Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކޮންޓޭ، ނަޕޯލީއާ ހަވާލުވެއްޖެ

6 ޖޫން 2024 | ބުރާސްފަތި 05:02

2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓޭ ނަޕޯލީ އަށް އިރުޝާދު ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2024 | ބުރާސްފަތި 05:02
ނަޕޯލީގެ އެއްބަސްވުމުގައި ކޮންޓޭ ސޮއި ކުރަނީ

ނަޕޯލީގެ އެއްބަސްވުމުގައި ކޮންޓޭ ސޮއި ކުރަނީ

ހުސްވެފައިވާ ނަޕޯލީގެ ކޯޗަކަށް، އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ނަޕޯލީގެ ކޯޗަކަށް އެންމެ ފަހުން ހުރީ ވޯލްޓާ މަޒާރީ އެވެ. ނަމަވެސް ނަޕޯލީން ވަނީ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު ނަޕޯލީގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ ފްރެންޗެސްކޯ ކަލްޒޯނާ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ސީޒަންގެ ބާކީ ގޮތް މުއްދަތަށެވެ. ނަޕޯލީގެ ވަގުތީ ކޯޗުކަން އުމުރުން 55 އަހަރުގެ ކަލްޒާނޯއާ ހަވާލުކުރިއިރު، އޭނާ ހުރީ ސްލޮވޭކިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުގަ އެވެ.

ބުދަ ދުވަހު ނަޕޯލީން ވަނީ ކޮންޓޭ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެގޮތުން އެ ކުލަބުން ކޮންޓޭ އާއެކު ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓޭ ނަޕޯލީ އަށް އިރުޝާދު ދޭނެ އެވެ. ނަޕޯލީ އަކީ ކޮންޓޭ އޭނާގެ ކޯޗިން ކެރިއަރުގައި އިރުޝާދު ދޭނެ 10 ވަނަ ކުލަބެވެ.

ކޮންޓޭ އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ ކޯޗުގެ މަގާމުގަ އެވެ. އެ މަގާމާ އޭނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން، މިދިޔަ އަހަރު ކޮންޓޭ ވަނީ ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ކޮންޓޭ އަށް ބައެއް ކުލަބުތަކުގެ ހުށަހެޅުން ލިބުނު ނަމަވެސް، އޭނާ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.

ސިއެނާގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި 2005 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކޮންޓޭ ވަނީ، އެޓަލަންޓާ، ޔުވެންޓަސް، ޗެލްސީ، އިންޓަ މިލާން އަދި ޓޮޓެންހަމް ފަދަ ކުލަބުތަކަށް އިރުޝާދު ދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް