Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއާ މާކެޓް

އިންޑިއާގެ ފަތުރުވެރިން ނަޔަސް ވަރިހަމަ ވާނެކަމަށް ބުނި މީހުން އިންޑިއާއިން ފަތުރުވެރިން ގެންނަން އެގައުމަށް

މި އިވެންޓުގެ މަގުސަދަކީ އިންޑިއާގެ އިތުރު ފަތުރުވެރިން ޝައުޤުވެރިކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖޫން 2024 | ހުކުރު 14:19
އެމްއެމްޕީއާރްސީ އޮފީސް

އެމްއެމްޕީއާރްސީ އޮފީސް

އިންޑިއާގެ ފަތުރުވެރިން ނަޔަސް ވަރިހަމަ ވާނެކަމަށް ބުނި މީހުން އިންޑިއާއިން ފަތުރުވެރިން ގެންނަން އެގައުމުގައި ބޮޑު ފެއަރ އަކާއެކު ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރާ އެމްއެމްޕީއާރުސީ އިން ބުނެފައިވަނީ އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ މުހިއްމު ރިސޯޓްތަކާއި، މަންޓާ އެއާ ގުޅިގެން ކުރިއަށް އޮތް އެކްސްޕްލޯރ މޯލްޑިވްސް ރޯޑްޝޯ ޖޫން މަހު ބެންގަލޫރުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓަލުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. މި އިވެންޓުގެ މަގުސަދަކީ އިންޑިއާގެ އިތުރު ފަތުރުވެރިން ޝައުޤުވެރި ކުރުމަށާއި ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުއައްސަސާތަކާއި އިންޑިއާގެ ޓްރެވަލް އިންޑަސްޓްރީގެ ލީޑަރުންނާ ދެމެދު ނެޓްވޯކިންގ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން އިންޑިއާ މާކެޓަކީ މުހިއްމު މާކެޓެއް ނޫން ކަމަށް ދައްކަމުން އައި އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ރޯޑްޝޯއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ޓްރެވަލް އިންޑަސްޓްރީ ރަނގަޅުވެ ތަރައްގީ ވަމުންދާއިރު، ދެގައުމުގެ ފަތުރުވެރިންގެ ދަތުރުފަތުރުގެ ތަޖުރިބާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދަތުރުފަތުރުގެ ތަޖުރިބާތައް މުއްސަނދި ކުރުމުގައި މިފަދަ އިސްނެގުމަކީ ވަރަށް މުހިއްމު ކަންކަން ކަމަށެވެ.

ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ބުލީ ކުރާކަމަށް ވިދާޅުވެ އެހެނިހެން ގޮތްތައް ހޯއްދަވާނެކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ބުލީ ކުރާ އިންޑިއާގެ ފައިބުޑަށް މި ސަރުކާރު ވެއްޓި ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން ބުނެފައިވަނީ މި ރޯޑްޝޯގައި ރާއްޖެއަކީ ޕްރިމިއާ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ފާހަގަކޮށް، އިންޑިއާގެ ޓްރެވަލް އަދި މެއިންސްޓްރީމް މީޑިއާގެ 150ށް ވުރެ ގިނަ މަތީ ފެންވަރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި މަންދޫބުން ބައިވެރިވާނެ ކަމަށެވެ. ބައިވެރިންނަށް މުހިއްމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން ރާއްޖޭގެ މުއްސަނދި ހުށަހެޅުންތައް ހޯދުމުގެ ތަފާތު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީއަށް މިސަރުކާރުން ފުރަތަމަ އައްޔަންކުރި މެނޭޖިންގ ޑިރެކްޓަރު ފާތިމަތު ތައުފީގު އެ މަގާމުގައި ހުންނެވި އިރު އިންޑިއާ މާކެޓަށް އެއްވެސް ވަރަކަށް އިސްކަމެއް ދީފައި ނުވެއެވެ. އަދި ސަރުކާރުގެ ދޯހަޅި ހާރިޖީ ސިޔާސަތާ އެއްގޮތަށް އިންޑިއާ ނޫން އެހެން މާކެޓްތައް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އޭނާ މަގާމުން ވަކިކޮށް އަލަށް އެ މަގާމަށް އައްޔަންކުރި އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ މިއަދުވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އައުޓްބައުންޑް ޓޫރިޒަމް މާކެޓްތަކުގެ ތެރޭގައި ހިމެނޭ އެއް މާކެޓުގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭއިރު، ރާއްޖެއަށް އަދިވެސް އެއީ މުހިއްމު މާކެޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް އިވެންޓަކީ ޝައްކެއްވެސްނެތް ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނަށް އިންޑިއާގެ މާކެޓާ ގުޅިގެން، ރާއްޖެއަށް ލިބިފައިވާ ތަފާތު ހުށަހެޅުންތަކަށް އަލިއަޅުވާލައި، ޕްރިމިއަރ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދައްކާލުމަށް މުހިއްމު ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި، އިންޑިއާގެ ޓްރެވަލް މާކެޓާ ރާއްޖެއިން ގުޅުން ބަދަހިކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ހަރަކާތެއް ކަމަށް ޝިއުރީ ވިދާޅުވިއެވެ. މި ރޯޑްޝޯގެ މަގުސަދަކީ އިންޑިއާގެ ބާޒާރަށް އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކޮށް، މާނަހުރި ގުޅުންތައް އުފެއްދުމަށް ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންނާއި މީޑިއާ އަދި އެހެނިހެން އިންޑިއާގެ ސިނާއަތުގެ ލީޑަރުންނާ ބައްދަލުކޮށް ނެޓްވޯކް ކުރުމުގެ މުހިއްމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރިއެވެ.

އިންޑިއާ އައުޓް ކެމްޕޭނާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ބޮޑެތި ދޮގުތަކެއް ހަދައިގެން ވެރިކަމަށް މި ސަރުކާރު އައިސް އިންޑިއާގެ އެހީއާ ނުލާ ނޫޅެވިގެން މި ސަރުކާރުގެ އިސްވެރިން ވަނީ އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. އަދި އިންޑިއާ އައުޓް ކެމްޕޭންގެ އަޑުކެނޑި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށް ބުނެ ސަރުކާރުގެ އެންމެ މަތިފަޑިން، ރައީސް ޑރ. މުއިއްޒު ވެސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި ވެސް ބައްދަލުކުރައްވާ ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެ މަޝްވަރާތަކެއް ވެސް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު