Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދުން

ބޭނުންވީ އިންޑިއާ ނޫން ގޮތެއް، ބޮޑުތާ ޖެހުމުން އިންޑިއާ ކައިރިއަށް

ރައީސް ސާލިހުގެ ސަރުކާރުގައި ގިނަ ގައުމުތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭނެ ގޮތް ފަހިވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2024 | އާދީއްތަ 11:12
ރައީސް ޑރ.މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިންޑިއާ އެންޓި ސަރުކާރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ގަބޫލުކުރަނީ ސަބަބެއް ވެސް ނެތިއެއް ނޫނެއެވެ. އެއީ ވެރިކަމަށް ވަޑައިގެންނެވުމަށް ކުރިއަށް ގެންދިޔަ ކެންޕެއިންގެ ތެރޭގައި ވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވެސް އިންޑިއާ ދެކޮޅަށް ގައުމުގެ ވެރިޔާ ވާހަކަފުޅު ދައްކަވާފައިވާތީއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެސް އިންޑިއާ ދެކޮޅަށް ''އިންޑިއާ އައުޓް''ގެ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މިއަދުގެ ރައީސްގެ ދައުރު ވަރަށް ބޮޑެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާ ވެސް އިންޑިއާއަށް އަމާޒުކުރައްވައި، ބަހުގެ ހަމަލާތައް ދީފައިވެއެވެ. އިންޑިއާއަށް އަމާޒުކޮށް ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި އެއްވެސް ގައުމެއްގެ ބެކްޔާޑަކަށް ރާއްޖެ ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ތެދެކެވެ. އެއްވެސް ގައުމެއްގެ ބެކްޔާޑަކަށް ރާއްޖެ ވާކަށްނުޖެއެވެ. ނަމަވެސް ހަރުދަނާ ޕޮރިން ޕޮލިސީގެ ދަށުން ބޭރުގެ ގައުމުތަކުގައި ގާތްގުޅުމެއް ބޭއްވުމަކީ އެކަމުގެ ގިނަ ފައިދާތަކެއްވާނެ ކަމެއްކަން ޔަގީނެއެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނިގެންދިޔައެވެ. ގިނަ ގައުމުތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭނެ ގޮތް ފަހިވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ބޭސްފަރުވާއާއި، ތައުލީމާއި، ވިޔަފާރީގެ ކަންކަމުގައެވެ. އަދި ގިނަ ގައުމުތަކުން ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިވެގެންދިޔައެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ގައުމުތަކާއެކު އޮތް ގާތް ގުޅުމުގެ ނަތީޖާ ވަރަށް ފޮނި ނަމަވެސް މިސަރުކާރުން އައި ގޮތަށް އިންޑިޔާއަށް ފާޑުކިޔައި ކުރި މަސައްކަތުގެ ނަތީޖާ ހިއްޗެވެ. ރާއްޖެއިން ނުލިބޭ ގިނަ ސިއްހީ ފަރުވާތައް ހޯދުމަށް އިންޑިއާ އަށް ދާންޖެހޭ ގިނަ އާއިލާތަކަށް ބައެއް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. ދިވެހިންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން އެ ހޫނުކަންމަތީގައި ސަރުކާރުން ބުނެފައިވަނީ އާސަންދަ ޚިދުމަތް ލިބޭ ގޮތަށް ދިވެހިންނަށް ބޭސްފަރުވާގެ އެންމެހައި ކަންކަން ޔޫއޭއީ އަދި ތައިލޭންޑްއިން ހަމަޖެހޭ ގޮތް ހަދައިދޭނެ ކަމަށެވެ. ނަމަވެސް މިސަރުކާރަށް ހަމަސް ފާއިތުވެގެން ދިޔައިރު ވެސް މި މަސައްކަތުގައި ކުލަ ޖެހޭތަނެއް ނުފެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެގައުމުގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކަށް ގެންދިއުން ވެސް މިސަރުކާރުން ހުއްޓުވިއެވެ. ސިޔާސީ ވަކި މަގުސަދެއްގައި ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން އެކަމުގެ ދެރަ ލިބިގެންދިޔައީ ދިވެހިންނަށެވެ. މުވައްޒަފުންނެވެ.

ހަމައެބީދައިން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ހިލަވެލި ހޯދުމުގައި ވެސް އިތުރު ގޮތެއް ހޯދާނެ ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވެފައިވަނީ ވަރަށް ހަރުއަޑުންނެވެ. ނަމަވެސް މިތަކެތި ފޯރުކޮށްދިނުމުގައި އިންޑިއާއިން ކުޑަކޮށް ހިފަހައްޓާލި ނަމަވެސް މިތަކެތީގެ އަގު އަރައިގެން ދަނީ އަތްނުފޯރާ ފަށަށެވެ.

ކަންމިހެން އޮއްވައި އިންޑިއާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ކުނި ޖެހުނު ހިސާބުން ކުއްލިއަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދެ ގައުމުގެ ގުޅުން ބަދަހި ކުރައްވަން އިންޑިއާ އަށް ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި މެއި މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ފަސްކޮށްދީފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި ސެޕްޓެމްބަރ މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ހިލޭ އެހީއަށް ބަދަލު ކޮށްލުމަށް މިސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އިންޑިޔާއާއި އެގައުމުގެ ވެރިންނަށް ފުރައްސާރަ ކުރުމަށްފަހު އަމިއްލައަށް ކަމެއް ބޭނުންވުމުން އިންޑިއާއަށް ތައުރީފްކޮށް ކަންކަމުގައި އެދެމުންދާއިރު، ދެރައީ މިދުވަސް އަންނާނެކަން ނޭނގުނީތީއެވެ. ސިޔާސީ ވަކި މަންފާއެއް ހާސިލްކުރުމަށް ކުރި ކަމަކުން ގައުމާ ދިވެހި ރައްޔިތުންނަށް ގެއްލުމާއި، އުނދަގޫތައް ކުރިމަތިވިއެވެ. އެހެންކަމުން މިއަދުގެ ސަރުކާރުގެ ބޭފުޅުންނަކީ ގައުމާ ރައްޔިތުންގެ ހައްގުގައި ކަންކަން ނިންމާ ބޭފުޅުންނޭ ބުނެވިދާނެކަމާ މެދު ސުވާލު އުފެދޭ ނޫންތޯއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު