Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލުން ލުބުނާނަށް ހަމަލާ ދިނުން

އިޒްރޭލުން ލުބުނާނަށް ހަމަލާ ދޭން ތައްޔާރު ވެފައިވާ ކަމަށް ބުނެ ހަނގުރާމަ އިއުލާނު ކޮށްފި

އިޒްރޭލުގެ އަސްކަރިއްޔާ ގެ ނޮދާން ކޮމާންޑުން ލުބުނާނުގައި ހަނގުރާމަ ހިންގަން އޮޕަރޭޝަނަލް ޕްލޭން ފާސްކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 10:43
ޒަހަމްވި އިސްރާއިލުގެ ސިފައިންގެ މީހަކު ހެލިކޮޕްޓަރަށް އަރުވަނީ

ޒަހަމްވި އިސްރާއިލުގެ ސިފައިންގެ މީހަކު ހެލިކޮޕްޓަރަށް އަރުވަނީ

ލުބުނާނަށް ހަމަލާދިނުމަށް އޮޕަރޭޝަނަލް ޕްލޭން ފާސް ކޮށްފި ކަމަށް ބުނެ ލުބުނާނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާން ކޮށްފިއެވެ.

އަންގާރަ ދުވަހު އިޒްރޭލުގެ ޚާރިޖީ ވަޒީރު އަދި އެ ގައުމުގެ އަސްކަރިއްޔާ އިން ލުބުނާނުގެ ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރި އިރު، ހިޒްބުﷲ އިން ވަނީ، އިޒްރޭލުގެ އަސްކަރީ މުހިންމު މަރުކަޒުތައް ހުރި ތަންތަން ހާމަވާ ޑްރޯން ފުޓޭޖެއް އާއްމު ކޮށްފައެވެ.

އެތައް ބަޔަކަށް ބޮޑު ހައިރާން ކަމެއް ގެނުވި 9 މިނެޓުގެ ދިގު މި ފުޓޭޖަކީ ދުވާލުގެ ވަގުތު ޑްރޯން ބޭނުން ކޮށްގެން ހިޒްބުﷲ އިން އިޒްރޭލުގެ ހައިފާ ސިޓީގެ މަތިން ނަގާފާއިވާ މަންޒަރުތަކެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ފުޓޭޖްގައި އަސްކަރީ މަރުކަޒު ތަކުގެ އިތުރުން ހަތިޔާރު ހަދާ މަރުކަޒަކާއި، ހަނގުރާމަ މަތީ ޖެޓް ފާކު ކޮށްފައި ހުރި ސަރަހައްދު ތަކާއި، އާއްމުން ދިރިއުޅޭ ތަންތަނާއި، މިސައިލުން ދިފާއު ވުމުގެ ނިޒާމުތައް ގާއިމް ކޮށްފައި ހުރި ތަންތަން ފާހަގަ ކޮށް ހާމަ ކޮށްފައި ވެއެވެ.

ހިޒްބުﷲ އިން ވީޑީއޯ ފުޓޭޖް އާއްމު ކުރުމުން އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލު ކަޓްޒް ވަނީ އެކަމާ ވަރަށް ކޯފާ އިސްކުރައްވާ "އެކްސް" ގައި ރައްދު ދެއްވާފައެވެ. ކަޓްޒް ވިދާޅުވީ، ހިޒްބުﷲ އާ ލުބުނާނާ މެދު އިޒްރޭލުން އަމަލު ކުރަމުން އަންނަ ގޮތް ބަދަލު ކުރުމުގެ ވަގުތު ވަރަށް ގާތްވެއްޖެ ކަމަށާއި، އިޒްރޭލުން ފަށާ ހަނގުރާމައިގައި ހިޒްބުﷲ ނައްތާލާނެ ކަމަށާއި، އަދި ލުބުނާނަށް ބޮޑު ގެއްލުމެއް އެ ކަމުން ލިބިގެން ދާނެ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން، އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް ވަނީ ލުބުނާން އާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އަށް ތައްޔާރުވެފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ހަނގުރާމަ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އިޒްރޭލުގެ އަސްކަރިއްޔާ އިން ފާސް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިޒްރޭލުން ގާޒާގައި ހަނގުރާމަ ފެށުމާއެކު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ހިޒްބުﷲ އިން ގެންދަނީ އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އަދި އިޒްރޭލުން ވެސް ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާތައް ދެމުންދާތާ ދުވަސްތަކެއް ފާއިތު ވެއްޖެއެވެ. ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ލުބްނާން އިޒްރޭލް ބޯޑަރ ސަރަހައްދުގައި ބަދަލު ކުރަމުންދާ ހަމަލާތައް މި ފަހުން ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. ލުބުނާނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އަށް ތައްޔާރުވެފައިވާ ކަމަށް އިޒްރޭލުން ބުނާއިރު، ހިޒްބުﷲ އިން ވެސް ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އަށް ތައްޔާރަށް އޮތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު