Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޓޯ

ހަތް އަހަރަށް ފަހު ކޮންސެއިސާއޯ ޕޯޓޯ ދޫކޮށްލަނީ

ޕޯޓޯ އިން ވަނީ ކޮންސެއިސާއޯ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2024 | ބުދަ 01:09
ޕޯޓޯ އަށް އިރުޝާދު ދެމުން އައި ސާޖިއޯ ކޮންސެއިސާއޯ

ޕޯޓޯ އަށް އިރުޝާދު ދެމުން އައި ސާޖިއޯ ކޮންސެއިސާއޯ

ޕޯޗުގަލްގެ ޕޯޓޯ އަށް އިރުޝާދު ދެމުން އައި ސާޖިއޯ ކޮންސެއިސާއޯ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 49 އަހަރުގެ ކޮންސެއިސާއޯ ޕޯޓޯގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ހަތް އަހަރު ވަންދެން އެ ކުލަަބަށް އިރުޝާދު ދިނުމަށްފަހު، ކޮންސެއިސާއޯ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

ކޮންސެއިސާއޯ އެ ނިންމުން ނިންމީ، ޕޯޓޯގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ދެ ފަރާތުގެ ދެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ޕޯޓޯ އިން ވަނީ ކޮންސެއިސާއޯ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ޕޯޓޯ އިން ވަނީ 379 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމުން ވަނީ 274 މެޗުން މޮޅުވެފަ އެވެ. 52 މެޗުން ބަލިވެފައިވާއިރު، 53 މެޗު ވަނީ އެއްވަރުވެފަ އެވެ. އެ މުއްދަތުގައި ޕޯޓޯ އިން ވަނީ 11 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޕްރިމެއިރާ ލީގު، ޕޯޗުގަލް ކަޕް، ޕޯޗުގަލް ލީގު ކަޕް އަދި ޕޯޗުގަލް ސުޕަ ކަޕް ހިމެނެ އެވެ.

ޕޯޓޯގެ ކޯޗުކަން ދޫކޮށްލަން ކޮންސެއިސާއޯ ނިންމާފައިވާއިރު، އޭނާ އަށް ފްރާންސްގެ މާސޭގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ޕޯޓޯގެ ކޯޗުކަން ދޫކޮށްލުމަށްފަހު، ދެން ހަވާލުވާނެ ވަކި ކުލަބެއް އަދި އޭނާ ނުނިންމާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު