Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫގައި މަސްވެރިން މުޒާހަރާކުރުން

އައްޑޫގެ މަސްވެރިންގެ އަޑު އަހަމުންދާ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވި ނަމަވެސް މަސްވެރިން އެކަން ދޮގުކޮށްފި

މިނިސްޓަރ ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިއަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ސަރުކާރުން ދަނީ މަސްވެރިންގެ އަޑު ވަރަށް ގާތުން އަހަމުން ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 14:23
އައްޑޫގެ މަސްވެރިންގެ ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން މަސްވެރިން ރާއްޖެ އެމްވީ އާއި ވާހަކަދައްކަނީ

އައްޑޫގެ މަސްވެރިންގެ ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން މަސްވެރިން ރާއްޖެ އެމްވީ އާއި ވާހަކަދައްކަނީ

އައްޑޫގެ މަސްވެރިންގެ އަޑު އަހަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވި ނަމަވެސް މަސްވެރިންނާއި މިނިސްޓަރ ވާހަކަ ދައްކަވާފައި ނުވާ ކަމަށް މަސްވެރިން ބުނެފިއެވެ.

މަސްވެރިން މިފަދައިން ބުނީ އައްޑޫގައި ކުރިއަށް ދިޔަ މުޒާހަރާ ކަވަރުކުރުމަށް ރާއްޖެޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގެ ތެރެއިން ވާހަކަދައްކަމުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން މިނިސްޓަރ ޝިޔާމްގެ ބަހެއް ހޯދުމަށް "ރާއްޖެ އެމްވީ" އިން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ޝިޔާމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އެހެންނަމަވެސް ދައުލަތުގެ މީޑިއާ އަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިއަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ސަރުކާރުން ދަނީ މަސްވެރިންގެ އަޑު ވަރަށް ގާތުން އަހަމުން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މުޒާހަރާގައި އިސްކޮށް އުޅުނު ބައެއް މީހުންނާއި މުއާމަލާތުކޮށްފައިވާ ކަަމަށެވެ. ނަމަވެސް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މަސްވެރިން ވަނީ އެކަން ދޮގުކޮށްފައެވެ.

އައްޑޫގައި މަސްވެރިން މުޒާހަރާކުރަމުން ދަނީ މަސްވެރިން ކިރުވާފައިވާ މަހަށް، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީއެވެ. އެކަމާއި ގުޅިގެން މަސްވެރިން ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބަނދަރަށް އެއްވެ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

80ށް ވުރެ ގިނަ މަސްވެރިން ވަނީ އެ މުޒާހަރާތަކުގައި ބައިވެރިވެފައެވެ. އަދި މަސްވެރިން ވަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާތީ އާއި މަސްވެރިންނަށް އެދެވޭ ޖަވާބެއް ނުދޭތީ އެކަމާއި މެދު ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ފުލުހުން މެދުވެރިކޮށް މަސްވެރިންގެ މުޒާހަރާ ކުރިއަށް ދިޔަ ސަރަހައްދަށް ދިޔަ މީޑިއާތައް އެ ސަރަަހައްދުން ނެރެން މަސައްކަތް ކުރުމުން މަސްވެރިން ވަނީ އެކަމާއި މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަސްވެރިން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. މަސްވެރިން ބުނީ ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. ނަމަވެސް އެއީ މަސްވެރިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ އާއި ވާހަކަދެއްކި އިތުރު މަސްވެރިން ވެސް ވަނީ މަސްވެރިންނާއި މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާއިމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން މި ސަރުކާރުން ވައުދުވީ 48 ގަޑީއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ކަމަށް ވީ ނަމަވެސް މަސްވެރިންނަށް ފައިސާ ނުދެވި 3 މަސް ވެފައިވާ ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

މަސްވެރިން ބުނީ އެކަމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން މަސްވެރިންގެ އާއިލާތައް މިވަގުތު ދަނީ ނިކަމެތިވަމުން ކަމަށް މަސްވެރިން ވަނީ ބުނެފައެވެ. މީގެ އިތުރުން އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާގެ ބައިވެރިންނަށް ޖަވާބުދާރީވާނެ މީހަކު ނެތުމުން އެކަމާއި މެދު ވެސް މަސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މަސްވެރިން ވަނީ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދާ ނުދޭނަމަ ކުރިއަށް އޮތްތާގަ ވެސް މުޒާހަރާކުރާނެ ކަމަށް ބުނެފައެވެ.

މަސްވެރިން ވަނީ މި ސަރުކާރުން މަސްވެރިންނަށް އަޅާ ނުލާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށްޓަކާ ގިނަ ވައުދުތަކެއް ވެގެންނެވެ. 48 ގަޑީއިރު ތެރޭގައި މަސް ކިރުމަށް ފަހު މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުމަށް ސަރުކާރުން ވައުދުވިއެވެ. އެހެންނަމަވެސް އެކަން ނުކުރެވި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. މީގެ ކުރިން ވެސް ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލޭނު އެޅުމަށް ހުއްދަ ދޭން ސަރުކާރުން މަޝްވަރާ ކުރާތީ އާއި މަސްވެރިންގެ އަޑު ސަރުކާރުން އަހަމުން ނުދާތީ މާލެ ސަރަހައްދުގައި ވެސް މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ. ނިމިދިޔަ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ އެންމެ ބޮޑަށް އެ ސަރުކާރަށް ފާޑު ވިދާޅުވި ބޭފުޅަކީ މިހާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމެވެ. އެހެންކަމުން މި މައްސަލައިގައި ޝިޔާމް އަށް އަމާޒުވާ ފާޑުކިޔުންތައް ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިންމަސްވެރިންގެ މުޒާހަރާމިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއިން ޒަމާނަކުވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީ އަށް ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން އެބަ ކުރޭ! ނާ ރަނގަޅަށް؟

މިއިން ޒަމާނަކުވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީ އަށް ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން އެބަ ކުރޭ! ނާ ރަނގަޅަށް؟

13 މެއި 2025
ފައިސަލްއަށްފަހު ޣައްސާނާއި ޝިޔާމާއި ސައީދުގެ ސަލާމަތް އޮތީ މުއިއްޒުގެ ބޫޓުގައި ދޫލައިގެން - ޖަމީލް

ފައިސަލްއަށްފަހު ޣައްސާނާއި ޝިޔާމާއި ސައީދުގެ ސަލާމަތް އޮތީ މުއިއްޒުގެ ބޫޓުގައި ދޫލައިގެން - ޖަމީލް

28 ޖެނުއަރީ 2025
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު