Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގޯތި ހަވާލުކުރާ ބިލް ބޭރުކޮށްލުން

ތިން މަސް ތެރޭގައި ގޯތި ހަވާލުކުރާ ބިލް މަޖިލީހުން ބޭރުކޮށްލުމުން ޕީއެންސީ މެމްބަރުން ހޫނުފެނަށް!

4 ޖޫން 2024 | އަންގާރަ 14:17

މި ބިލު ބޭރުކޮށްލުމާއި އެކު ޕީއެންސީ އަށް އިންތިހާ ފާޑުކިޔުމާއި ކުރިމަތިލާން ޖެހުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ޖޫން 2024 | އަންގާރަ 14:17
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކޮށް ހުރި ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ ބޭރުކޮށްލީ 20 ވަނަ މަޖިލީހުގައި ލިބިފައި އޮތް މެޖޯރިޓީގެ ފުރިހަމަ ބޭނުންކޮށްގެންނެވެ. މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ. ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލް އެ މަޖިލިހުން ފާސް ކުރީ މިދިޔަ މަހު ބޭއްވި 19 ވަނަ މަޖިލިހުގެ އެންމެ ފަހު ދުވަސްކޮޅެވެ. ބޭނުމަކަށް ވީ ގޯތި ލިބުނު މީހުންނަށް ކުޑަ ނަމަވެސް ތަސައްލީ އެއް ހޯދާ ދިނުމެވެ. މަޖިލިހުން އެ ބިލް ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވުމުން އެމަނިކުފާނު ވަނީ އެ ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ.

އެމްޑީޕީ އިން އަންގާރަ ދުވަހު މަޖިލީހުގައި ހުށަހަޅާފައި ވަނީ ބިލް ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. އެހެންނަމަވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ. ބިލް ކޮމިޓީއަށް ފޮނުވައިގެން، ބިލްގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ދެކޮޅަށް 75 ވޯޓް ވަނީ ލިބިފައެވެ. އެ މަސައްކަތް ކުރުމާއި އެއްކޮޅަށް ލިބުނީ 12 ވޯޓްއެވެ. އެ 12 ވޯޓަކީ އެމްޑީޕީ މެމްބަރުންގެ ވޯޓެވެ. ރިޔާސަތުން ވަނީ އޭގެ ފަހުން ބިލު އަނބުރާ ފޮނުވާލެއްވި އިރު އޮތް ގޮތަށް ފާސްކުރުމަށް ވޯޓު ނަގާފައެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 76 މެންބަރުން ވޯޓުދެއްވާފައިވާތީ ބިލް މަޖިލީހުން ބޭރުވީ ކަމަށް ރިޔާސަތުން ވަނީ އިޢުލާންކުރައްވާފައެވެ.

މި ނިންމުމާއި އެކު ފްލެޓް ލިބުނު މީހުންގެ އުދާސްތައް ސަރުކާރާއި މެދު ބޮޑުވެގެން ދިޔައެވެ. ފްލެޓްތަކުގެ ހައްގުވެރިންނަށް އެ ފްލެޓްތައް ދީފާނެކަމާއި މެދު އާއްމުން ސުވާލު އުފައްދަން ފެށިއެވެ. އަނެއްކާވެސް އިންތިޚާބަކާއި ދިމާކޮށް ދައްކާ ދަޅައެއްގެ ގޮތުގައި ނޫނީ މި ސަރުކާރުން ފްލެޓްތަކުގެ ވާހަކަ ނުދައްކާނީތޯ އާއްމުން ސުވާލުކުރަން ފެށިއެވެ. އާއްމުންގެ ފާޑުކިޔުންތައް ޕީއެންސީގެ މެމްބަރުންނާއި ސަރުކާރާއި ދިމާއަށް އޮއްސާލިއެވެ. އެގޮތުން ފްލެޓާއި ގޯތި ލިބުނު މީހުންގެ ހައްގުތައް ހޯދާ ދިނުމަށް މަސައްކަތް ކުރާ މީސްމީޑިއާގެ ޕްލެޓްފޯމެއްގައި އާއްމު މީހަކު ބުނެފައި ވަނީ ފްލެޓާއި ގޯތި ދިނުމުގައި ސަރުކާރުގެ އިޚުލާސްތެރި ނިޔަތެއް ނެތްކަމަށެވެ. ބައެއް މީހުން ސިފަކުރި ގޮތުގައި މިއީ 40 އަހަރު ވަންދެން ގޯތި ނުލިބި ތިބި މާލޭގެ ރައްޔިތުންގެ މޫނުމަތީގައި މި ސަރުކާރުން ޖެހި ތަފާލެކެވެ. މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަދެއްކި ބައެއް މެމްބަރުން ވަނީ ބިމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ކޮމިޓީ މަރުހަލާ އަށް ފޮނުވުމަކީ ކޮމިޓީ މަރުހަލާގެ ވަގުތު ބޭކާރުކުރުން ކަމަށް ވެސް ސިފަކުރައްވާފައެވެ.

އެގޮތުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވެސް ވަނީ ބިލުި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވުމުގެ ބޭނުމެއް ނެތް ކަމަށް ސިފަކުރައްވާފައެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލައިގައި ޖުމުލަ ހައްލެއް ހޯދުމަށް އިތުރު ބިލެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވުމެވެ. ސައުދާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު ވެސް ވަނީ ސަރުކާރުން ވަކި މުއްދަތެއްގެ ތެރޭގައި ގޯތި ދޭ ގޮތަށް ލާޒިމް ކުރުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކޮށްފައި ވަނީ ޖެއްސުންކުރުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ. އެ ޖަލްސާގައި ވާހަކަ ދެއްކި ޕީއެންސީގެ އެހެން މެމްބަރުން ވެސް ވަނީ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ވަކާލާތުކޮށްފައެވެ. ޕީއެންސީގެ މެމްބަރުންނަށް ރައްޔިތުންނަށް ގޯތި ލިބޭނެކަން ކަށަވަރުކޮށްދިނުން ހާމަވެގެން ދިޔައީ ސަރުކާރަށް ދުއްތުރާ ގޮތުމުގެ ގޮތުގައެވެ.

މި ބިލު ބޭރުކޮށްލުމާއި އެކު ޕީއެންސީ އަށް އިންތިހާ ފާޑުކިޔުމާއި ކުރިމަތިލާން ޖެހުނެވެ. އާއްމުން ވަނީ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ގޯއްޗާއި ފްލެޓް ލިބޭނެ އިރެއް ސާފުވާނެ ކަމަށް ބުނި ވައުދުގެ ހަގީގަތާއި މެދު ވެސް ސުވާލު އުފައްދާފައެވެ. ގިނަ އާއްމުންގެ ސުވާލަކަށް ވެގެން ދިޔައީ ކޮމިޓީ މަރުހަލާގައި ބިލްގެ މަސައްކަތް ނުކޮށް، ބިލް އެއްކޮށް ބޭރުކޮށްލައްވަން އެހާ އަވަސް އަރުވާލަން ޖެހުނު ސަބަބަކީ ކޮބާތޯއެވެ. އާ ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު އޮތް ބިލަށް އިސްލާހު ގެނެސްގެން އެ މަސައްކަތް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މަޖިލީހަށް އެބައޮތެވެ. އެހެންކަމުން ޕީއެންސީން އެ ބިލު މަޖިލީހުން ބޭރުކޮށްލުން ވެގެން ދިޔައީ އާއްމުންގެ އެތައް ސުވާލެއް ބަންޑުންކޮށްލި ކަމަކަށެވެ.

އެއާއި އެކު އަވަސް އަރުވާލައިގެން ޕީޖީ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ޑެމޭޖް ކޮންޓްރޯލްކުރަން މަސައްކަތް ކުރި މަންޒަރު ފެނިގެން ދިޔައެވެ. ޕީޖީގެ ބޭފުޅުން އެއްކުރައްވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ވާހަކަފުޅަކީ ތިން މަސް ދުވަސް ތެރޭގައި ގޯތި ދޭން ލާޒިމް ކުރާ ބިލް މަޖިލީހުން ބޭރުކޮށްލިޔަސް ގޯތި ލިބުމަކަށް ހުރަހެއް ނޭޅޭނެ ކަމުގެ ވާހަކައެވެ. ވިދާޅުވަނީ ރައްޔިތުންނަށް ދެރައެއް ނުދޭނެ ކަމަށެވެ. ނަމަވެސް މެމްބަރުން ދެއްކެވި ވާހަކަތަކުން ގޯތި ލިބުނު އާއްމުންގެ އުދާސްތައްވީ ހައްތަހާ ބޮޑެވެ. އެހެނީ މެމްބަރުންގެ ވާހަކައިގައި ގޯތި ދެވޭނެ މަގު މަޖިލީހަށް ފަހިކޮށްދެވޭނެ ދުވަހެއް އަދި އެކަމަށް އޮތް ޕްލޭނެއް ސާފުކޮށް ނުދެވުމެވެ. އެހެންކަމުން ޔަޤީންކުރައްވާށޭ ދެރަގޮތެއް ނުވާނެ އޭ ވިދާޅުވިޔަސް އަދި ރައްޔިތުން ޤަބޫލެއް ނުކުރާނެއެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
20 މާރިޗު 2017

ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟

20 މާރިޗު 2017
ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް