެއްނެތް، ކުޅޭނީ މޮޅުވާން: ނާގެލްސްމަން

މަކަރުވެރި ރޭވުމެއް ނެތް ކަމަށާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލޭންޑާ ދެކޮޅަށް ޖަރުމަނު މިރޭ ނުކުންނާނީ މޮޅުވާން ކަމަށް ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި.

ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 09:24
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

މަކަރުވެރި ރޭވުމެއް ނެތް ކަމަށާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލޭންޑާ ދެކޮޅަށް ޖަރުމަނު މިރޭ ނުކުންނާނީ މޮޅުވާން ކަމަށް ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

މި މެޗަށް ނުކުންނައިރު ޖަރުމަނު ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ސްވިޒަލޭންޑަށް ދެ ވަނަ ލިބެނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. މިހެންވެ އެއްވަނައިން ޖަރުމަނު ކަޓާނީ ބަލިވެއްޖެނަމަ އެކަންޏެވެ.

މެޗާ ގުޅުވައި ބައެއް ފަރާތްތަކުން ބުނަމުންދަނީ ޖަރުމަނުން މެޗު ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. ސަބަބަކީ މުބާރާތުގެ ގަދަ 16ގައި ގްރޫޕް ސްޕޭނާ ވާދަކުރަން ޖެހިދާނެތީ ކަމަށެވެ. މުބާރާތުގެ ޓޭބަލް އޮތްގޮތުން ޖަރުމަނު ހިމެނޭ ގްރޫޕް އޭގެ އެއްވަނަ ޓީމަށް ކުއާޓާ ފައިނަލަށް ދެވޭނީ ދެ ވަނަ ބުރުގައި ގްރޫޕް ބީގެ ދެ ވަނަ ޓީމާ ކުޅެ މޮޅުވެގެންނެވެ. ގްރޫޕް އޭ އާއި ގްރޫޕް ބީގެ ޓޭބަލް އޮތް ގޮތުން މިވަގުތު ދެ ގްރޫޕުގެ ކުރީގައި ވަނީ ޖަރުމަނާއި ސްޕޭނެ އެވެ. މި ދެ ގައުމަަށް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަން ޖެހޭނީ ކޮންމެވެސް އެއްބަޔަކު ދެ ވަނަ އަށް ގޮސްފިނަމަ އެވެ. ސްޕޭން ހިމެނޭ ގްރޫޕަކީ މަރުގެ ގްރޫޕެވެ. އިޓަލީ އާއި ސްޕޭން އަދި ކްރޮއޭޝިޔާ އާއި އަލްބޭނިއާ ހިމެނޭ ގްރޫޕުން ސްޕޭން އެއްވަނައިން ކަޓާނީ މާދަމާ ރޭ އަލްބޭނިއާ އަތުން ބަލިވެ، އިޓަލީ ކްރޮއޭޝިޔާ އަތުން މޮޅުވެއްޖެނަމަ އެވެ.

އޭނާ ބުނީ ވަކި ބަޔަކާ ދެކޮޅަށް ކުޅެން މިރޭގެ މެޗު ދޫކޮށްލަން ރާވާނަމަ މިރޭގެ މެޗަށް އެންމެ ވެރުގަދަ ފުރަތަމަ 11 ނުނެރޭނެ ކަމަށެވެ. ނަމަވެސް ޖަރުމަނުން ފުރަތަމަ 11 ބަދަލު ނުކުރާނެ ކަމަށާއި ކާޑެއް ދައްކާފައި ހުރި ކުޅުންތެރިއަކު ހުއްޓަސް އެމީހަކު ވެސް ކުޅެން ނެރޭނެ ކަމަށެވެ.

ކޯޗު ބުނީ ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮއްވައި ތިން ވަނަ މެޗުން ބަލިވުމަކީ ގޯސް އަަސަރެއް ޓީމަށް ކޮށްފާނެ ކަމެއް ކަމަށެވެ. މިހެންވެ ޖަރުމަނުން މެޗު ދޫކޮށްލުމުގެ ކުޑަނަމަވެސް ވިސްނުމެއް ނުގެންގުޅޭނެ ކަމަށެވެ.

ޔޫރޯ 2024 (ޖަރުމަނު)ހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
13 އޮކްޓޯބަރު 2024

ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

13 އޮކްޓޯބަރު 2024
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު