Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ބެލްޖިއަމާ ދެކޮޅަށް ރޮމޭނިއާ އޮތީ ފުރިހަމަ އަށް ތައްޔާރަށް

ރޮމޭނިއާ އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، އެ ރޫޙުގައި ކުރިއަށް ދެވޭނެ ކަމަށް ވެސް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2024 | ހޮނިހިރު 06:43
ރޮމޭނިއާގެ ކޯޗު އެޑްވާޑް ލޯޑަނެސްކޫ

ރޮމޭނިއާގެ ކޯޗު އެޑްވާޑް ލޯޑަނެސްކޫ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބެލްޖިއަމާ ދެކޮޅަށް ނިކުންނައިރު، ރޮމޭނިއާ އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު އެޑްވާޑް ލޯޑަނެސްކޫ ބުނެފި އެވެ.

މުބާރާތުގެ ގްރޫޕް އީ ގައި ރޮމޭނިއާ އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ޔޫކްރެއިންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެހެންކަމުން ދެ ވަނަ މެޗުގައި ބެލްޖިއަމް ބަލިކޮށް، މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ޔަގީން ކުރުމުގެ ފުރުސަތު ރޮމޭނިއާ އަށް އޮންނާނެ އެވެ.

ބެލްޖިއަމް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރޮމޭނިއާގެ ކޯޗު ލޯޑަނެސްކޫ ބުނީ، މެޗުގައި ރޮމޭނިއާ އިން ދައްކަން ޖެހޭނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެެވެ. ޚާއްސަކޮށް ހުރިހާ ދިމާލެއްގައި ވެސް ވަރަށް ހަމަހަމަ ކުޅުމެއް ދައްކަން ޖެހޭނެކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ލޯޑަނެސްކޫ ބުނީ، ބެލްޖިއަމާ ދެކޮޅަށް ނިކުންނައިރު ރޮމޭނިއާ އޮތީ އެ ޓީމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށެވެ. ޚާއްސަކޮށް އޭނާގެ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް، އެ ކުޅުންތެރިޔެއްގެ އެންމެ ފުރިހަމަ މަސައްކަތް ކުރާނެ ކުޅުންތެރިންކަން އޭނާ އަށް ޔަގީންވާ ކަމަށް ވެސް ލޯނަޑެސްކޫ ވަނީ ބުނެފަ އެވެ.

ބެލްޖިއަމާ ގުޅޭ ގޮތުން ވާހަަކަ ދައްކަމުން އޭނާ ބުނީ، އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ތިން ހަތަރު ލަނޑު ޖަހާނެ ފުރުސަތު އެމީހުން ތަނަވަސްކުރި ކަމަށާއި، ރޮމޭނިއާ އިން މަސައްކަތް ކުރާނީ އެކަން މި މެޗުގައި ވިޔަ ނުދިނުމަށް ކަމަށެވެ. އަދި ބޭނުން ވަނީ މެޗުން މޮޅުވާން ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގައި ރޮމޭނިއާ އިން އޮތީ ވަރުގަދަ ގްރޫޕެއްގައިކަން ފާހަގަ ކުރަމުން ލޯނަޑެސްކޫ ބުނީ، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ރޮމޭނިއާ އަށް ޖާގަ ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮތް ކަމަށެވެ. ޚާއްސަކޮށް ރޮމޭނިއާ އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، އެ ރޫޙުގައި ކުރިއަށް ދެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރޮމޭނިއާ އިން ބެލްޖިއަމާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. ފުރަތަަމަ މެޗުން ބަލިވެފައިވާ ބެލްޖިއަމް އޮތީ ވެސް މި ގްރޫޕްގެ ފުލުގަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ރޮމޭނިއާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު