Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީން އިސްރާއީލް ހަނގުރާމަ

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބުމަކީ ހަމަޖެހުން ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް - ރައީސް

ފަލަސްތީނުގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޖޫން 2024 | އާދީއްތަ 09:52
ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެންބަރުކަން ފަލަސްތީނަށް ލިބުމަކީ ހަމަޖެހުން ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ސިއްޙަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ލިބުމުން މަރުޙަބާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވަނީ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭކަން ފާހަގަކުރައްވާފައެވެ. މިއީ ފަލަސްތީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވަމުންދާކަމުގެ ހެއްކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނަށް ލިބެންޖެހޭ ޙައްގުތައް ކަށަވަރުކުރުމަށާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގައި ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމަށް ދިވެހިން ފުރިހަމައަށް ތާއީދު ކުރާ ކަމަށް ވެސް ވިދާޅުވެފައެވެ. ރާއްޖެއިން ޑަބްލިއުއެޗްއީގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖެއިން ތާއީދު ކުރާ ސަބަބަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖެއިން ވަނީ ކޯ ސްޕޮންސަރ ކޮށްފައެވެ. ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ޑަބްލިއުއެޗްއޯގެ މެމްބަރަކަށް ފަލަސްތީން ވުމަކީ ފަލަސްތީނުގެ ޙައްގުތަށް ކަށަވަރުކުރުމަށް ދުނިޔޭގެ ބޮޑު ބައެއް ތާއީދު ކުރާކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އެ ނިންމުމާއެކު ފަލަސްތީނަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ހިތޯބުތައް ދީ، ޕްރޮޕޯސަލްތަކާއި މައްސަލަތައް ހުށަހެޅުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ. ހަމައެހެންމެ 1967 ވަނަ އަހަރުގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖެއިން ތާއީދު ކުރާ ގޮތް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2018

ލޭ އޮހޮރުވައިގެން ހަމަޖެހުން އަންނަންޏާ ފަލަސްތީނަށް ހަމަޖެހުން އަތުވެއްޖެ: ރައީސް ޔާމީން

24 ޖޫން 2018
ލޭ އޮހޮރުވައިގެން ހަމަޖެހުން އަންނަންޏާ ފަލަސްތީނަށް ހަމަޖެހުން އަތުވެއްޖެ: ރައީސް ޔާމީން
20 ނޮވެމްބަރު 2017

ރައީސް ޔާމީނަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް: ދުންޔާ

20 ނޮވެމްބަރު 2017
ރައީސް ޔާމީނަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް: ދުންޔާ
05 އޯގަސްޓު 2017

ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް

05 އޯގަސްޓު 2017
ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް
26 ޖުލައި 2017

އިދިކޮޅު ފަރާތްތަކުން ގޮވާލަނީ ހަމަޖެހުން ނަގާލަން، ރައީސް ޔާމީން ގޮވާލައްވަނީ ގައުމު ބިނާކުރަން: ޝައިނީ

26 ޖުލައި 2017
އިދިކޮޅު ފަރާތްތަކުން ގޮވާލަނީ ހަމަޖެހުން ނަގާލަން، ރައީސް ޔާމީން ގޮވާލައްވަނީ ގައުމު ބިނާކުރަން: ޝައިނީ
03 ޖުލައި 2017

ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު

03 ޖުލައި 2017
ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު
31 މެއި 2017

މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި

31 މެއި 2017
މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި
21 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު

21 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު