Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފުކޯކާ ޕްރީފެކްޗަރގެ ސުޕަރމާޓް

ކޭޝް ކައުންޓަރުގައި 'އަވަސް އަރުވާލަން' ޖެހުން ނިމުމަކަށް!

އާދަޔާ ޚިލާފު ޓްރެންޑެއް ފެށި އެއް ބަޔަކީ ޖަޕާނުގެ ފުކޯކާ ޕްރީފެކްޗަރގެ ސުޕަރމާޓް. މި ސުޕަރމާޓުގައި ވަނީ، އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރަކުން ޚިދުމަތް ދޭން ފަށާފައި. އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރު ހާއްސަކޮށްފައި ވަނީ އިސްރަށްވެހިންނާއި، ނުކުޅެދޭ މީހުންނާއި މާބަނޑު މީހުންނަށް.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ޖޫން 2024 | ބުރާސްފަތި 11:00
އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރަކުން ސުޕަރމާޓުގައި ޚިދުމަތް ދިނުމުގެ މޮޑެލްއަކީ ފުކޯކާ ޕްރީފެކްޗަރގައި ހުންނަ އަލްޒައިމާޒް ޑިޒީޒް ސަޕޯރޓް ސެންޓަރުގެ އަބޭ ނޭނާ ނަމަކަށް ކިއާ މީހެއްގެ މޮޑެ

އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރަކުން ސުޕަރމާޓުގައި ޚިދުމަތް ދިނުމުގެ މޮޑެލްއަކީ ފުކޯކާ ޕްރީފެކްޗަރގައި ހުންނަ އަލްޒައިމާޒް ޑިޒީޒް ސަޕޯރޓް ސެންޓަރުގެ އަބޭ ނޭނާ ނަމަކަށް ކިއާ މީހެއްގެ މޮޑެ

ވަގުތު ކުޑަތަންވެފައި އޮތް އަދުގެ ދުނިޔޭގައި އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ، އެ ކުރަން ހުރި ކަމެއް ވީ އެންމެ އަވަހަކަށް ނިންމާލުމަށްފަހު، ދެން އޮތް ކަމަކައިގެން އުޅުމަށް އާދަވެފައި ތިބި މީހުންނެވެ. ނަމަވެސް، އެއީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ޢުމުރާއި، ޖިސްމާނީ އަދި ނަފްސާނީ ޤާބިލިއްޔަތުކަމަކީ ކަމެއް ކުރުމުގައި އެ މީހެއްގެ ދުވެލި ކަނޑައަޅައިދޭ މުހިންމު ސަބަބުތަކެކެވެ. މުޖުތަމަޢެއްގެ އެކި ޢުމުރުގެ، އެކި ޖިންސުގެ، އެކި ޤާބިލިއްޔަތުކަން ހުރި މީހުންނާއި ނެތް މީހުން އެއްތަނަކުން ފެނިގެންދާ އެއް ތަން ކަމަށް ވާ ސުޕަރމާޓުތަކަށް ބަލައިލުމުން އެކަނިވެސް މިކަމުގެ އެތައް ހެއްކެއް ފެންނާނެއެވެ.

ޖާގައިގެ ގޮތުން ސުޕަރމާޓުތައް ކިތަންމެ ބޮޑުވި ކަމުގައި ވީ ނަމަވެސް، ކޭޝިއަރުން ތިބޭ ސަރަޙައްދު ނުވަތަ ޗެކްއައުޓް ކައުންޓަރުތަކަކީ އެންމެ ތާށި ބޮޑުވާ ސަރަޙައްދެވެ. ބައެއް ފަހަރު ކޭޝިއަރު ނުވަތަ ސޭޓުގެ އަތްމަތި "ތަތް" ކަމުންނެވެ. އަނެއް ބައި ފަހަރު ކަސްޓަމަރުގެ "ހާލު" ހުރި ގޮތުންނެވެ. ވަގުތަކީ މި ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ އަގުބޮޑު އެއް ހަދިޔާއަށް ވާ އިރު، ވަގުތު ސަލާމަތް ކުރުމަކީ ވިޔަފާރިވެރިންވެސް ސަމާލުކަން ދޭ ކަމެކެވެ. ޚިދުމަތް ދޭން އަވަސް ކުދިންނަށް ކައުންޓަރުތަކުން ޖާގަ ދެއެވެ. ކޭޝިއަރަށް އަތްގާތްކޮށްދީ ހެދުމުގައި އެހީތެރިން ތިބެއެވެ. ކޭޝް ކައުންޓަރުތަކުގައި ކަސްޓަމަރުން ރޯލުވާ ދުވެލި 'އަވަސްވެއެވެ. ނަމަވެސް، އެއީ ކަސްޓަމަރުންގެ ނަޒަރުން ބަލާ އިރު، ވިޔަފާރިއަށް އޮތް އެންމެ ކާމިޔާބު ގޮތް ކަމުގައި ނުވެ ހިނގައިދާނެ ކަމާ މެދު އެއް ފަހަރުވެސް ވިސްނާލެވުނު ހެއްޔެވެ؟

ގަތް އެއްޗެހި ކޮތަޅުތަކަށް އަޅައިދެނީ ގިނަ ފަހަރަށް ކައުންޓަރުގައި ތިބޭ އެހީތެރިންނެވެ. ބައެއް ފަހަރު، އެޔެއް މިޔެއްވެސް ބަލައި ނުލައެވެ. މަންޒިލަށް ދެވެން އޮތީ ކާރޫބާރޫ ބޮޑު މަގެއްގައި، ސައިކަލެއްގައި ފިރުކިފައިތޯވެސް ބަލައި ނުލައެވެ. ކޮތަޅެއް ކިރިޔާ އުފުލާލެވޭ ވަރަށްވެސް ބަރުކޮށްލައެވެ. އޭރު ކޭޝިއަރުގެ އަމަލުތައް ހުންނާނީ، ޖެހިގެން ހުރި ކަސްޓަމަރަށް ތަން ދައްކާށޭ ބުނާ ފަދަ މޭރުމަކުންނެވެ. ކަސްޓަމަރަށް މަޖުބޫރު ވަނީ އެއް އަތުން ކޮތަޅުތައް އުފުލަމުން، އަނެއް އަތުން ފައިސާކޮޅު ނުވަތަ ކާޑު ވޮލެޓަށް ލަމުން، ދޮރާ ދިމާއަށް އަވަސްވެގަތުމަށެވެ. އެހެން އުޅޭ އުޅުމުގައި އަގުހުރި އެތައް އެއްޗެއް ވީނުވީއެއް ނޭނގި ގެއްލެނީވެސް މަދެއްކޮށެއް ނޫނެވެ. އަނެއް ބައި މީހުންނަކީ ކިތަންމެ އަވަސް ކުރަން ބޭނުންވިއަސް، އެ ކުޅެދުންތެރިކަން ނެތް މީހުންނެވެ. ނަތީޖާއަކަށް ވަނީ ސުޕަރމާޓުތަކަށް ގޮސް ވިޔަފާރި ކުރަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވުމެވެ.

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އާދަޔާ ޚިލާފު ޓްރެންޑެއް ފެށި އެއް ބަޔަކީ ޖަޕާނުގެ ފުކޯކާ ޕްރީފެކްޗަރގެ ސުޕަރމާޓެކެވެ. މި ސުޕަރމާޓުގައި ވަނީ، އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރަކުން ޚިދުމަތް ދޭން ފަށާފައެވެ. އެއްވެސް ޕްރެޝަރެއް ނެތި، 20 އަކަށް މިނެޓްވެސް އެ ކައުންޓަރުގައި ހޭދަކޮށްލުމުގެ ފުރުޞަތު، ކަސްޓަމަރަށް އޮވެއެވެ. ބުރުޖަހާލަން ދާން ލަސްވެގެން، ފަހަތުގައި ހުރި ކަސްޓަމަރު ލޯ އަޅާ މަންޒަރު ބާލަކަށް ނުޖެހެއެވެ. ޑިއުޓީ ނިމިގެން ގެއަށް ނުދެވި ލަސްވެފައި އިން ކޭޝިއަރުގެ 'ކުނި މޫނު' ބަލާކަށްވެސް ނުޖެހެއެވެ.

އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރު ހާއްސަކޮށްފައި ވަނީ އިސްރަށްވެހިންނާއި، ނުކުޅެދޭ މީހުންނާއި މާބަނޑު މީހުންނަށެވެ. މި މޮޑެލްއަކީ އެތައް ކަސްޓަމަރުންނަކަށް ބަލައިގަންނަން ފަސޭހަވި، އެހާމެ ޤަބޫލު މޮޑެލްއަކަށް ވިއެވެ. ނަތީޖާއަކަށް ވީ، އެ ސުޕަރމާޓުގެ ވިޔަފާރިއަށްވެސް 10 ޕަސެންޓްގެ ކުރިއެރުމެއް ލިބުމެވެ. ގިނަ ފައިސާ ލިބެން އޮތީ ގިނަ ބަޔަކަށް އަވަސް ޚިދުމަތްތަކެއް ދީގެން ކަމަށް ހީވެފައި އޮތެއް ކަމަކު، ހިސާބުކިތާބު މި ފަހަރު ބުނެދިނީ ތަފާތު ވާހަކައެކެވެ.

އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރަކުން ސުޕަރމާޓުގައި ޚިދުމަތް ދިނުމުގެ މޮޑެލްއަކީ ފުކޯކާ ޕްރީފެކްޗަރގައި ހުންނަ އަލްޒައިމާޒް ޑިޒީޒް ސަޕޯރޓް ސެންޓަރުގެ އަބޭ ނޭނާ ނަމަކަށް ކިއާ މީހެއްގެ މޮޑެލްއެކެވެ. ކައުންޓަރުތަކުން ޚިދުމަތް ހޯދާ ދޮށީ ޢުމުރުގެ މީހުންނަށް، ހަލުވި ކައުންޓަރުތަކުން ކުރިމަތިވާ ނުތަނަވަސްކަން އެންމެ ރަނގަޅަށް އެނގޭ އެކަކެވެ. އެހެން ކަމުން، ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރު ހަމަޖެހިލައިގެން ފައިސާކޮޅު ގުނާ، ވޮލެޓަށްލުމުގެ ފުރުޞަތު ލިބެނިވި ގޮތަކަށް ޚިދުމަތްދޭ ކައުންޓަރ މޮޑެލްއެއް ތަޢާރަފު ކުރަން އަބޭ ނޭނާ ނިންމިއެވެ. އެ ޚިޔާލު ތަރައްޤީކޮށް، އަމަލީ ފެންވަރުގައި ޚިދުމަތް ދޭންވެސް ފެށީއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އެއްޗެހި ގަނެ ނިންމާލާ ގޮތަށް ކައުންޓަރުން ދުރަށް ދާކަށްވެސް މަޖުބޫރެއް ނޫނެވެ. ކޭޝިއަރާ ވާހަކަދައްކާ، ޚިޔާލު ބަދަލުކޮށްލާ ހަދަންވެސް މަޑު ކުރުމުގައި މައްސަލައެއް ނެތެވެ. ދެން ތިބި ކަސްޓަމަރުންނަށް ލަސްވެދާނެތީ، އަވަސްކޮށްލާކަށް ކޭޝިއަރުވެސް އިޝާރާތެއް ނުކުރެއެވެ.

ފުކޯކާ ޕްރީފެކްޗަރގެ ސުޕަރމާޓަށް އިތުރު ކުރި، އިންތިހާއަށް ދުވެލި ލަސް ޗެކްއައުޓް ކައުންޓަރަށް އޮންނަ ޑިމާންޑަށް ބަލައިލުމުން އެކަނިވެސް، މިއީ ކިހާ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ކަމެއްކަން އެނގެއެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2018

'ނަމަސްތޭ އިންގްލެންޑް' އާއި 'ބަދާއީ ހޯ' ރިލީޒްކުރާ ދުވަސް އަވަސްކޮށްފި

17 އޮކްޓޯބަރު 2018
'ނަމަސްތޭ އިންގްލެންޑް' އާއި 'ބަދާއީ ހޯ' ރިލީޒްކުރާ ދުވަސް އަވަސްކޮށްފި
29 ޖުލައި 2018

ޕްރިޔަންކާ އެންގޭޖް ކުރިކަން ނޭނގުމުން ކަންގަނާ ހިތްހަމަނުޖެހުން ފާޅުކޮށްފި

29 ޖުލައި 2018
ޕްރިޔަންކާ އެންގޭޖް ކުރިކަން ނޭނގުމުން ކަންގަނާ ހިތްހަމަނުޖެހުން ފާޅުކޮށްފި
28 ޖުލައި 2018

ހެލިކޮޕްޓަރ އީލާ އެޅުވުން 7 ދުވަހަށް އަވަސްކޮށްފި

28 ޖުލައި 2018
ހެލިކޮޕްޓަރ އީލާ އެޅުވުން 7 ދުވަހަށް އަވަސްކޮށްފި
23 ޖެނުއަރީ 2018

ޕަދްމާވަތު: ފިލްމު އަޅުވަން ހުއްދަ ދިނުމުން ހަމަނުޖެހުން ހިންގައިފި

23 ޖެނުއަރީ 2018
ޕަދްމާވަތު: ފިލްމު އަޅުވަން ހުއްދަ ދިނުމުން ހަމަނުޖެހުން ހިންގައިފި
08 ޖެނުއަރީ 2018

"ޕެޑްމޭން" މިމަހުގެ 25 އަށް އަވަސްކޮށްފި

08 ޖެނުއަރީ 2018
"ޕެޑްމޭން" މިމަހުގެ 25 އަށް އަވަސްކޮށްފި
04 ޖެނުއަރީ 2018

ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި

04 ޖެނުއަރީ 2018
ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި
28 ފެބުރުއަރީ 2017

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

28 ފެބުރުއަރީ 2017
އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި
30 ޖެނުއަރީ 2017

އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

30 ޖެނުއަރީ 2017
އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު