ކ. މާލެ
|
29 މެއި 2024 | ބުދަ 22:35
ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވޭ
ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވޭ
އޭއެފްޕީ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
މެކްސިކޯގައި ހުންނަ އިޒްރޭލް އެމްބަސީގައި ރޯކޮށްލައިފި
ހަމަ ނުޖެހުން ބޮޑުވީ އެއްވުމުގެ ބައެއް ބައިވެރިން އިޒްރޭލް އެމްބަސީ އަށް ވަދެގަންނަން އުޅުމުން އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުގެ ތެރެއިން

މެކްސިކޯ ސިޓީގައި ހުންނަ އިޒްރޭލް އެމްބަސީގައި ރޯކޮށްލައިފިއެވެ.

އިޒްރޭލް އެމްބަސީގައި ރޯކޮށްލީ ގާޒާ އަށް އިޒްރޭލުން ދޭ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ނުރުހުމުގެ ޝުއޫރު ފާޅުކުރަން އެމްބަސީ ދޮށަށް ބުދަ ދުވަހު މީހުން އެއްވުމުގެ ތެރެއިންނެވެ.

މި އެއްވުމުގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހަމަ ނުޖެހުން ހިނގާ އެއްވުން މައިތިރި ކުރަން ފުލުހުން ކަރުނަ ގޭސް ޖަހާފައިވެއެވެ.

ހަމަ ނުޖެހުން ބޮޑުވީ އެއްވުމުގެ ބައެއް ބައިވެރިން އިޒްރޭލް އެމްބަސީ އަށް ވަދެގަންނަން އުޅުމުން އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުގެ ތެރެއިން ހިނގި ކުރިމަތިލުން ތަކުގެ ސަބަބުންނެވެ.

ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ބައެއް މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ކުށްވެރި ކޮށް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އިޒްރޭލާ ދެކޮޅު މުޒާހަރާތައް ބޭއްވުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް