Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިސީއެސްއާރުއައި ކޮންފަރެންސް

ވިލާކޮލެޖްގެ އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން ނިންމާލައިފި

މި ކޮންފަރެންސަށް 53 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށަހެޅުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖޫން 2024 | ބުދަ 04:06
ވިލާ ކޮލެޖުން ބޭއްވި އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައި

ވިލާ ކޮލެޖުން ބޭއްވި އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައި

ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރް.އައި) ގެ ފަރާތުން 2024 ވަނަ އަހަރު ބޭއްވި "އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" ނިންމާލައިފިއެވެ.

ވިލާކޮލެޖްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އައި.ސީ.އެސް.އާރ.އައި. ކޮންފަރަންސް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" އެވެ. މި ކޮންފަރެންސަށް 53 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށަހެޅިފައި ވިއެވެ. އޭގެ ތެރޭގައި، ބައިނަލްއަޤުވާމީ ބައިވެރިންނާއި ދިވެހި ދަރިވަރުންނާއި ރިސާޗަރުން ހިމެނެއެވެ. މި ކޮންފަރެންސްގައި ތަފާތު 8 ދާއިރާއަކުން ޕޭޕަރުތަކާއި ޕޯސްޓަރތައް ހުށަހަޅާފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މި ކޮންފަރެންސްގައި 4 ކީނޯޓް ސްޕީޗް އާއި 5 ޕެނަލް ޑިސްކަޝަން ކުރިއަށްދިޔައެވެ. ހުށަހެޅި ރިސާޗް ޕޭޕަރުތަކުގެ ތެރެއިން އެންމެ މޮޅު ޕޭޕަރ އަދި އެންމެ މޮޅު ޕްރެޒެންޓަރ އެވޯޑް ދީފައިވެއެވެ. އެންމެ މޮޅު ޕްރެޒެންޓަރ އެވޯޑް ދީފައިވަނީ 2 ކެޓަގަރީ އަކަށް ބަހާލައިގެން ނެވެ.

އެންމެ މޮޅު ރިސާޗް ޕޭޕަރުގެ އެވޯޑް ލިބިފައިވަނީ:

މަރިޔަމް ނޫހާ އާއި ޑރ.އައިޝަތު ޝަނޫރާ - އިފެކްޓްސް އޮފް އެންކަރޭޖްމަންޓް އޮން ކޮގްނިޓިވް ޕާފޯމަންސް އޮފް އެން އެބްސްޓްރެކްޓް ރީޒަނިން ޓާސްކް އަށެވެ.

އެންމެ މޮޅު ޕްރެޒެންޓަރުގެ އެވޯޑްތައް، ކެރިއަރ ރިސާޗަރ ކެޓަގަރީ ލިބިފައިވަނީ:

އެސޯސިއޭޓް ޕްރޮފެސަރު އިސްމާއިލް ނިޒާމް، ޑރ އަހުމަދު ޝާހިދު އަދި އެސިސްޓެންޓް ޕްރޮފެސަރު ޑަމިތު ގަންގޯޑަވިލާގޭ އަށެވެ.

އެންމެ މޮޅު ޕްރެޒެންޓަރުގެ އެވޯޑްތައް، ނޮވިސް ކެޓަގަރީ ލިބިފައިވަނީ:

ބަޓޫލް ޒާހޫ، ފަތުމަތު ލަމްޔާ އިމްތިޔާޒް، ލިއާރނިޝާ އެސް އާރް އަށެވެ.

މި ރަސްމީޔާތުގައި މިއަހަރުގެ ފެބްރުއަރީ މަހު ވިލާ ކޮލެޖްގެ މުވައްޒަފުން ރިސަރޗް ކުރުމަށް ހުޅުވާލި ރިސާޗް ގްރާންޓް 10 ފަރާތަކުން ހުށަހަޅައި އޭގެތެރެއިން 9 ފަރާތަކަށް ވަނީ ހަވާލުކުރެވިފައެވެ.

ރިސާޗް ގްރާންޓް ލިބުނު 9 ފަރާތަކީ:

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބު ވިދާޅުވީ އައި.ސީ.އެސް.އާރ.އައި. އަކީ ގިނަ ދިރާސާވެރިންނަށް ރިސާޗް ޕްރޮޖެކްޓްތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މިދިޔަ 4 އަހަރެކޭ އެއްގޮތަށް މިއަހަރުގެ ކޮންފަރެންސް ވެސް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށެވެ. އަދި އިޖުތިމާއީ އިލްމުތަކުގެ ދިރާސާތައް ކުރިއަށްވުރެ މިހާރު މުހިންމުވެފައިވާއިރު، މި ކޮންފަރެންސްގައި ސިނާއަތާ ގުޅިގެން ކުރި ދިރާސާ ނެންކަން ފާހަގަ ކުރެއްވިއެވެ.

މިއީ ވިލާ ކޮލެޖުން މިފަދަ ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެކި އެކި ދާއިރާއިން ދިރާސާކުރައްވާ ބޭފުޅުންނަށް އެބޭފުޅުންގެ ދިރާސާތައް ފަންނީ ބޭފުޅުންނާ ޙިއްޞާ ކުރުމާއި ހުށައެޅުއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައާއި އަދި ބައިނަލްއަގްވާމީގޮތުން ތަފާތު ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ އިލްމީ އަދި ފަންނީ ބޭފުޅުންނާއިއެކު ގުޅުން ގާއިމްކުރުމާއި އެބޭފުޅުންގެ އިލްމީ އަދި ފަންނީ ދިރާސާތައް ބިނާކުރުވަނިވި މާހައުލެއްގެ ތެރޭގައި މަޝްވަރާކޮށް ހިއްސާކުރުމަށް މަގުފަހިކޮށްދިނުމާއިއެކު އެބޭފުޅުންގެ މަސައްކަތްތައް އާންމުންނާއި ހިއްސާކުރެވޭނެފަދަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ. މިގޮތުން މިކޮންފަރަންސްގައި ޕްރެޒެންޓް ކުރެއްވި ބޭފުޅުންގެ ކަރުދާސްތައް ވިލާ ކޮލެޖުގެ ޖަރނަލް "އިންޓަރނެޝަނަލް ޖަރނަލް އޮފް ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" ގައި ޝާއިއު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު