Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާން

"ރިލްވާން ކޮބާހޭ" ޖަވާބެއް ނުލިބުނު، އަމާޒުވީ ފުލުހުންގެ ޕެޕާސްޕްރޭ

ހިނގާލުމުގެ ތެރެއިން ނުވަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 14:23
ހިނގާލުމުގެ ބައިވެރިންނަން ފުލުހުން ހުރަސް އަޅަނީ

ހިނގާލުމުގެ ބައިވެރިންނަން ފުލުހުން ހުރަސް އަޅަނީ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު 4:30 ކަންހާއިރު ހުޅުމާލޭ ފެރީ ޓާރްމިނަލް ކުރިމަތިން ފެށި މި ހިނގާލުމުގައި ރިލްވާންގެ އާއިލާގެ މެމްބަރުންނާއި ގާތް އެކެވެރިންގެ އިތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ. މަޖީދީމަގާއި ޖަނަވަރީ މަގާއި ގުޅޭ ކަންމައްޗާ ހަމައަށް ހިނގާލުމުގެ ބައިވެރިން ދިއުމާއި އެކު އެސްއޯ ފުލުހުން މަގު ބަންދުކޮށް ޕެޕާސުޕްރޭ ޖެހިއެވެ. ފެންކަޅިވެފައިވާ ރިލްވާންގެ މަންމަގެ ލޮލަށް ޕެޕާސްޕްރޭ ޖެހުމުން އެކަމާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެނކުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް ހިތްހަމަ ޖެހިވަޑައިނުގެން އަޑު އުފުލުމުން ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔައެވެ.

Advertisement - newsAdvertisement

ފުލުހުން ޖެހި ޕެޕާސްޕްރޭއަކަށް ނުބަލައި ހިނގާލުމުގެ ބައިވެރިން "ރިލްވާން ކޮބާހޭ" ކިޔާ އަޑު އުފުލަމުން ދަނިކޮށް އަނެންކާ ވެސް މަޖިދީ މަގު ބަންދުކޮށް ޕެޕާސްޕްރޭ ޖަހާ ހަތް މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއެވެ. އަދި ހިނގާލުމުގެ ބައިވެރިން އަތުގައި ހުރި ޕޯސްޓަރުތައް ފުލުހުން އަތުލިއެވެ.

ފުލުހުންގެ އަމަލުކުރި ގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭއަރ ސަމާއު ޝަރީފް ކަންބޮޑުވުން ފާޅުކުރަނީ

މިކަމާއި ގުޅިގެން ފުލުހުން ބުނީ ހިނގާލުން ރޫޅާލައިފައި ވަނީ ސުލްހަވެރިކަމާއި އެއްވެއުޅުމުގެ ގާނޫނާއި ހިލާފްވުމުން ކަމަށެވެ. ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންނަން މަޖިދީ މަގަށް ނުނިކުމޭނެ ގޮތަށް އެމަގާއި އިންވެހުރި ގޯޅިތަން ބަންދުކޮށްފައެވެ. ހިނގާލުމުގައި ފުލުހުން ކަންކަންކުރި ގޮތާއި، ރިލްވާންގެ މައްސަލާއިގެ ތަހްގީގް ކުރިއަށް ނުދާތީ މޯލްޑިވަން ޑިމޮކްރަސީ ނެޓްވޯކްގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރިލްވާންގެ އާއިލާގެ ފަރާތުން ފުލުހުންގެ އަމަލުކުރި ގޮތުން ހިތާމަ ކުރާކަމަށް ވަނީ ބުނެފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާއަށް އިންޒާރުތަކަކަށް ފަހު ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ހިންގި ތަހުގީގުގައި ރިލްވާން ވަގަށް ނެގި ރޭ އޭނާގެ އެޕާޓްމެންޓް ސަރަހައްދުން ފެނުނު ރަތްކާރާއި އެތަނުން ފެނުނު ވަޅިއަކީ އެ މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށް ހާމަކޮށްފައިވީ ނަމަވެސް އޭގެ އެއް އަހަރު ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެއީ އެ މައްސަލައާ ގުޅޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އެ ކާރުން ފެނުނު އިސްތައްޓަކުން ނެގި ޑީއެންއޭ އާއި ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ

ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ

14 މެއި 2017
މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު

މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު

04 މެއި 2017
ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

03 މެއި 2017
ރިލްވާން ވަގަށްނެގި މައްސަލާގައި ފުލުހުން މައުމޫމާތު ހިއްސާ ނުކުރާތީ ކޯޓަށް ހުށަހަޅައިފި

ރިލްވާން ވަގަށްނެގި މައްސަލާގައި ފުލުހުން މައުމޫމާތު ހިއްސާ ނުކުރާތީ ކޯޓަށް ހުށަހަޅައިފި

02 މެއި 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު