Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް-ޕީއެންސީ

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ކޮންމެ ވެރިކަމެއް އޮތަސް، ނުވަތަ ކޮންމެ ރައީސަކު ހުންނެވިޔަސް، އިންޑިއާ އިން އަބަދު ވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2024 | އާދީއްތަ 12:51
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އަވަށްޓެރި އިންޑިއާ އަކީ އަބަދު ވެސް ދިވެހިރާއްޖެ އަށް އެންމެ ހެޔޮ އެއް ޤައުމޭ ދެންނެވުމަކުން ދޮގަކަށް ނުވޭނެ އެވެ. ކޮންމެ ވެރިކަމެއް އޮތަސް، ނުވަތަ ކޮންމެ ރައީސަކު ހުންނެވިޔަސް، އިންޑިއާ އިން އަބަދު ވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަ އެވެ. ޒަމާންވީ އެ ގާތް ގުޅުން ގޯސް ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ވެސް، ރާއްޖޭގެ ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅުންނެވެ. އެހެން ނަމަވެސް، ރާއްޖެއާ ޖައްސާލައިގެން، ރާއްޖެ އަށް ގެއްލުމެއް ލިބޭ ގޮތަށް އިންޑިއާ އިން ކަމެއް ކުރިތަން ފެންނާކަށް ނެތެވެ.

އިންޑިއާ އާއި ރާއްޖެއާ އޮތް ގުޅުން އެންމެ ބޮޑަށް ބަދަހިވެގެން ދިޔައީ، ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައޭ ދެންނެވިދާނެ އެވެ. ދެ ޤައުމުގެ އިސްވެރިންނާއި، ސަރުކާރުގެ އެހެން ބޭބޭފުޅުންގެ އިތުރުން، މުޅި އިންޑިއާ ވެސް އޮތީ ރާއްޖެ އަށް ދިމާވި ކޮންމެ ކަމެއްގައި ދިވެހީންނާއެކު އެވެ. މުޅި ދުނިޔެ އަށް ކުރިމަތިވި ކޯވިޑް-19 ގެ ބަލި މަޑު ކަމުގައި ވެސް، އެންމެ ފުރަތަމަ ރާއްޖެ އަށް އެހީގެ އަތް ދިއްކޮށްލި އެއް ޤައުމަކީ އިންޑިއާ އެވެ. ރާއްޖެ އަށް ބޭނުންވާ ބަޖެޓު ސަޕޯޓާއި، ބޭސް ފަރުވާ އަށް ބޭނުންވާ ވަސީލަތްތަކާއި، ކާބޯ ތަކެތީގެ އެހީތެރިކަން އިންޑިއާ އިން ދިޔައީ ރާއްޖެ އަށް ދެމުންނެވެ.

އެހެން ނަމަވެސް، އޭރު ވެސް އިންޑިއާއާ ދެކޮޅު ބަޔަކު ރާއްޖޭގައި އުޅުނެވެ. އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެވެ. "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި އެ ކެމްޕެއިން ހިންގެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓު ވަޒީރުން އަދި ޕާޓީގެ މެމްބަރުންނެވެ. ބޮޑެތި ބެނާތައް ދަމައި، އިންޑިއާގެ އިސްވެރިންނަށް ފުރަައްސާރަކޮށް، މި ފުރާ މާލޭގެ މަގުތަކުގައި އެވެރިން ދުވި ދުވަހުގެ އަދަދު މަދެއް ނުވާނެ އެވެ.

އިންޑިއާ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖެ އަށް އަތް ގަދަ ކުރުމަށް ކަމަށާއި، އިންޑިއާގެ އޮތީ ބިރުވެރި އެޖެންޑާއެއް ކަމަށް ބުނެ، ދިވެހި ރައްޔިތުންނަށް މުޅިން އެހެން މަންޒަރެއް ދައްކަވަން މަސައްކަތް ކުރީ ވެސް އެވެރިންނެވެ. ކޮންމެހެން އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ބޭނުން ނުވާ ކަމަށާއި، އިންޑިއާ އިން ބޭސްފަރުވާގެ ވަސީލަތްތައް ނުދިނަސް، ރާއްޖެ އަށް އެކަން ކުރެވޭނެ ކަމަށް ބުނަމުން ގެންދިޔަ އެވެ. ނުވިތާކަށް، އިންޑިއާ އިން ކާޑުގެ ބާވަތްތައް އެތެރެ ނުކުރިޔަސް، ދިވެހިންނަށް އުޅެވޭނެ ކަމަށް ބުނަމުން ވެސް ގެންދިޔަ އެވެ.

އަނެއްކޮޅުން، ލޯނާއި އެހެނިހެން ގޮތް ގޮތުން ރާއްޖެ އަށް ފައިސާގެ އެހީތެރިކަން އިންޑިއާ އިން ދެމުން ދަނީ، މި ޤައުމު ދަރަނިވެރި ކުރުވައި، އިންޑިއާގެ އަޅުވެތިކަމަށް ގެންދަން ކަމަށް ބުނެ ވާހަކަތައް ފެތުރީ ވެސް އެވެރިން ނިސްބަތްވާ ޕާޓީގެ ޕޯޑިއަމް ދޮށުންނެވެ. އިންޑިއާ ކަނޑުގެ ބޭރުވެރިކަން ހޯދުމަށް، އިންޑިއާ އިން މަަސައްކަތް ކުރާ ކަމަށާއި، އެކަން އެހެން ނުވާނެ ކަމަށް ވެސް ބުނީ ހަމަ އެވެރީންނެވެ.

އިންޑިއާއާ ދެކޮޅު ވާހަކަތަކާއި، އެހެނިހެން އެތައް ވާހަކަތަކެއް ދައްކައިގެން ވެރިކަަމަށް ވަޑައިގެންނެވުމަށް ފަހު ވެސް، އެ ޢަމަލު ތަކުރާރު ކުރެއްވީ އެވެ. ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާ މަގާމުތަކަށް ލައްވާފައި ތިބި އެހެނިހެން މީހުން އެކުވެގެން، އިންޑިއާގެ ބޮޑު ވަޒީރަށް މާލާމާތްކޮށް ފުރައްސާރަ ކުރި އެވެ. ބައިނަލްއަޤުވާމީ ދުނިޔޭގައި މުޅި ރާއްޖޭގެ ނަން މިވެރީން ހަޑިކޮށްލީ ވެސް، އިންޑިއާއާ ޖެހިގަނެގެންނެވެ. ކިތަންމެ މަތި ނުވާން އުޅުނު ކަމަށް ވިޔަސް، އެކަމުގެ ގެއްލުން މި ޤައުމުގެ އިޤްތިސާދަށް ކޮށްފި އެވެ. އެކަމުގެ އަސަރުން އަރައި ގަންނަން ވެސް ދަތިވި އެވެ.

ރައީސް މުޢިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ބަޔާނުގައި ވެސް، މުޅިން އިންޑިއާ އަށް "ވައްބަހުން" ޖައްސަވައި، "އެއްޗެތި" ގޮވީ އެވެ. ރާއްޖެ ކިތަަންމެ ކުޑަޔަކަސް ރާާއްޖެއާ ދިމާ ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ، އިންޑިއާ އަށް ބަސް އެއްލެވީ އެވެ. އަނެއްކޮޅުން، އިންޑިއާ އަށް ބަރޯސާ ނުވެ ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވެ، "ފޮނި" ކެނޑުއްވި އެވެ.

އެހެން ނަމަވެސް، މިއަދު މި ފެންނަ މަންޒަރެއްގެ ސަބަބުން އަޅުގަނޑު ހަމަ އަޖައިބުވެއްޖެ އެވެ. އަންތަރީސް ވެއްޖެ އެވެ. މަދަރުސީ ދައުރުގައި ދިވެހި މުދައްރިސާއި، އަދި އެތައް ބަޔަކު އުޅޭ ވާހަކައެއްގެ މަތީން ވެސް ހަނދާންވެއްޖެ އެވެ. އެއީ ޕާން ފޮތި ބޭނުން ވެގެން، ހިޔަޅު ވެސް ކާޅަށް ތައުރީފު ކުރި ވާހަކަ އެވެ. މިހާރު ރާއްޖޭގައި އޮތް ސަރުކާރުން ބޭނުންވާ ކަންކަމުގައި، އިންޑިއާ އަށް ހާދަހާ ތައުރީފެއް އެބަ ކުރެ އެވެ. ހާދަހާ ވަރަކަށް އެބަ ފިރުމަ އެވެ. ހިތާ ވެގެން އުޅޭ އަންހެން ކުއްޖަކު ހޯދަން، ފިރިހެން ކުއްޖާ ލަވަ ކިޔާ ވަރަށް، މިވެރިން އެބަ ތައުރީފު ކުރެ އެވެ.

ކުރިން "އައުޓް" ވާން ގޮވި އިންޑިއާގެ އުނގަން، އެ ބަނދިވަރު ގޮވި ވެރިން ވެއްޓިއްޖެ އެވެ. ރާއްޖެ އިން އެއްކަލަ އިންޑިއާގެ އެހީ އަށް ވެސް އެދިއްޖެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 50 މިލިއަން ޑޮލަރުުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުމެވެ. ދިވެހި ސަރުކާރުން އެދިގެން، އިންޑިއާ އިން ވަނީ އެ ފައިސާ ދެއްކުން އެއް އަހަރަށް ފަސްކޮށްދީފަ އެވެ.

ދެން އިހަކަށް ދުވަހު ސަރުކާރުން އިއުލާން ކުރެއްވީ، ރާއްޖެ އާއި އިންޑިއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރައްވާ ވާހަކަ އެވެ. މި ސަރުކާރުގެ އިޤްތިސާދީ ވަޒީރު ވިދާޅުވީ، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް އެދުނީ އިންޑިއާ އިން ކަމަށެވެ. އަދި ރައީސް މުޢިއްޒު ބޭނުންފުޅު ވަނީ ހުރިހާ ޤައުމަކާ އެކު ވެސް އެ ފުރުސަތު އޮންނަން ކަމަށް ވެސް ވިދާޅުވި އެވެ.

ވާވާވާ! ދަންނަވަންތޯ އެވެ! އެއްވެސް އިރަަކު އިންޑިއާ އިން މި ދިވެހި ރާއްޖެ އަށް އަތް ގަދަ ކުރަން މަަސައްކަތެއް ނުކުރެ އެވެ. އުފެދިފައި އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން، އަބަދު ވެސް ރާއްޖެ އަށް އެހީތެރިކަން ފޯރު ކޮށްދެނީ އެވެ. އިންޑިއާ އިން ރާއްޖެއާ ނަފުރަތު ކަމެއް އޮންނަ ނަމަ، ނުވަތަ ހަސަދަވެރި ކަމެއް އޮންނަ، މިއަދު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އެދޭ ކަންކަމުގައި އިޖާބާ ދޭނެ ހެއްޔެވެ؟ ނުދޭނެ އެވެ. ވީއިރު މި ބޭފުޅުން މިއޮށްހާ ދުވަހު ދެއްކެވި ވާހަކަތަކަކީ ސީދާ ވަކި ބޭނުމެއްގައި ދެއްކެވި ވާހަކަތަކެއްކަން ސާފުނުވޭ ހެއްޔެެވެ؟

ވިސްނާ ވިސްނާ، ބުއްދި ފަސްވާ ހިސާބަށް ދާއިރު ވެސް، ރައީސް މުޢިއްޒު އާއި ސަރުކާރުން ހައްދަވަން އުޅުއްވާ އެއްޗެއް ނޭނގުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު