Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އަރުޝީފު ދުވަސް

ދުނިޔޭގެ އަރުޝީފު ދުވަސް: މަސްހުނިވެފައިވާ ނުރަނގަޅު މައުލޫމާތުން، ކިލަނބުކޮށްލަނީ ގައުމުގެ މައުލޫމާތުގެ ހަޒާނާ!

2003 ގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ.) އުފެއްދި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖޫން 2024 | އާދީއްތަ 13:57
އަރުޝީފުތަކާއި މެދު ތައްޔާރުކޮށްފައިވާ އިލަސްޓްރޭޝަނެއް

އަރުޝީފުތަކާއި މެދު ތައްޔާރުކޮށްފައިވާ އިލަސްޓްރޭޝަނެއް

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 9 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ޤައުމީ އަރުޝީދު ދުވަހުގެ ގޮތުގައެވެ. އެ ދުވަސް އަރުޝީފު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ދުވަހަކީ ބައިނަލްއަޤްވާމީ އަރުޝީފް ކައުންސިލް އުފެއްދި ދުވަސްކަމަށްވާތީއެވެ.

މުއްސަނދި ސަޤާފަތަކާއި ދިގު ތާރީހެއް ލިބިގެންވާ ރާއްޖެފަދަ ޤައުމީ އަރުޝީފެއްގެ މުހިންމުކަން ކިތަންމެހާވެސް ބޮޑެވެ. އެކަން ރާއްޖޭގެ ގަދީމީ ތާރީޙު ދިރާސާކުރެއްވި މުފައްކިރުންނަށް ފަހަރެއްގާ ވެސް އޮޅިފައެއް ނެތެވެ. އެކަމުގެ ދަލީލަކަށް 12 ވަނަ ގަރުނުން ފެށިގެން ފެންނަން ހުރި ލޯމާ ފާނުތައް އެކަނި ވެސް ފުދެއެވެ. އަދި އެތައް 100 އަހަރެއް ވަންދެން ރާއްޖޭގައި އަރުޝީފުކުރުމުގެ މަސައްކަތް މެދު ނުކެނޑި ފަރުވާތެރިކަމާއި އެކު ކުރަމުން އައިސްފައި ވުމުން، އަރުޝީފުގެ މުހިންމުކަން މާކުރިން ދިވެހިންނަށް ވިސްނިފައި އޮތްކަން އެބައެނގެއެވެ.

ރާއްޖޭގެ އަރުޝީފުގެ ތާރީހަށް ކުރު ގޮތަކަށް ނަޒަރު ހިންގާލާނަމަވެ. 12 ޖެނުއަރީ 1942 އިން ފެށިގެން އޭރުގެ ވުޒާރަތުއް ދާޙިލިއްޔާގައި ދުވަހުން ދުވަހަށް ޤައުމުގެ ކަންކަން ލިޔެ އަރުޝީފުކުރުމުގެ މަސައްކަތް ފެށިއެވެ. އޭގެ ފަހުން 1945 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ކުތުހުތުބުހާނާ އާއި 1952 ގައި ހުޅުވުނު ދާރުލްއާސާރުގައި އަރުޝީފުގެ މަސައްކަތްތައް ދަމަހައްޓަމުން ވަނީ އައިސްފައެވެ. މީގެ އިތުރުން 1968 ގައި އެކުލަވާލި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އަދި 1979 ގައި އުފެދުނު ދިވެހި ތާރީޚާ ސަގާފަތަށް ޚިދުމަތްކުރާ ގައުމީ މަޖިލީހުގައި ވެސް އަރުޝީފުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަރުޝީފުގެ މަސައްކަތްތައް އިހުނަށް ވުރެ ޒަމާނީކޮށް އެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ޖައްސާލީ، 1982 ގައި އުފެދުނު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި އެކުގައެވެ. މީގެ އިތުރުން، 2003 ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ.) އަކީ އަރުޝީފުގެ މަސައްކަތް ޓެކްނޮލޮޖީ ގޮތުން ކުރެވޭ ޒަމާނާއި އެއްހަމަ މުއައްސަސާއެކެވެ.

ޒަމާން ވޭތުވަމުން އައި އިރު އެކި ދުވަސްވަރު ދިވެހިންގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ދިވެހިންގެ އަރުޝީފަށް އިސް ސަމާލުކަމެއް ދެއްވާފައިވެއެވެ. އެގޮތުން 1996 ގައި އޭރުގެ ސަރުކާރުން ވަނީ  މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ދަށުގައި އިދާރީގޮތުން ޤައުމީ އަރުޝީފުގެ ނަމުގައި އޮފީހެއް އުފައްދަވާފައެވެ. އެއީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު މި ޖީލު ދެކެމުން މިދާ ފަދައިން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފެއް އެކުލަވާލީ ރައްޔިތުންގެ މަޖިލީހުން 2011 ވަަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުާއި އެކުގައެވެ. އެ ޤާނޫނުގެ ދަށުން 2012 ވަނަ އަހަރު އެކުލަވާލި ޤައުމީ އަރުޝީފަކީ ޤައުމުގެ ތާރީޚީ ފުރޭފުތައް ބަލަހައްޓާ ދެމެހެއްޓުން ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާއެވެ. ކަން މިހެން އޮތް އިރު އެކި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ޤައުމީ އަރުޝީފުގެ ޚިދުމަތްތައް ވަނީ ދަމަހައްޓާފައެވެ.

މި ދަންނަވާލީ ރާއްޖޭގެ ޤައުމީ އަރުޝީފުގެ ތާރީހެވެ. އަރުޝީފުކުރުމުގެ މަސައްކަތް ޒަމާނަށް ފައްތަން މަސައްކަތް ކުރާ އިރު ބަވަނަވެފައިވާ އެހެން ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް މި ވަނީ ރާއްޖެ އާއި ވެސް އަރާ ހަމަކޮށްފައެވެ. މި ޒަމާނަކީ ކަރުދާހުގެ ލިޔުންތައް މަދު ޒަމާނެކެވެ. ގިނަ މައުލޫމާތުތައް އެއްކޮށް، އެކުލަވާލަމުން ދަނީ އޮންލައިންކޮށެވެ. ގައުމުތަކަށް މިއަދު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސައްހަ ނޫން މައުލޫމާތުތަކާއި ސައްހަ މައުލޫމާތުތައް ދެނެގަތުމުގައި ދިމާވާ ގޮންޖެހުންތަކެވެ. އަދި އިދާރާތަކާއި މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތައް އުނިކުރުމާއި، އުނި އިތުރު ގެނައުމުގެ ކުރިން އެ މައުލޫމާތުތައް އާކައިވް ނުކުރުމަކީ ވެސް ދިމާވާ ގޮންޖެހުމެކެވެ. ރާއްޖޭގައި ވެސް މަދުން ނަމަވެސް މިފަދަ މައްސަލަތައް ފެންމަތިވެފައި އެބަ ހުއްޓެވެ. މުހިންމު މައުލޫމާތުތައް ގަސްތުގައި ނިޒާމުން ގެއްލުވާލުމާއި، ސިޔާސީ ބޭނުމަށްޓަކާ މައުލޫމާތުތަކަށް އުނި އިތުރު ގެނައުމަކީ އެކަމުގެ ގެއްލުން އެތައް ޖީލަކަށް ފޯރާނެކަމެކެވެ. ޑިިޖިޓަލް ދުނިޔެ އަށް އާރކައިވްކުރުމުގެ މަރުހަލާ ފައްތަން މަސައްކަތް ކުރާ އިރު ސަރުކާރުގެ އިދާރާތަކުގެ މައުލޫމާތުތަކުގެ މައުލޫމާތުގެ ސައްހަކަން ގެއްލޭ ފަދަ ކަންކަން ކުރުމަކީ، ކަންކަމުގެ ސައްހަ މައުލޫމާތު އޮޅުންބޮޅުންވެގެން ހިނގައިދާނެކަމެކެވެ. މިފަދަ މައްސަލަތައް ހަލުކުރުމަށް ސަރުކާރުގެ ލިޔުންތައް ސައްހަގޮތުގައި ރައްކާކުރުން މުހިންމެވެ.

ގަބޫލުކުރަންޖެހޭ ކަމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އަރުޝީފާއި މެދު އިޚުލާސްތެރިވުމަކީ ސަރުކާރުތަކުން އެކަމަކަށް ބާރުއަޅަން ޖެހޭ ކަމެއްކަމެވެ. ޑިމޮކްރެޓިކް ދައުލަތަކީ އަރުޝީފީ ރިކޯޑުތައް ބެލެހެއްޓުމާއި ޚިދުމަތް ދިނުމުގައި ޖަވާބުދާރީވާނެ ދައުލަތެކެވެ. އެހެންކަމުން ރިކޯޑު ބެލެހެއްޓުމާއި އަރުޝީފުކުރުމުގެ އެކިއެކި އިންތިޒާމުތައް ހާމަކަން ބޮޑުގޮތަކަށް ޤާއިމްކޮށްދިނުން މުހިންމެވެ. މަސްހުނިވެފައިވާ ނުރަނގަޅު މައުލޫމާތުތައް ދޫކޮށްލުމާއި، ސަރުކާރުގެ އިދާރާތަކުގެ ލިޔުންތައް އުސޫލާއި ޚިލާފަށް ނައްތާލުމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އަރުޝީފުކުރުމަކީ ރާއްޖޭގައި އެ ދާއިރާގެ މަސައްކަތްތެރިން ވަރަށް އިޚުލާސްތެރިކަމާއި އެކު ކުރަމުން އެއް ގޮތެއްގައި ދަމަހައްޓަމުން އައިކަމެކެވެ. އެހެންކަމުން އިދާރާތަކުގެ މައުލޫމާތުތައް ވެސް ވަގުތީ މަންފާއަށް ނުބަލާ ހާމައަށް ފެންނާނެހެން އެއްކުރެވޭނެ މަގު ފަހިކޮށްދޭންޖެހެއެވެ.

ޤައުމު ހިނގަމުންދާ ނިޒާމުގެ ތެރެއިން ރެކޯޑްކުރެވޭ ސައްހަ މައުލޫމާތު ރައްކާކުރުމަކީ ޤައުމު ހިންގުމަށްޓަކާ ނުހަނު ބޭނުންތެރިކަމެކެވެ. އެހެނީ އެ މައުލޫމާތަކީ ގައުމުގެ މާޒީ އާއި ކުރިމަގު ބަލަހައްޓަން މުހިންމު މަރުހަލާއަކަށްވުމެވެ. އަދި މުސްތަޤްބަލުގެ ނިންމުންތައް ނިންމުމަށް ބޭނުންވާ ހޯދުންތައް ރައްކާކުރުމަކީ ވެސް މިފަދަ އަރުޝީފެއް ޤާއިމްކުރުމުގެ މުހިންމު އެއް ބޭނުމެވެ. މާދަމާއަށް ރައްކާތެރިކޮށް ބަލަހައްޓައި، އެ މައުލޫމާތުން ޚިދުމަތް ދިނުމުގައި ގައުމީ އަރުޝީފުގެ ޒިންމާ މުހިންމެވެ. މިޖީލުގެ ސަޤާފީ އާދަކާދަތަކާއި، އިޖުތިމާއި، އިޤްތިޞާދީ އަދި މާލީ ފެންވަރު މާދަމާ އަށް އެނގެން އޮތީ އަރުޝީފުގައި ރައްކާކުރެވޭ ސައްހަ މައުލޫމާތުގެ އަލީގައެވެ. އެހެންކަމުން

ގައުމީ އަރުޝީފު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު