Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔާގަން ކްލޮޕް

އިނގިރޭސި ޓީމަކާ ކްލޮޕް ދެން ހަވާލެއް ނުވާނެ!

ކްލޮޕް ބުނީ، އިނގިރޭސިވިލާތުގައި އޭނާ ހޭދަކުރަމުން އައި ދުވަސްތަކަށް ނިމުމެއް އައީ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2024 | ހޯމަ 02:18
ލިވަޕޫލަށް އިރުޝާދު ދެމުން އައި ޖަރުމަނުގެ ކްލޮޕް

ލިވަޕޫލަށް އިރުޝާދު ދެމުން އައި ޖަރުމަނުގެ ކްލޮޕް

އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލްގެ ކޯޗުކަމުން ވަކިވުމަށްފަހު، އިނގިރޭސި އެހެން ޓީމަކާ ހަވާލު ނުވާނެ ކަމަށް ޔާގަން ކްލޮޕް ބުނެފި އެވެ.

ނުވަ އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން ކްލޮޕް އިއުލާން ކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެހެންކަމުން، މި ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗުކަމުން އޭނާ ވަކިވާނެ އެވެ.

އެކަމާ ގުޅޭ ގޮތުން މި ފަހުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ހަމަ ޔަގީނުން ވެސް ދެން އޭނާ ނަގާނީ ވަރަށް ދިގު ބްރޭކެއް ކަމަށެވެ. އެކަން ފާހަގަ ކުރަމުން ކްލޮޕް ބުނީ، އިނގިރޭސިވިލާތުގައި އޭނާ ހޭދަކުރަމުން އައި ދުވަސްތަކަށް ނިމުމެއް އައީ ކަމަށެވެ. އެހެންކަމުން އިނގިރޭސި އެހެން އެއްވެސް ކުލަބަކަށް އޭނާ އިރުޝާދު ނުދޭނެ ކަމުގައި ކްލޮޕް ބުންޏެވެ. އަލުން ކޯޗިންގެ މަސައްކަތަށް އެނބުރި އައި ނަމަވެސް، އިނގިރޭސިވިލާތުން އޭނާ ނުފެންނާނެ ކަމުގައި ވެސް ކްލޮޕް ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، ކްލޮޕް ލިވަޕޫލާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ، އެ ކުލަބު ވަރުގަދަކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން 2020 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު، އެއީ 30 އަހަރުގެ ތެރޭގައި ލިވަޕޫލަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ލިވަޕޫލް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު ވާދަކޮށްފަ އެވެ.

މީގެ އިތުރުން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ވަނީ، އިނގިރޭސި އެފްއޭ ކަޕް، ކަރަބޯ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ކާމިޔާބު ދުވަސްތަކަކަށްފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ކްލޮޕް އިއުލާން ކުރުން ވެގެން ދިޔައީ، ލިވަޕޫލާއި އެ ޓީމުގެ ސަޕޯޓަރުންނަށް ވެސް ހައިރާންކަން ލިބުނު ޚަބަރަކަށެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ވަނީ މިހާތަނަށް ޖުމުލަ 490 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 298 މެޗުން މޮޅުވެފަ އެވެ. 83 މެޗުން ބަލިވެފައިވާއިރު، 109 މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލިވަޕޫލްޔާގެން ކްލޮޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު