Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުރަފިން ސަލާމަތްވުން

ކިތަންމެ ވަރަކަށް ސާފު ކުރިޔަސް ކުދި ކުރައްޕާއި އެކަހަލަ ސޫފާސޫފިން ސަލާމަތް ނުވެވޭދޯ؟

އޮރެންޖު ތެލަކީ ގޭތެރެ ސާފުކޮށްލަންވެސް އެހާމެ ރަނގަޅު އެއްޗެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޖޫން 2024 | ބުދަ 12:22
އޮރެންޖު ފަދަ ސިޓްރަސް އާއިލާއަށް ނިސްބަތްވާ މޭވާތަކުން އެ ދުވާ ވަހަކީ، ސޫފާސޫތްޕަށް މާ ކަމުދާ ވަހެއް ނޫން

އޮރެންޖު ފަދަ ސިޓްރަސް އާއިލާއަށް ނިސްބަތްވާ މޭވާތަކުން އެ ދުވާ ވަހަކީ، ސޫފާސޫތްޕަށް މާ ކަމުދާ ވަހެއް ނޫން

އެއީ ކިހިނެއް އަންނަ އެއްޗެހި ތަކެއް ކަން ބުނެދޭކަށް ނޭނގެއެވެ. ސޫފާސޫފި މަރަން ޚާއްޞަ ކޮށްފައި ހުންނަ ސްޕްރޭތަކަށްވެސް ނު ސިހޭ ކުދި ކުރައްޕާއި ހިނިފަދަ ސޫފާސޫފިތައް، އަހަރެމެންގެ އަމިއްލަ ގެދޮރުގައި ވެރިކަން ކުރަމުން ދަނީ ޚިޔާލެއް ފިކުރެއް ނެތިއެވެ. ގިނަ ބަޔަކު ބުރަވާ ގޮތުގައި އެ ސޫފާސޫތިތައް ގޭތެރޭގެ އެކި ހިސާބުތައް ފަތަޙަ ކުރަނީ ފަރުނީޗަރުތަކުގެ ނިވަލުގައި ތިބެގެންނެވެ. ނުވަތަ ތަޅުންގަނޑާއި ފާރުތަކާ ގުޅޭ ހިސާބު ރަނގަޅަށް ނުބައްދާ ހުރުމުގެ ސަބަބުންނެވެ.

ކޮންމެ ސަބަބަކާ ހެދި ކަމުގައި ވީ ނަމަވެސް، ހިއްސާކޮށްލަން މި އުޅެނީ، ކުދި ކުރައްޕާއި ހިނި ފަދަ ސޫފާސޫފިން ސަލާމަތް ވާން ހެދި ދާނެ ގޮތެއްގެ ވާހަކައެވެ. މީހާގެ ހޭ ހުސްވަންދެން ޝެލްޓޮކްސް ފުޅި ޖަހާ ހުސްކުރަންވީއެއް ނޫނެވެ. މި ޙައްލު ގޮސް ގުޅެނީ މޮޕް އެޅުމާއެވެ.

އާނއެކެވެ. ގޭތެރޭގެ އެކި ހިސާބުތަކުން ސޫފާސޫފި ދުރު ކުރެވެން އޮތީ މޮޕް އަޅައިގެންނެވެ. މި ބުނަނީ ތިޔަ ގޭގައި މޮޕް އަޅާ ނުއުޅޭ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް، ޤަވައިދުން މޮޕް އަޅަމުން ގެންދާށެވެ. މޮޕް އަޅަން ބޭނުން ކުރާ ފެންގަނޑަށް އެއްޗެއް އިތުރު ކޮށްލަންވީއެވެ. ބުނަން މި އުޅެނީ އޮރެންޖު އެސެންޝަލް އޮއިލްގެ ވާހަކައެވެ.

އޮރެންޖު ފަދަ ސިޓްރަސް އާއިލާއަށް ނިސްބަތްވާ މޭވާތަކުން އެ ދުވާ ވަހަކީ، ސޫފާސޫތްޕަށް މާ ކަމުދާ ވަހެއް ނޫޏެވެ. އޮރެންޖު ތެލަކީ، ސޫފާސޫފީގެ ނޭވާލާ ނިޒާމުގެ ބޭރުގައި ވާ އޮމާން ކޯޓެއް ނައްތާލާ އެއްޗެއް ކަމަށް ބުނެވެއެވެ. އެހާ ހިސާބުން އެ ސޫތްޕެއްގެ ނޭވާ ހާސްވެ، މަރުވެއެވެ. ވަކިން ހާއްސަކޮށް ފައިދިގު މަކުނާއި، ހިނި އަދި އުކުނު ފަދަ ސޫފާސޫތްޕަށް އޮރެންޖު ތެލުން ވާ ގެއްލުން ވަކިން ބޮޑެވެ. މޮޕް އަޅަން ބޭނުން ކުރާ ފެންގަނޑުގެ ތެރެއަށް އޮރެންޖު ތޮޔެ އަޅައިގެން ބޭނުން ކުރުމުން، ޒާތްޒާތުގެ ވިހަގަދަ ކެމިކަލްތައް ބޭނުން ނުކޮށް، ސޫފާސޫފިން ސަލާމަތް ވުމުގެ ފުރުޞަތު ބޮޑުވެއެވެ.

ސޫފާސޫފީގެ އުނދަގުލުން ސަލާމަތް ވަނީ އެކަންޏެއް ނޫނެވެ. އޮރެންޖު ތެލަކީ ގޭތެރެ ސާފުކޮށްލަންވެސް އެހާމެ ރަނގަޅު އެއްޗެކެވެ. ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރާ އެންޓިބެކްޓީރިއަލް ސިފަތަކެއް، އޮރެންޖު ތެލަށް ލިބިގެންވެއެވެ. އަދި ކޮބައި ހެއްޔެވެ؟ އޮރެންޖު ތެލަކީ، ބަދިގޭގައި އެއްޗެހި ކައްކާ، ތެލުލާ ހަދާއިރު އުނދުން މައްޗާއި، ފާރުތަކަށް ބުރާފައި ހުންނަ ތެޔޮ ގިރިސްތައްވެސް ފިލުވާލަން ހަމަ އެއްވަނައެވެ. ބޯނަސް ޕޮއިންޓް އަދި އޮތީއެވެ. ގޭތެރެއިން ދުވާނެ ހިތްގައިމު މީރު ވަހަށް ތަޢުރީފު ޙައްޤެއް ނޫން ހެއްޔެވެ؟ ސިޓްރަސް ވަހަކީ އަހަރެމެންގެ ގައިގައި ވަރު ޖައްސައިދީ، މޫޑް ރަނގަޅު ކޮށްދޭ ވަހެކެވެ. އެއް ދޮނުގައި އެ ޖަހާލެވުނީ ކިތަށް ބުޅި ހެއްޔެވެ؟

ސޫފާސޫފިތައް ދުރުކުރަން އޮރެންޖު ތެޔޮ ފެންގަނޑު ތައްޔާރު ކުރުމަކީ މާ އުނދަގޫ ކަމެއްވެސް ނޫނެވެ. މިކަން ކުރަން ބޭނުން ވާނީ ކޮންމެ ބައި ގެލަނެއްގެ ފެނަށް، ބައި އައުންސް ނުވަތަ 1 އައުންސްގެ އޮރެންޖު ތެލެވެ. ބައި ގެލަނަކީ ގާތްގަނޑަށް 2 ލީޓަރުގެ ފެނެވެ. އޮރެންޖު ތެޔޮ އަޅަން ބޭނުން ކުރާ ފެންގަނޑަކީ ފިސާރަ ހޫނުކޮށް ކެކިކެކި ހުރި ފެންނަށް ވާންޖެހެއެވެ. ފެންގަނޑަށް އަޅަން ބޭނުން ކުރާ އެސެންޝަލް އޮރެންޖު ތެލަކީ ބާޒާރުން ލިބެން ހުންނަ ތެލެކެވެ. ހަމަ އެހާމެ ފަސޭހައިން، އަމިއްލައަށް ގޭގައިވެސް ތައްޔާރުކޮށްލެވިދާނެ ތެލެކެވެ.

ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވީ ނަމަވެސް، ގޭތެރެ ރަނގަޅަށް ފޮޅާ ސާފު ކުރުމަށް ފަހު ކޮންމެ 2 ދުވަހަކުން އެއް ދުވަހު މޮޕް އެޅޭތޯ ބަލާށެވެ. އެންމެ މަދުވެގެން ހަފުތާއަކު 1 ފަހަރު  މޮޕް އަޅަން ވާނެއެވެ. އެންމެ ފުރަތަމަވެސް އޮރެންޖު ތެޔޮ އެޅި ފެންގަނޑުން މޮޕް ކުރަން ނުއުޅޭށެވެ. ކުނިކަހާ ނިމިގެން ގޭތެރެ ވެކިއުމް ކުރެވެން އޮތިއްޔާ ވެކިއުމް ކޮށްލާށެވެ. އެއަށްފަހު ސާފުކުރާ މާއްދާއެއް ފެންގަނޑަށް އަޅައިގެން މޮޕްކުރާށެވެ. އެ ފެންގަނޑު އުކާލުމަށްފަހު، އަނެއްކާވެސް ސާފު ފެން ބޭނުންކޮށްގެން މޮޕް އަޅާށެވެ. އެއަށްފަހު އޮރެންޖު ތެޔޮ ފެންގަނޑުން މޮޕް ކުރާށެވެ. މޮޕް ކުރި ސަރަޙައްދު ރަނގަޅަށް ހިކެންދެކަށް އެ ސަރަޙައްދަށް ނާރާ ވޭތޯ ބަލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

22 މެއި 2017
ދުވަސް ވީ ވަރަކަށް ފިލްމުކުޅުމަށް ލިބޭ ފުރުސަތުތައް މަދުވޭ: ހެމާ

ދުވަސް ވީ ވަރަކަށް ފިލްމުކުޅުމަށް ލިބޭ ފުރުސަތުތައް މަދުވޭ: ހެމާ

19 މެއި 2017
ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

17 މާރިޗު 2017
"ބޭގަމް ޖާން" ސެންސަރުކޮށްފައި ވަނީ އާދައިގެ މިންވަރަކަށް: މުކެރްޖީ

"ބޭގަމް ޖާން" ސެންސަރުކޮށްފައި ވަނީ އާދައިގެ މިންވަރަކަށް: މުކެރްޖީ

09 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު