Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ސުޕްރީމް ކޯޓުގެ ހުކުމާއެކު އަމިއްލަ ގޮތުން ހޮވުނު މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ: ދައުލަތް

9 އޯގަސްޓު 2017 | ބުދަ 14:11

އަމިއްލަ ގޮތުން ހޮވޭ މެންބަރުންގެ ގޮނޑި ނުގެއްލޭނަމަ މަގުސަދު ހާސިލްނުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 9 އޯގަސްޓު 2017 | ބުދަ 14:11
 ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު

 ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވާ މެންބަރުން ކަމުގައި ވިޔަސް ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފި އެވެ.

އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރުން ކަމުގައި ވިޔަސް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ދައުލަތުން ބުނެފައިވަނީ، އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ޕީޕީއެމްއިން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

އެ އަޑުއެހުމުގައި ލަތީފްގެ ވަކީލުން ވިދާޅުވީ، ސުޕްރީމް ކޯޓުން ޖުލައި މަހުގެ 13 ވަނަ ދުވަހު ކުރި ހުކުމުގެ ދަށުން ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެ ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް، އެ ޕާޓީގެ މެނިފެސްޓޯއާއި ފިކުރު ކުރިއަރުވަން އެއްބަސްވެ އިންތިޚާބު ކާމިޔާބުކުރާ މެންބަރުން ވާހަކަ ކަމަށެވެ. ލަތީފަކީ އަމިއްލަ ގޮތުން އިންތިޚާބް ކާމިޔާބުކުރެއްވި މެންބަރެއްކަން ފާހަގަކުރައްވައި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ހުކުމުގެ ބާރު ހިނގަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންނަށް އެކަނި ކަމަށެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ސަރީޙަ އިބާރާތުން އެފަދައިން ބަޔާންކޮށްފައިވާއިރު، ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަމިއްލައަށް ހުކުމް ބަދަލުކޮށްގެން ކަމަށެވެ. ހިސާން ވިދާޅުވީ ވަކި މެންބަރަކަށް ވަކި ގޮތެއް ހަދަން ހުކުރުމުގެ ތަރަހައިން ބޭރު ނުވެވޭނެ ކަމަށާއި މިއީ އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމުން ނުބައި ނިޔަތެއްގައި ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

ހިސާން ވިދާޅުވީ އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރަކު ސުޕްރީމް ކޯޓުގެ ހުކުމަށް ފެއްތޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅޭނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ލަތީފްގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު ލަތީފްގެ ނަން އޮތީ ޕީޕީއެމްގެ ދަފްތަރުގައި ކަމަށާއި އެހެންކަމުން އެ ޕާޓީން ވަކިކުރުމުން ލަތީފްގެ ގޮނޑި ގެއްލޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ދައުލަތުގެ ވަކީލު މާޝާ ލުތުފީ ވިދާޅުވީ އެ ހުކުމުގެ ދަށުން އަމިއްލަ ގޮތުން އިންތިޚާބުވެ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ނުގެއްލޭނަމަ، ހުކުމުގެ ބާރު ކެނޑި، ހުކުމް ނެރުނު މަގްސަދު ގއްލި ގަޟާއީ ހައްލެއް ނުލިބޭނެ ކަމަށެވެ.

މާޝާ ވިދާޅުވީ ހުކުމް ނެރެނު ފަހުން ޕީޕީއެމުން ލަތީފް ވަކިކޮށްފައިވާތީ އެ ހުކުމުގެ ބާރު ލަތީފްގެ މައްޗަށް ތަތްބީގްކޮށް ތަންފީޒް ވެސް ކުރެވޭނެ ކަމަށެވެ.

ލަތީފްގެ ވަކީލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމްގެ ހުރިހާ ނިންމުންތަކާ އެއްގޮތަށް ވޯޓް ދެވެން ނެތް ކަން ފާހަގަކޮށް ލަތީފް ވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު އަމިއްލައަށް ޕާޓީން ވަކިވެފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ ހަވާލާދެއްވާ ހިސާން ވިދާޅުވީ ޕާޓީން ވަކިވާން ހުށަހެޅުމުން ވަގުތުން ވަކިވާނެ ކަމަށާއި އެހެންނަމަވެސް ޕީޕީއެމްގެ ދަފްތަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ވެސް ވަކިކޮށްދީފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން އުނިކޮށް ނުދިނީ ގާނޫނާ ޚިލާފަށް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބޭނުމުގައިކަން ޖުލައި މަހުގެ 18 ވަނަ ދުވަހު ދަފްތަރުން އުނިކުރި ހިސާބުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ޕީޕީއެމުން ވަކިވެފައިވަނިކޮށް، މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ލަތީފް ކުރެއްވި އަނބުރާ ނެގުމަށް ޕީޕީއެމުން އެންގިކަން ފާހަގަކޮށް ހިސާން ވިދާޅުވީ ޕާޓީން ވަކިވެފައިވަނިކޮށް ލަތީފްގެ މައްޗަށް އެއްވެސް އެންގުމެއް އެންގުމުގެ ހައްގު ޕީޕީއެމަށް ލިބިގެންނުވާ ކަމަށެވެ.

އެ މައްސަލާގައި ލަތީފަށް ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ޕާޓީން ވަކިވެވަޑައިގަންނަވަން ހުށަހަޅުއްވާފައި އޮތް އޮތުމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ޕާޓީއަކުން މީހަކު ވަކިވި ކަމަށް ބެލެވޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުން ކަމަށެވެ. އަދި ޕާޓީއަކުން ވަކިކޮށްދޭން އެދި ފުރަތަމަ އެދެން ޖެހޭނީ އެ ޕާޓީއެއްގައި ކަމަށާއި ކޮމިޝަނުން އެކަން ކޮށްދޭނީ 14 ދުވަސް ތެރޭގައި ޕާޓީން އެކަން ކޮށް ނުދީފި ނަމަ ކަމަށް ފާހަގަކޮށް ވަކީލު ވިދާޅުވީ ކޮމިޝަނުން އަމިއްލަ އަށް ޕާޓީއަކުން މެމްބަރަކު ވަކިކޮށްދޭނީ އެކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

އެގޮތުން ލަތީފްގެ ނަން ދަފްތަރުން އުނިކޮށް ދިނުމަށް ޖުލައި މަހުގެ 11 ވަނަ ދުވަހު ހުށަހެޅުމުން އެކަން ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރި ކަމަށާއި، އެ އިޖުރާއަތު ފުރިހަމަ ކުރަމުންދަނިކޮށް ސުޕްރީމް ކޯޓުން ހުކުމް ނެރުނީ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ސައުދުގެ ނަން ދަފްތަރުން އުނިނުކުރެވެނީސް ޕާޓީން އޭނާ ވަކިކުރީ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި އަޑުއެހުން ނިންމާލާފައިވަނީ އިތުރު ވާހަކަ ދައްކަން ބޭނުންވާނަމަ އިތުރު އަޑުއެހުމެއް ބާއްވާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް