Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ މަސްވެރިންގެ މުޒާހަރާ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

މިނިސްޓަރު ސީދާ އެތަނަށް ވަޑައިގަނެ މަސްވެރިންނާ ބައްދަލު ކުރުން

ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 16:17
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ

ހުކުރު ދުވަހުން ފެށިގެން އައްޑޫ އަތޮޅުގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ޑރ. މުއިއްޒުގެ ސަރުކާރަށް 3 ކަމެއް ހުށަހަޅައިފިއެވެ.

އިހްތިޖާޖުގައި ބައިވެރިވާ މަސްވެރިންގެ ފަރާތުން ރާއްޖެޓީވީ އާ ހޮނިހިރު ދުވަހު ހަވީރު ވާހަކަ ދެއްކި އައްޑު އަތޮޅުގެ އެންމެ ތަޖުރިބާކާރު އެއް ކެޔޮޅު ކަމަށް ވާ އިބްރާހިމް ޝަފީގް ބުނީ މަސްވެރިން އެދެނީ ސަރުކާރުން 3 ކަމެއް ފުރިހަމަ ކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

ފުރަތަމަ ކަމަކަށް ޝަފީގު ބުނީ މަސްވެރިން އެދެނީ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އައްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވާ މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުން ކަމަށެވެ.

ދެވަނަ ކަމަކަށް ކެޔޮޅު ފާހަގަ ކުރީ މަސްވެރިން ބޭނުންވަނީ މަސްކިރާ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ފައިސާ ޖަމާ ކޮށްދޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން އެމީހުންނަށް ދޭންވާނެ ކަމަށެވެ.

ތިންވަނަ ކަމަކަށް މަސްވެރިން ބޭނުންވަނީ އީދު ބަންދާ ހަމަ އަށް ނުދީ ހުރި ފައިސާ މަސްވެރިންނަށް އެއްކޮށް ދީ ޚަލާސް ކުރުން ކަމަށް ކެޔޮޅު ޝަފީގު ބުންޏެވެ.

އިހްތިޖާޖު ހިނގަމުން ދަނީ އައްޑޫ ސިޓީ ސިޓީ ހުޅުމީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެސް ސަރަހައްދުގައެވެ. މަސްވެރިން ބުނީ މުޒާހަރާ ކުރަން އެ ސަރަހައްދު އިޚްތިޔާރު ކުރީ އެމީހުން ބޭނި މަސް ކިރާފައިވަނީ އެ ކޮމްޕްލެކްސް އަށް ކަމަށްވާތީ ކަމަށެވެ.

ޝަފީގު ބުނީ މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލެއް ނުލިބިއްޖެ ނަމަ، އެމީހުން ތިބީ ކޫއްޑޫ އަށް ގޮސް ކޫއްޑޫގައި ވެސް މުޒާހަރާ ކުރަން ތައްޔާރަށެވެ.

އިހްތިޖާޖު ކުރާ މަސްވެރިން ބުނާ ގޮތުން އެމީހުން ތިބީ އެމީހުންގެ ވާހަކަތައް އަޑު އަހާ ޖަވާބު ދިނުމަށް މަސްވެރިކަމާ ބެހޭ ވަޒީރު ނޫން އެހެން ފަރާތަކާ ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ.

އަދި މީޑިއާގެ ވަސީލަތެއް މެދުވެރިކޮށްވެސް އިހުތިޖާޖު ކުރާ މަސްވެރިންގެ ކަންބޮޑުވުން ތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޝަފީގު ބުނެފައިވެއެވެ.

މަސްވެރިން ބުނަނީ، ކަރަންޓު ބިލު ނުދެއްކި އެމީހުންގެ އާއިލާތައް ދަރަނިވެރި ވެފައި ތިބި ކަމަށެވެ.

އައްޑޫގެ މަސްވެރިން އެމީހުން ކިރާ މަހަށް ސަރުކާރުން ފައިސާ ނުދޭތީ ކަންބޮޑުވެ އިހްތިޖާޖު ކުރަމުން ދާއިރު، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިސްނަގައިގެން މިމަހު ކުރީ ކޮޅު މާލޭގައި އިހްތިޖާޖު ކޮށްފައެވެ. ބޮޑު ކަންނެލި މަސްވެރިންނަށް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށް ވެސް އެ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ބުނެފައިވެއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެން ކަން ފާހަގަ ކުރެވެއެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހުކުރު ދުވަހު އައްޑޫ މަސްވެރިން ފެށި އިހްތިޖާޖު އާ ބެހޭ ގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ހޮނިހިރު ދުވަހު މެންދުރު "އެކްސް" ގައި ވިދާޅުވެފައި ވަނީ، "ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން، އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް މިދަނީ ހިއްސާ ކުރަމުން" ކަމަށެވެ.

މަސްވެރިންގެ މުޒާހަރާއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު