Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަން

މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހަށް ނަގާ ޑިއުޓީ: މިނިސްޓަރު

އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކުރިއަށް ދާނީ މިމަހުގެ 20 އިން 22 އަށް ތައިލެންޑްގެ ބެންގްކޮކްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 14:33
އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ ހައިލެވެލް ޑައިލޮގް

އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ ހައިލެވެލް ޑައިލޮގް

ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓިނިވި ގޮތެއްގައި މަސްވެރިކަން ކުރާ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީކަމުގައި މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީގެ ސަބަބުން ކުދިގައުމުތަކުގެ އުޅަނދުފަހަރުން ބާނައި އުފައްދާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުގެ އިންޑަސްޓްރިއަލް އުޅަނދުފަހަރުން ބާނާ މަހާއި ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަކުރުމަށް ނުކުޅެދިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު މިކަން ފާހަގަކުރެއްވީ، މިމަހުގެ 20 އިން 22 އަށް ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ [މިނިސްޓީރިއަލް އެންޑް އިންޑަސްޓްރީ ހައިލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒް] ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އިވެންޓަކީ ވޯލްޑް ޓޫނާ ކޮންފަރެންސާއި ގުޅުވައިގެން ކަނޑުމަހުގެ މަސްވެރިކަން ކުރާ މައިގަނޑު ގައުމުތަކާއި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ މައިގަނޑު ގައުމުތައް ތަމްސީލްކުރާ މިނިސްޓަރުންނާއި މަސްވެރިކަމުގެ އިންޑަސްޓްރީ ތަމްސީލްކުރާ އިސް ފަރާތްތަކާއި ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިކޮށްގެން ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އޮތް ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް އެކަމަށް އޮތް ހައްލުތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތަކެއް އެކަމަށްޓަކައި އެޅުމަށްބާރު އެޅުމުގެގޮތުން މިއަދު ބޭއްވުން ބައްދަލުވުމެކެވެ.

މީގެ އިތުރުން, މިނިސްޓަރުގެ ވާހަކަފުޅުގައި، ދުނިޔޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ނުވަތަ ޓޫނާ ފިޝަރީޒްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެއްވެސް ބެލެހެއްޓުމެއް ނެތި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކުން ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަންކަމަށާއި އަދި މިކަން ހުއްޓުވުމަށް ގައުމުތަކުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުގައާއި [ހައި ސީސް] ނުވަތަ ބޭރުކަނޑުގައި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން މޮނިޓަރކޮށް އެކަން ހުއްޓުވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަމަށާއި ނަމަވެސް މިކަން ކާމިޔާބުވާނީ ހުރިހާ ގައުމުތަކެއް ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އެޅި، ސިނާޢަތުގައި ހަރަކާތެރިވާ އެންމެހާ މަސްލަހަތުވެރިންގެ ބައިވެރިވުމާއި އެހީތެރިކަން މިކަމުގައި ލިބިގެންކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކުރިއަށް ދާނީ މިމަހުގެ 20 އިން 22 އަށް ތައިލެންޑްގެ ބެންގްކޮކްގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު