Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޮއްޑޫ ދަނޑުބިންތަކުގެ މައްސަލަ

ރަށު ރައްޔިތުންނާއި ބައްދަލުނުކުރަން ވެގެން ތޮއްޑޫ ކައުންސިލް ބަންދުކޮށް ފުލުހުން ފޯރިމަރަން ފަށައިފި

ރައްޔިތުންނާއި ބައްދަލުކުރާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވީ ވާހަކައަކީ މަޖަލަކަށް ވިދާޅުވި އެއްޗެއް ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޖޫން 2024 | ބުދަ 11:45
ތޮއްޑޫ ދަނޑުވެރިންނާއި އާންމުން ކައުންސިލް ކައިރިއަށް އެއްވެފައި

ތޮއްޑޫ ދަނޑުވެރިންނާއި އާންމުން ކައުންސިލް ކައިރިއަށް އެއްވެފައި

ތޮއްޑޫގެ ދަނޑުވެރިންނާއި ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ބައްދަލުނުކުރަން ވެގެން ކައުންސިލް އިދާރާ ބަންދުކޮށް ފުލުހުން ފޯރިމަރަން ފަށައިފިއެވެ.

ތޮއްޑޫ އިން ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލް ބަންދުކުރީ ބުދަ ދުވަހު ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް މެންދުރު 1:00 ގައި ބާއްވަން ކައުންސިލްގެ ރައީސް ނިންމާފައިވާތީ 1 ޖެހި އިރު ރައްޔިތުން ކައުންސިލް އިދާރާއަށް ދިޔައިރު ކައުންސިލް ބަންދުކޮށް ތަޅުލާފައި އެތަނުގައި ކައުންސިލުން އެދިގެން ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ދާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކައުންސިލްގެ ރައީސްއާއި ކުރިން ބައްދަލުކުރި އިރު ބުދަ ދުވަހު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރާނެ ކަމަށް ބުނެ ދައްކާފައިވާ ވާހަކައަކީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށް ރާއްޖެއެމްވީއާއި ދެއްކި މީހުން މައުލޫމާތު ދިނެވެ. އަދި ބުދަ ދުވަހު ކައުންސިލްގައި ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައިވެސް ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައިދޭނެކަމަށް ބުނެފައިވަނީ މަޖަލަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.

ތޮއްޑޫއިން ވާހަކަ ދެއްކި މީހާ ބުނީ ރައްޔިތުން ކައުންސިލާއި ބައްދަލުކުރަން އެދިފައިވަނީ ދަނޑުބިންތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކަމަށާއި، ރޯދައިގެ ފަހުން ބައްދަލުކުރަން އެތައް ފަހަރެއްގެ މަތިން އެދުނު ނަމަވެސް މިހާތަނަށް ވެސް ކައުންސިލް ރައީސްއާއި ބައްދަލުކުރެވޭ ގޮތެއް ނުވި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުމެއް އޮތް ބޮޑު މައްސަލައެއް އޮއްވާ ކައުންސިލްގެ ރައީސް ދިޔައީ ޗުއްޓީ ނަގައިގެން ބޭރުގައި އޮތް ފެއަރއަކާއި، ގެސްޓްހައުސްއާއި ގުޅުންހުރި ކަންތަކެއްގެ ކަމަށެވެ. އަދި ރަސްމީ މަސައްކަތްތައް ފުނިޖެހިފައި ހުރިނަމަވެސް އެއިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

މީގެ އިތުރުން ގަވާއިދުން ބާއްވަން ޖެހޭ ރައްޔިތުންގެ ބައްދަލު ނުބޭއްވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކައުންސިލްގެ ރައީސް ގެންދަވަނީ އަމިއްލަ މަސައްކަތްތައް ކުރަމުން ކަމަށް ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ތޮއްޑޫގެ ދަނޑުވެރިން ބުނެފައިވަނީ ކައުންސިލާއި ބައްދަލުކުރަން ދާން އެދިފައިވަނީ ކޮވިޑްގެ ތެރޭގައި އެއިރު ދަނޑުބިންތަކާއި ގުޅޭގޮތުން ހަދާފައި އޮތް އުސޫލު ބަދަލުކޮށްދިނުމަށް ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދަނޑުހައްދާ މައްސަލަ ބޮޑުވެ ދަނޑުވެރިންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ބިންތައް ރަޖިސްޓްރީ ކޮށްގެން ލޯނު ނަގައިގެން ހިންގަން ކައުންސިލުން ބޭނުންވާތީ އެކަން އެގޮތަށް ކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

މީގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ކުރިން ބިންތައް ދޫކޮށްފައި އޮތް މުއްދަތު ހަަވެފައިވާ ކަމަށާއި، ރައްޔިތުން ބައްދަލުވުން ބާއްވަން އެދުމުން ފުރަތަމަ އެކަން ކުރަން ކައުންސިލްގެ ރައީސް ކަރަމް އެއްބަސްވެ ފަހުން އެގޮތަށް އެއްބަސްވީ މަޖަލަކަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި ކަމަށެވެ. އަދި ބިންތަކުގެ މައްސަލައިގައި ކައުންސިލުން ގޮތެއް ނުނިންމާ، ރައްޔިތުންނާއި ދެކޮޅަށް ކައުންސިލުން ކަންކަން ނިންމަމުންދާ ކަމަށް ވެސް ވާހަކަ ދެއްކި ދަނޑުވެރިން ބުނެފައިވެއެވެ.

ކައުންސިލް އިދާރާ ބަންދުކޮށް ރައްޔިތުންގެ ބައްދަލުވުން ނުބާއްވަން ކައުންސިލުން ނިންމާފައިވާއިރު، އެ ސަރަހައްދުގައި ތޮއްޑޫގެ ގިނަ އަދަދެއްގެ ދަނޑުވެރިން ދަނީ ނުރުހުންފާޅުކޮށް އެއްވަމުންނެވެ.

މިކަމާއި ގުޅޭގޮތުން ތޮއްޑޫ ކައުންސިލްގެ ރައީސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނު ނުނެގުމުގެ ސަބަބުން ކާމިޔާބުނުވެފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

15 ފެބުރުއަރީ 2017
ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު