Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

3 ޖޫން 2024 | ހޯމަ 14:37

ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2024 | ހޯމަ 14:37
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ މިންގަނޑުތަކާއި ގުޅޭ މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ މިންގަނޑުތަކާއި ގުޅޭ މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމަށް 2 ދުވަހުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ރިހެބިލިޓޭޓިވް ތެރަޕީގެ މަސައްކަތްތައް ކުރައްވާ އެންމެހާ ފަރާތްތަކާއިއެކު ދެ ދުވަހަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ސިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ ފެންވަރު ރަނގަޅު ކުރުމަށް އަދި އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ މިންގަނޑުތައް އެކުލަވާލެވުމަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގައި މިވަގުތު ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ. މި 5 ދާއިރާއަކީ ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަ ތެރަޕީ އަދި އާލީ އިންޓަވެންޝަނެވެ. މީގެ އިތުރުން ސައިކޮލޮޖިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މަތީގައި ދެންނެވުނު 5 ދާއިރާގެ ތެރަޕީ ދިނުމުގައި ޤައުމީ ފެންވަރުގައި ބަލާނެ މިންގަނޑުތަކެއް ވަނީ އެކުލަވާލެވިފައެވެ. ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމާއިއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާއެވެ. އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ޚިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތަކީ އެކަމަށް ނުހަނު ބޮޑު ބޭނުމެއް މިމުޖުތަމައުގައި އޮތް ކަމެކެވެ. އެހެންކަމުން ތެރަޕީގެ ޚިދުމަތްތައް ދިނުމުގައި ޤައުމީ ފެންވަރުގެ މިންގަނޑުތަކެއް އެކުލަވާލެވުމަކީ ތެރަޕީތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ޙިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެން ދާނެކަމެކެވެ.

މި ކުރެވޭ މަސައްކަތުން ޙާސިލް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތްތަކާއި ގުޅޭ ތަފުސީލީ މިންގަނޑެއް އެކުލަވާލުމެވެ. އަދި އެއާއިއެކު ޚިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާ ނެރެވޭނެ ގޮތަކަށް ތެރަޕީ ޚިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރުމެވެ. 

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް