Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އޯވަރީގެ ކެންސަރު

އޯވަރީގެ ކެންސަރުގެ އަލާމާތްތައް، ހީވެސް ނުކުރާ ފަދަ!

އޯވަރީއަށް ކެންސަރު ޖެހެނީ ކަނޑައެޅިގެން ކޮން ސަބަބަކާއި ހެދި ކަމެއް އަދިވެސް ކަށަވަރު ކުރެވިފައެއް ނުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 ޖޫން 2024 | އަންގާރަ 11:06
އޯވަރީގެ ކެންސަރު -  ޑރ ސްވާތީ ވިދާޅުވި ގޮތުގައި، ބަލީގައި އެންމެ އާންމުކޮށް ފެންނަ އަލާމަތްތަކެއް ހުރޭ

އޯވަރީގެ ކެންސަރު - ޑރ ސްވާތީ ވިދާޅުވި ގޮތުގައި، ބަލީގައި އެންމެ އާންމުކޮށް ފެންނަ އަލާމަތްތަކެއް ހުރޭ

ދިވެހި ބަހުން ބުނާ ނަމަ ދައްކަން މި އުޅެނީ ބިސްރަވައިގެ ކެންސަރުގެ ވާހަކައެވެ. އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ފަރިތަ ނަމުން ނަމަ، އޯވަރީއަށް ޖެހޭ ކެންސަރުގެ ވާހަކައެވެ. އޯވަރީއަކީ އަންހެނާގެ ދަރިމައިވުމާ ގުޅިފައިވާ ބިސް އުފެދޭ ތަނެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައިވެސް ގާތްގަނޑަށް އާމަންޑް ބަދަން ފުކެއް ވަރުގެ 2 އޯވަރީ އިނދެއެވެ. އޯވަރީ އިންނަނީ، ރަހިމުގައި ބިސް ދަތުރުކުރާ ހޮޅީގެ ދެކޮޅުގައެވެ. ބިސް ދޫކުރުމުގެ އިތުރުން އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯން އުފައްދަނީވެސް އޯވަރީއިންނެވެ.

އޯވަރީއަށް ކެންސަރު ޖެހެނީ ކަނޑައެޅިގެން ކޮން ސަބަބަކާއި ހެދި ކަމެއް އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ވަގުތު ފާއިތުވުމުގެ ކުރިން ބަލި ހުރިކަން ދެނެގަނެވިދާނެ ގޮތްތަކެއް އެބަ ހުއްޓެވެ. މާ ބޮޑު ކަމަކަށް ނުހަދާ ފަރުވާ ކުޑަކޮށްލެވޭ ކުޑަކުޑަ އަލާމާތަކީވެސް، ތިމާގެ ފުރާނަ ސަލާމަތް ކުރަން އޮތް ހަމަ އެކަނި ފުރުޞަތު ކަމުގައިވެސް ވެދާނެއެވެ. އޯވަރީގެ ކެންސަރު ފެށެނީ އޯވަރީތަކުންނެވެ. ބަލީގެ ކުރީކޮޅު، ބަލި ދެނެގަތުމަކީ މާ ފަސޭހަ ކަމެއްވެސް ނޫނެވެ. ގިނަ ފަހަރަށް އަލާމާތްތަކަށް ސަމާލުކަން ދެވެނީ، ބަލި ބޮޑުވާން ފަށާ ފަހުންނެވެ. އޯވަރީގެ ކެންސަރަކީ 'ހިމޭން ޤާތިލެއް'ގެ ގޮތުގައިވެސް ސިފަ ކުރެއެވެ. އެއީ ބައްޔަށް ހޭލުންތެރިވެފައި ނެތުމުގެ ސަބަބުން، ބައެއް ކޭސްތައް ރިޕޯޓް ނުކުރާތީއެވެ. އެހެން ކަމުން، މި ބައްޔަށް އަދަށް ވުރެ ބޮޑަށް ސަމާލުކަން ދޭންވެއްޖެއެވެ. ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމުގައި ވީ ނަމަވެސް، ދުރާލާ ބަލި ދެނެގަތުމަކީ، ފަރުވާގެ ދަތުރު، ކާމިޔާބުގެ މަންޒިލާ ގާތް ކޮށްދޭނެ ކަމެކެވެ.

ޑރ ސްވާތީ ގައިކްވާދަކީ އިންޑިއާގެ ޕޫނޭގައި ހުންނަ މަދަރހުޑް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ، ދަރިމައިވުމާއި އަންހެނުންގެ ބަލިތަކުގެ ކޮންސަލްޓަންޓެކެވެ. ޑރ ސްވާތީ ވިދާޅުވި ގޮތުގައި، ބަލީގައި އެންމެ އާންމުކޮށް ފެންނަ އަލާމަތްތަކެއް ހުރެއެވެ. އާދަޔާ ޚިލާފަށް ބަނޑު ފުރި، ވާންވެފައި ހުރުމުގެ އިޙްސާސް ނުވަތަ ބްލޯޓް ވެފައި ހުންނަ ކަމުގެ އިޙްސާސް ތަކުރާރުކޮށް ކުރެވުމާއި، ބަނޑުގައި ރިހުމެއް ހުރުން، ނުވަތަ ޕެލްވިކްއޭ މިކިޔާ ސަރަޙައްދުގައި ރިހުމެއް ހުރުމާއި، ކާން އުނދަގޫވުން ނުވަތަ މާ އަވަހަށް ފުރިފައި ހުންނަ ކަމުގެ އިޙްސާސް ކުރެވުން އަދި އާދަޔާ ޚިލާފު އަވަސް އަވަހަށް ކުޑަކަމުދެވުމަކީ ޑރ ސްވާތީ ފާހަގަ ކުރެއްވި ބައެއް އަލާމާތްތަކެވެ. ޕެލްވިކް ފްލޯ މަސްތަކަކީ ޅިނދު ކަށިގަނޑުން ފެށިގެން އުކުޅުވަޅު ކަށިގަނޑާ ދެމެދު ހުންނަ މަސްތަކެވެ. މިއީ ގޮހޮރު، ބްލެޑަރ، ރަހިމު އަދި ކުރިމަތިފަރާތަށް ބާރުދޭ ދޭ މަސްތަކެކެވެ.

އޯވަރީގެ ކެންސަރު ކަމަށް ހީ ނުވެދާނެ ބައެއް އަލާމާތްތައްވެސް ޑރ ސްވާތީ ވަނީ ފާހަގަ ކުރައްވާފައެވެ. އާދަޔާ ޚިލާފަށް ވަރުބަލިވުން، ބުރަކަށީގައި ރިއްސުން، ބޮޑުކަމު ދިއުމުގެ އާދައަށް ބަދަލު އައުން އަދި ވީނުވީއެއް ނޭނގި ކުއްލި ގޮތަކަށް ބަރުދަން ލުއިވުން ފަދަ ކަންކަމަކީ ސަމާލުކަން ދޭންވީ ބައެއް އަލާމާތްތަކެވެ. އޯވަރީގެ ކެންސަރާ ގުޅިގެން ފެންނަ ބައެއް އަލާމާތްތަކަކީ، މާ ބޮޑު ކަމަކަށް ނުހަދާ، ގިނަ ފަހަރު ދޫކޮށްލެވޭ އަލާމާތްތަކަކަށް އޮންނީ ވެފައެވެ. ނަތީޖާއަކަށް ވަނީ، ބަލި ޖެހިފައި ވާ ކަން ދެނެގަނެވުން ލަސްވުމެވެ. އެއީ ފަރުވާގެ ނަތީޖާއަށް އަސަރު ކުރުވާ ކަމެއްކަން ޑރ ސްވާތީ ފާހަގަ ކުރެއްވިއެވެ.

ކޮންމެ އަންހެނަކީވެސް އޭނާގެ ހަށިގަނޑުން ދޭ މެސެޖުތަކަށް ވަރަށް ސަމާލުވާން ޖެހޭ މީހެކެވެ. ކުރިން ފާހަގަ ނުވާ ބަދަލެއްގެ އިޙްސާސް ދެތިން ހަފުތާއަކަށް ކުރެވޭ ކަމުގައި ވާ ނަމަ، އެކަމަކާ ބެހޭ ޞިއްޙީ ތަޖުރިބާކާރުންގެ ލަފާ، އަދި އެހީވެސް ހޯދަން ވާނެއެވެ. ބަލި ބޮޑުވުމުގެ ކުރިން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ފުރުޞަތު ލިބޭނީ އޭރުންނެވެ.

ޙަޔާތުގެ ކޮންމެ ހިސާބެއްގައިވެސް ޤަވައިދުން މެޑިކަލް ޗެކްއަޕްތައް ހެދުމަކީ އިންތިހާއަށް މުހިންމު ކަމެއްކަން ޑރ ސްވާތީވެސް ފާހަގަ ކުރައްވައެވެ. ވަކިން ހާއްސަކޮށް އަންހެނުންނެވެ. އެގޮތުން ކޮންމެ ޢުމުރެއްގެ އަންހެނެއް ކަމުގައި ވީ ނަމަވެސް އަހަރަކު އެއް ފަހަރު ބަނޑުގެ ސްކޭންތައް ހަދާލާ، ޝައްކެއްވާނަމަ ބަޔޮޕްސީ ހެދުމަށް ޑރ ސްވާތީ އިރުޝާދު ދެއްވައެވެ. އޯވަރީގެ  ކެންސަރު ޖެހޭ ކަމަށް ހީވެފައި އޮންނަނީ ޢުމުރުން ދުވަސްވަމުން ދާ މީހުންނަށް ކަމުގައި ވީ ނަމަވެސް، ޅަ ޢުމުރުފުރާގައިވެސް މި ނުރައްކާ އޮންނަކަން ޤަބޫލު ކުރަންޖެހެއެވެ.

ޤަވައިދުން މެޑިކަލް ޗެކްއަޕްތައް ހެދުމުގެ އިތުރަށް، ދިރިއުޅުމުގެ އާންމު އާދަތަކަށްވެސް ބަދަލު ގެނައުމަށް ޑރ ސްވާތީ އިރުޝާދު ދެއްވައެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދޭ މާއްދަތަކުން މުއްސަނދި ވެފައި ވާ ކާބޯތަކެތި ބޭނުން ކުރުމާ، ކޮންމެ ދުވަހަކީވެސް ކަސްރަތު ކުރާ ދުވަހަކަށް ހެދުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއި އެނޫންވެސް އެފަދަ ނޭއްގާނީ މާއްދާތައް ބޭނުން ކުރުމާ ދުރުވުމަކީ ކުރެވިދާނެ މުހިންމު ކަންކަމެވެ. ޢާއިލާގައި ކެންސަރު ބަލީގެ ޕޭޝަންޓުން ތިބި ކަމުގައި ވާނަމަ، ކަމާ ބެހޭ ޑޮކްޓަރަކާ މަޝްވަރާކޮށް، ޤަވައިދުން ޗެކްއަޕްތައް ހެދުމަށް ސަމާލުވާން ވާނެއެވެ. ހަށިގަނޑުން އަލާމާތެއް ނުވަތަ ބަދަލެއް ނުފެނުން ކަމުގައި ވީ ނަމަވެސްއެވެ. ޝައްކާއި ވަހުމްތަކާއެކު ޑޮކްޓަރެއްގެ ގާތަށް ދިއުމުން، މާ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލި ކަމުގައި ވީ ނަމަވެސް ތިބާ، ރައްކާތެރިކަމުގެ ރާސްތާ ދޫކޮށް ނުލާށެވެ. ވީ ގޮތަކުން އެހެން ޑޮކްޓަރެއްގެ ގާތަށް ގޮސް، ވާހަކަތައް ހިއްސާ ކުރާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. ކޮންމެ ބައްޔަކީވެސް ޢިމްތިޙާނެކެވެ. އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ލެއްވުން އެދި ދުޢާ ކުރުމެވެ. ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވަނީ ﷲ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންސަރުގެ 8 ބާވަތް ދެނެގަނެވޭ ލޭގެ ޓެސްޓެއް އީޖާދު ކޮށްފި

ކެންސަރުގެ 8 ބާވަތް ދެނެގަނެވޭ ލޭގެ ޓެސްޓެއް އީޖާދު ކޮށްފި

22 ޖެނުއަރީ 2018
މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!

މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!

03 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު