Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑެނިއަނެލާ ސެރީބްރަމް މަސް

ނިޔަފައްޗެއް ވަރުގެ މަހަކުން، ޖެޓް ބޯޓެއްގެ އިންޖީނު ހާ ގަދަ އަޑެއް!

19 ޖޫން 2024 | ބުދަ 10:48

ޑެނިއަނެލާ ސެރީބްރަމް އެންމެ ފުރަތަމަ ދެނެގަނެވުނީ 1980ގެ އަހަރުތަކުގެ ތެރޭގައި. ސައިޒުން ކިތަންމެ ކުޑައެއް ކަމަކު، ޑެނިއަނެލާ ސެރީބްރަމް ލައްވާ އަޑުގެ ބާރު މިން، 140 ޑެސިބަލްސް (ޑީބީ)އަށް އަރާ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ޖޫން 2024 | ބުދަ 10:48
ޖެޓް އިންޖޭނެއްހާ އަޑު ގަދަކަމަށް ސައިންސްވެރިން ބުނާ މަސް

ޖެޓް އިންޖޭނެއްހާ އަޑު ގަދަކަމަށް ސައިންސްވެރިން ބުނާ މަސް

ޑެނިއަނެލާ ސެރީބްރަމްއޭ ބުނެފިނަމަ ދައްކަން މި އުޅެނީ ބައްޔެއްގެ ވާހަކަ އޭ ހީވުން އެކަށީގެންވެއެވެ. ފަހަރެއްގައިވެސް އެހެންނެއް ނޫނެވެ. ޑެނިއަނެލާ ސެރީބްރަމްއަކީ އެންމެ 12 ވަރަކަށް މިލިމީޓަރުގެ ކުޑަކުޑަ މަހެކެވެ. މަސް އުފެދިފައި ވަނީ އެ މަހުގެ ހަށިގަނޑު ހުރަސްކޮށް އެއް ފަރާތުން އަނެއް ފަރާތް ފެންނަ ގޮތަށެވެ. އެއީ އަދި މި މަހުގެ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. ޑެނިއަނެލާ ސެރީބްރަމްގެ އެންމެ އާދަޔާ ޚިލާފު ސިފައަކީ އެއަށް ލިބިފައި ވާ ގަދަ އަޑެވެ. ސައިޒުން ކިތަންމެ ކުޑައެއް ކަމަކު، ޑެނިއަނެލާ ސެރީބްރަމް ލައްވާ އަޑުގެ ބާރު މިން، 140 ޑެސިބަލްސް (ޑީބީ)އަށް އަރައެވެ. އެއީ 100 މީޓަރު ދުރުގައި ހުންނަ މީހަކަށް، ވަރުގަދަ ޖެޓު ބޯޓެއް އުދުއްސާލާއިރު އިވޭ ހާ ގަދަ އަޑުފަށްގަނޑެކެވެ.

ޑެނިއަނެލާ ސެރީބްރަމް އެންމެ ފުރަތަމަ ދެނެގަނެވުނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް، "ރަސްމީ" ސިފައެއްގައި މި ބާވަތުގެ މަހަށް ފުރުޞަތު ލިބުނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޑެނިއަނެލާ ޓްރާންސްލޫސިޑާއޭ ކިއާ މަހާއި، މި މަހުގެ ތަފާތު، ސައެންސްވެރިންނަށް ފާހަގަ ކުރެވުނު ހިސާބުންނެވެ. މި 2 ބާވަތުގެ މަހަކީވެސް ސައިޒުގެ ގޮތުން ބަލާ އިރު ވަރަށް ކުޑަ މަސްތަކެކެވެ. އިންސާނެއްގެ އަތުގެ އިނގިއްޔެއްގެ ނިޔަފަތިގަނޑުގެ ސައިޒުގެ މި 2 މަހުގައި ހުންނަ ފަރަޤުތައް ފާހަގަ ވަނީވެސް މައިކްރަސްކޯޕެއްގެ އެހީގައި ބަލައިލުމުންނެވެ.

މި 2 ބާވަތުގެ މަހުގެ ތެރެއިން، ޑެނިއަނެލާ ސެރީބްރަމްއަށް ލިބިފައި ވާ އާދަޔާ އެހެން ސިފައެއް ދިރާސާވެރިންނަށް ފާހަގަވީ އަދި ދާދި މިދާކަށް ދުވަހުއެވެ. ޓްރާންސްލޫސިޑާއާ ތަފާތުވުން އެކަންޏެއް ނޫނެވެ. އަލަށް ފާހަގަ ކުރެވުނު ފަރަޤާއެކު، ޑެނިއަނެލާ ސެރީބްރަމް ވަނީ، ދުނިޔޭގައި ވާ އެންމެ އަޑު ގަދަ ދިރުންތަކުގެ ލިސްޓަށްވެސް އަރާފައެވެ. މަހުގައިވާ ސޮނިކް މަސްތަކުގެ އިތުރުން، ހުޅުތަކާއި ކަށިތައް ހިމާޔަތްކޮށްދޭ ވަރުގަދަ، އެހެން ނަމަވެސް ބޭނުން ގޮތަކަށް ބަނޑިބަނޑިލައްވާލެވޭ ކާޓިލެޖްގެ ހަރަކާތްތަކުން އެ ނުކުންނަ އަޑުފަށްގަނޑު، ބަޑިއެއްގެ ވަޒަން ދޫކޮށްލާހާ ގަދައެވެ.

އަޑު ގަދަ އެތައް ދިރުންތަކެއް މި ދުނިޔޭގައިވެއެވެ. ޕިސްޓަލް ޝްރިމްޕްއަކީވެސް އެފަދަ އެއްޗެކެވެ. ޕިސްޓަލް ޝްރިމްޕްގެ އަޑުގެ ބާރު މިން، 250 ޑީބީއަށްވެސް އަރާފައި އެބަހުއްޓެވެ. ނަމަވެސް މަސްމަހާމެއްސަކީ މި ދުނިޔޭގައި ވާ ދިރުންތަކުގެ ތެރެއިން އެންމެ ހިމޭން ދިރުންތަކުގެ ގޮތުގައި ޤަބޫލު ކުރެވޭ ބާވަތެއްތާއެވެ. ބާރު ދުވެލީގައި ދާ އެމްބިއުލާންސްއެއްގެ ސައިރަން ނުވަތަ މަރާމާތު ކުރަމުންދާ ޢިމާރާތެއްގައި ޖެކްހެމަރު ޖައްސައިގެން އުޅޭ އިރު އެ އިވޭހާ ގަދަ އަޑުފަށްގަނޑެއް، މަހެއްގެ ކިބައިން ފެނުމަކީ ހަމަ ޔަޤީނުންވެސް އަޖައިބު ކުރުވަނިވި ކަމެކެވެ. ޑެނިއަނެލާ ސެރީބްރަމްއިން މި ގަދަ އަޑު އިއްވަނީވެސް އާދަޔާ ޚިލާފު ގޮތަކަށެވެ.

ހައި-ސްޕީޑް ވީޑީއޯ ރެކޯޑިންގްތަކުން ހާމަވި ގޮތުގައި، ގަދަ އަޑުތައް ލެއްވުމަށްޓަކައި، މަހުގެ ސްވިމް ބްލެޑަރއާ ޖެހިގެން އޮންނަ މޭކަށިކޮޅެއް (ރިބް) ގުޑުވައެވެ. މިކަން ކުރަނީ، ވަރުބަލިވުން ދުރު، މަސްގަނޑެއްގެ އެހީގައެވެ. އެ މަސްގަނޑު ގެންގޮސްދެނީ ނަގާޖެހިޖެހި ހުންނަ ކާޓިލެޖްއަށެވެ. މި ނިޒާމުގެ ތެރެއިން ވިންދު ޖަހާ ޒާތުގެ ވަރުގަދަ އަޑެއް އިވެއެވެ. ބައެއް ފަހަރު އެއް މަސްގަނޑު ނުވަތަ 2 މަސްގަނޑު ބޭނުންކޮށްގެންވެސް މި އަޑުތައް ލައްވާ ކަމަށްވެއެވެ.

ޑެނިއަނެލާ ސެރީބްރަމް ފިރިހެން މަހުގެ މޭކަށިގަނޑަކީ ވަރުގަދަ ނުވަތަ ހަރުކަށިތަކެކެވެ. މި ބާވަތުގެ އަންހެން މަސްތަކަށް އެހާ ގަދަ އަޑެއް ނުލެއްވެނީ އެހެންވެ ކަމަށް ވުން ގާތެވެ. މިއީ ޑެނިއަނެލާ ސެރީބްރަމް، ކޮން ބޭނުމެއްގައި ލައްވާ އަޑެއް ކަން އަދި ހޯދިފައެއް ނެތެވެ. ނަމަވެސް އެއީ، ކިލަނބު ފެންގަނޑުތަކުގައި ދަތުރު ކުރުމުގެ އެހީއެއްގެ ގޮތުން ލައްވާ އަޑަކަށް ވުން އެކަށީގެންވާ ކަމަށް ބައެއް ސައެންސްވެރިން ޤަބޫލު ކުރެއެވެ. ނުވަތަ، އެ އަޑަކީ، ދަރިމައިވުމުގެ މަރުހަލާގައި އެހެން ފިރިހެން މަސްތައް އެ ސަރަޙައްދުން ދުރު ކުރުމަށް އިންޒާރެއްގެ ދިނުމުގެ ގޮތުން ލައްވާ އަޑަކަށް ވެދާނެ ކަމަށް ބުނާ ސައެންސްވެރިންވެސް އުޅެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2024

އެތުލީޓުންގެ ފެންވަރާއި ބުންވަރުގެ ސިއްރު: ބޮޑު ކައްކާގެ ޖަޑިބުކަމުގެ ދަށުގައި؟

28 ޖެނުއަރީ 2024
އެތުލީޓުންގެ ފެންވަރާއި ބުންވަރުގެ ސިއްރު: ބޮޑު ކައްކާގެ ޖަޑިބުކަމުގެ ދަށުގައި؟
15 ޑިސެމްބަރު 2023

ސާފު ފެންގަނޑެއްގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޒައިތޫނި ތެޔޮ: މި ވަނީ ކިހިނެއް؟

15 ޑިސެމްބަރު 2023
ސާފު ފެންގަނޑެއްގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޒައިތޫނި ތެޔޮ: މި ވަނީ ކިހިނެއް؟
07 ޖޫން 2023

"ހޮލީވުޑް ފެންވަރުގެ" ހިނިތުންވުމެއް ބޭނުންތަ؟

07 ޖޫން 2023
"ހޮލީވުޑް ފެންވަރުގެ" ހިނިތުންވުމެއް ބޭނުންތަ؟
19 ސެޕްޓެމްބަރު 2022

ބީޒަންޠިޔާއިންގެ ދުވަސްވަރުގެ ބޮޑު މުށިގަނޑެއް ޣައްޒާއިން ފެނިއްޖެ

19 ސެޕްޓެމްބަރު 2022
ބީޒަންޠިޔާއިންގެ ދުވަސްވަރުގެ ބޮޑު މުށިގަނޑެއް ޣައްޒާއިން ފެނިއްޖެ
08 އޯގަސްޓު 2022

ގޮނޑުހޮވައިގެންވެސް ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް! އެކަމަކު ވެއްޓަށް ގެއްލުން؟

08 އޯގަސްޓު 2022
ގޮނޑުހޮވައިގެންވެސް ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް! އެކަމަކު ވެއްޓަށް ގެއްލުން؟
04 މެއި 2021

މަތިންދާބޯޓެއްގެ ތެރޭގައި ޕެސިންޖަރަކު ދުވަސްނުފުރާ ވިހައިފި

04 މެއި 2021
މަތިންދާބޯޓެއްގެ ތެރޭގައި ޕެސިންޖަރަކު ދުވަސްނުފުރާ ވިހައިފި
17 ސެޕްޓެމްބަރު 2019

މޮދީގެ ޒުވާން ދުވަސްވަރުގެ މައްޗަށް ފިލްމެއް ހަދަނީ

17 ސެޕްޓެމްބަރު 2019
މޮދީގެ ޒުވާން ދުވަސްވަރުގެ މައްޗަށް ފިލްމެއް ހަދަނީ
11 އޯގަސްޓު 2018

ދަރިވަރުގެ ބަދަލުގައި ޓެސްޓް ހެދި ޓީޗަރު ހައްޔަރު ކޮށްފި

11 އޯގަސްޓު 2018
ދަރިވަރުގެ ބަދަލުގައި ޓެސްޓް ހެދި ޓީޗަރު ހައްޔަރު ކޮށްފި
30 ޖޫން 2017

ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

30 ޖޫން 2017
ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ
26 ޖޫން 2017

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017
"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް