Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ކޯޗުކަން ދޭނީ ހަންސީ ފްލިކަށް

ކޯޗުކަމުން ޒަވީ ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ރާއްޖެ އެމްވީ | 24 މެއި 2024 | ހުކުރު 04:58
ހަންސީ ފްލިކް

ހަންސީ ފްލިކް

ސްޕޭނުގެ ބާސެލޯނާގެ ކޯޗުކަން އަންނަ ސީޒަނުގައި ދޭނީ ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް އަށް ކަމަށް ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.

ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން ބުނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް އެއް ސީޒަނެއްގައި ހަ ތަށި ހޯދައިދީ ރެކޯޑް ގާއިމްކުރި ކޯޗާއެކު ބާސެލޯނާއިން މިހާރު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެއީ ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އާއި އޭނާގެ އެސިސްޓެންޓް ބޮޔާން ކްރިކް އިނގިރޭސިވިލާތުގައި ނިމިދިޔަ ހަފުތާގެ ފަހުކޮޅު ބައްދަލުކުރުމަށްފަހު ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފްލިކަށް ބާސެލޯނާއިން ހުށަހަޅާނީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އަނެއް ބައި ރިޕޯޓްތައް ބުނަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ކަމަށެވެ. ކޮންޓްރެކްޓްގެ މުއްދަތު ކޮންމެ ގޮތަކަށް ނިންމިޔަސް ނަތީޖާ ރަނގަޅުވެއްޖެނަމަ ކޮންޓްރެކްޓް އިތުރު އަހަރަކަށް އޮޓެމެޓިކުން ދެމިގެންދާގޮތަށް ހެދުމަށް ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފަ އެވެ.

މިކަން ފްލިކް ވެސް ވަނީ ބާސެލޯނާގައި ތިބި އޭނާގެ ގާތް ބައެއް ކުޅުންތެރިންނާ ހިއްސާކޮށްފަ އެވެ. ނަމަވެސް އޭނާ އަށް ކޯޗުކަން ކަށަވަރުވާނީ މިވަގުތު އެ މަގާމުގައި ހުރި ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް މަގާމުން އިސްތިއުފާދީފިނަމަ ނުވަތަ ވަކިކޮށްފިނަމަ އެވެ. ސްޕޭނުގެ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާއިން ސީޒަނުގެ ފަހު މެޗަށް ފަހު ކޯޗުކަމުން ޒަވީ ވަކިކުރާނެ އެވެ. ކުލަބުން އެދިގެން އަންނަ ސީޒަނުގައި ކޯޗުކަމުގައި ދެމިހުރުމަށް ނިންމިތާ ދެ ހަފުތާގެ ތެރޭގައި ޒަވީ ވަކިިކުރަން ބާސެލޯނާގެ ބޯޑު ޑައިރެކްޓަރުން ރައީސް ޖޯން ލަޕޯޓާ އަށް ޕްރެޝަރުކުރަން ފެށީ ކުލަބުގެ މާލީ ހާލަތާއި ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ޕްރެސް ކޮންފަރެންސެއްގައި ޒަވީ ބުނެފައިވަނީ މާލީ ކަންކަން އޮތް ގޮތުން ވާދަވެރި ރެއާލް މެޑްރިޑާ ވާދަކުރަން ފަސޭހަނޫން ކަމަށާއި މިހާރުގެ ބާސެލޯނާއަކީ ކޯޗަކު ބޭނުން ކޮންމެ ކުޅުންތެރިއަކު ހޯދޭ ފެންވަރުގެ ގާބިލްކަންހުރި ޓީމެއް ނޫން ކަމަށެވެ.

ޒަވީ މަގާމުން ވަކިކުރަން ލަޕޯޓާ ފަސްޖެހެ އެވެ. ފުރަތަމަ ސަބަބަކީ އޭނާ ވަކިކޮށްފިނަމަ ބަދަލުގެ ގޮތުގައި 20 މިލިއަން ޔޫރޯ ދޭން ޖެހުމެވެ. މިއީ ބާސެލޯނާއަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ދަތިތަކެއް ހުރިއިރު އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމަށް އިތުރަށް ތުރާޔާ ކުރިމަތިވާނެ ކަމެކެވެ. ދެވަނަ ސަބަބަކީ ޒަވީ ފަދަ ކުލަބުގެ ލެޖެންޑަކު ސަބަބެއްނެތި މަގާމުން ވަކިކޮށްފިނަމަ ކުރިއަށް އޮތް ބާސެލޯނާގެ އިންތިހާބު ކާމިޔާބުކުރަން ލަޕޯޓާ އަށް ހުރަސްތަކެއް ކުރިމަތިވާނެތީ އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2019

މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

24 ޖެނުއަރީ 2019
މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް
31 އޮކްޓޯބަރު 2018

މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ!

31 އޮކްޓޯބަރު 2018
މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ!
26 ޖެނުއަރީ 2018

އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

26 ޖެނުއަރީ 2018
އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި
19 ޑިސެމްބަރު 2017

ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް

19 ޑިސެމްބަރު 2017
ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް
25 ނޮވެމްބަރު 2017

ބާސެލޯނާގެ އައު އެއްބަސްވުމުގައި މެސީ ސޮއިކޮށްފި

25 ނޮވެމްބަރު 2017
ބާސެލޯނާގެ އައު އެއްބަސްވުމުގައި މެސީ ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު